ސްޓޭޓް މިނިސްޓަރ އަނަސްގެ ކޮއްކޮ ޕީޕީއެމަށް
މިނިސްޓްރީ އޮފް ފިނޭންސްގެ ސްޓޭޓް މިނިސްޓަރު އަނަސް ޢަބްދުއް ސައްތާރުގެ ކޮއްކޮ ޕީޕީއެމް އަށް ސޮއިކުރައްވައިފިއެވެ.
އަނަސްގެ ކޮއްކޮ ނިހާދު އަބްދުއްސައްތާރު ޕީޕީއެމްއަށް ސޮއި ކުރައްވައި މެމްބަރޝިޕް ފޯމް ހަވާލުކުރައްވައިފައިވަނީ ޕީޕީއެމް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ މުޙައްމަދު މުޢިއްޒު އަދި އެކޯލިޝަންގެ ރަނިންގމޭޓް ހުސެއިން މުޙައްމަދު ލަޠީފާއެވެ.
ނިހާދު ޕީޕީއެމާ ގުޅި، އިދިކޮޅު ކެންޑިޑޭޓް ޑރ.މުޢިއްޒުއަށް ތާއީދު ކުރަން ނިންމަވައިފައި ވާއިރު، ރިޔާސީ އިންތިޚާބުގައި އަނަސް ތާއީދު ކުރައްވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށެވެ.
އަނަސް އަކީ ވަރަށް ކުރިންސުރެ އެމްޑީޕީގެ ކުރީ ސަފުން ފެންނަ ބޭފުޅެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް