ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މަސްތުވާތަކެތި ތަކެއް ވަގަށް ނަގައިފި!
ނ. މާފަރު ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި މަސްތުވާތަކެތި ވަގަށް ނަގައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު "ވޮއިސް"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މާފަރު ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ބައެއް ތަކެތި އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ ވަގަށް ނަގާފައިވާ މައްސަަލައެއް ފުލުހުން ބަލަމުންދާ ކަމަށެވެ.
އަދި ވަގަށް ނަގަފައިވާ ތަކެތީގެ ތެރޭގައި މަސްތުވާތަކެއްޗާއި ބަނގުރާ ފުޅިއެއް ހިމެނޭ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ހިދުމަތުގެ ޕްރޮފެޝަނަލް ސްޓޭންޑާރޑްސް ކޮމާޑުން ގެންދަނީ އިންޓާނަލް ތަހުގީގެއް ހިންގަމުންދާ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް