ރަސްމާދޫ ކައުންސިލްގެ މުވައްޒަފުންނާ ރައީސް ޞާލިހު ބައްދަލުކުރެއްވުން--ފޮޓޯ/ރައީސް އޮފީސް
ރަސްމާދޫ ކައުންސިލްގެ މުވައްޒަފުންނާ ރައީސް ޞާލިހު ބައްދަލުކުރެއްވުން--ފޮޓޯ/ރައީސް އޮފީސް
ހަބަރު 13 Oct 2023 | 06:15

ކައުންސިލްތަކުގެ މުވައްޒަފުންނަށް %35 އެލަވަންސް ލިބޭނީ އާދިއްތައިން ފެށިގެން!

ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންނަށް ދޭނެ ކަމަށް ސަރުކާރުން އިއުލާން ކުރި %35 އެލަވަންސް ދޭނީ އަންނަ އާދީއްތަ ދުވަހުން ފެށިގެން ކަމަށް ސިވިލް ސާވިސް ކޮމިޝަނުން ބުނެފި އެވެ.

މިދިޔަ މަހުގެ 19 ވަނަ ދުވަހު، ސަރުކާރުން ނެރުނު އެންގުމެއްގައި، މިމަހު 1 ވަނަ ދުވަހުން ފެށިގެން ކައުންސިލް އިދާރާތަކުގެ މުވައްޒަފުންނަށް 'ސްޕެޝަލް ޑިއުޓީ އެލަވަންސް'ގެ ގޮތުގައި އިތުރު ގަޑީގެ އިނާޔަތް ދިނުމަށް، ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ނިންމަވާފައިވާ ކަމަށް ވަނީ އިއުލާން ކޮށްފައެވެ.

އެހެން ނަމަވެސް، ސިވިލް ސާވިސް ކޮމިޝަނުން އިއްޔެ ނެރުނު ސާކިއުލާއެއްގައި ބުނީ މި އެލަވަންސް ދޭން މިހާރު ނިންމާފައިވަނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.
އެ ސާކިއުލާގައި އިތުރަށް ބުނެފައިވާ ގޮތުގައި، އެލަވަންސް ދޭ މުވައްޒަފުންގެ އިތުރު ގަޑި ހިސާބު ކުރާނީ ރަސްމީ ބަންދު ދުވަސްތަކުގައި އަދާކޮށްފައިވާ އިތުރު ގަޑީގެ ވަގުތު ނުހިމަނައި މަހެއްގެ މައްޗަށް 44 ގަޑިއިރު އިތުރަށް ކޮށްފައިވާ ވަގުތަށް ބެލުމަށް ފަހުގައި ކަމަށެވެ.

އެހެންނަމަވެސް، އެއިން އެސްއެސް އަދި ޖީއެސް ރޭންކުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ލީގަލް އޮފިސަރުން އިސްތިސްނާ ވާނެ ކަމަށް ވެސް ބުނެފައިވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
16 Oct 2026 ހަބަރު

ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި

ށ. އަތޮޅުން އައްޑުއާ ދެމެދަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް ހެނދުނު 8 އިން މެންދުރުފަހު 2 އަށް މެޓުން ހުދު ސަމާލެއް ނެރެފިއެވެ.

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އެންމެންގެ ޒިންމާއެއް: ރައީސް މުޢިއްޒު
16 Oct 2026 ހަބަރު

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އެންމެންގެ ޒިންމާއެއް: ރައީސް މުޢިއްޒު

ދިވެހިރާއްޖޭގެ ކާބޯތަކެތީގެ ނިޒާމުތައް ހަރުދަނާކޮށް، ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެއްބާރުލުން ދީގެން ހުރިހާ ދިވެހިންނަށް އަގުހެޔޮ، ފައިދާހުރި ކާބޯތަކެތި ލިބޭނެ މަގު ފަހިކޮށްދެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ވެމްކޯއަށް 2022 ވަނަ އަހަރު އެކަނިވެސް 127.9 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބުނު: އޮޑިޓް
15 Oct 2026 ހަބަރު

ވެމްކޯއަށް 2022 ވަނަ އަހަރު އެކަނިވެސް 127.9 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބުނު: އޮޑިޓް

އޮޑިޓަރ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ އެ ކުންފުނީގެ މާލީ ބަޔާންތަކުގެ އޮޑިޓް ރިޕޯޓަށް ބަލާއިރު، 2021 ވަނަ އަހަރުވެސް ވެމްކޯއަށް ވަނީ 82 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ގެއްލުން ވެފައެވެ.

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާ ލިބޭނެ ގޮތް ހަދަނީ
15 Oct 2026 ހަބަރު

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާ ލިބޭނެ ގޮތް ހަދަނީ

އެމަނިކުފާނު މިހެން ވިދާޅުވީ "ރައްޔިތުންގެ އަޑު" ސިލްސިލާގެ 10 ވަނަ ޕްރަގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އާ ހޮސްޕިޓަލް އަޅާތީ، ވިލިމާލޭ ހޮސްޕިޓަލްގެ ހިދުމަތްތައް އަމާން ހިޔާއަށް ބަދަލުކޮށްފި
15 Oct 2026 ހަބަރު

އާ ހޮސްޕިޓަލް އަޅާތީ، ވިލިމާލޭ ހޮސްޕިޓަލްގެ ހިދުމަތްތައް އަމާން ހިޔާއަށް ބަދަލުކޮށްފި

ކުއްލި ފަރުވާގެ ޚިދުމަތާއި އާންމު ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމުގެ އިންތިޒާމު މިހާރު އެ އިމާރާތުގައި ހަމަޖެހިފައި

ޕާމަނަންޓް ސެކްރެޓަރީންނާއި ސެކްރެޓަރީ ޖެނެރަލުންގެ މުސާރަ އަންނަ މަހުން ފެށިގެން ކުޑަކުރަނީ
22 Jul 2026 ހަބަރު

ޕާމަނަންޓް ސެކްރެޓަރީންނާއި ސެކްރެޓަރީ ޖެނެރަލުންގެ މުސާރަ އަންނަ މަހުން ފެށިގެން ކުޑަކުރަނީ

ސަރުކާރުގެ ވުޒާރާތަކުގެ ޕާމަނަންޓް ސެކްރެޓަރީންނާއި ލޯކަލް ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުންނަށް ދެމުންދާ މުސާރައާއި އިނާޔަތްތައް އަންނަ މަހުން ފެށިގެން ކުޑަކުރުމަށް ނޭޝަނަލް ޕޭ ކޮމިޝަނުން ނިންމަ...

ޚާއްޞަ ހާލަތްތަކުގައި، ސިވިލް ސާވިސް މުވައްޒަފުންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭގޮތް ހަދައިފި
03 Jul 2026 ހަބަރު

ޚާއްޞަ ހާލަތްތަކުގައި، ސިވިލް ސާވިސް މުވައްޒަފުންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭގޮތް ހަދައިފި

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ދިމާވާ ޚާއްޞަ ހާލަތްތަކާ ގުޅިގެން، އޮފީހަށް ހާޒިރުނުވެ ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ އުސޫލުތަކެއް ކަނޑައަޅައި، ސިވިލް ސަރވިސްގެ ގަވާއިދަށް މުހިންމު އިސްލާޙްތަކެ...

ސިވިލް ސަރވިސް މުވައްޒަފުންނަށް ގަޑި ނުޖެހޭގޮތަށް 30 މިނިޓުގެ 'ބަފަރ ޓައިމް' އެއް ދީފި
03 Jul 2026 ހަބަރު

ސިވިލް ސަރވިސް މުވައްޒަފުންނަށް ގަޑި ނުޖެހޭގޮތަށް 30 މިނިޓުގެ 'ބަފަރ ޓައިމް' އެއް ދީފި

ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ދިމާވާ ޚާއްޞަ ހާލަތްތަކާ ގުޅިގެން، ރަސްމީ ގަޑި ފެށޭ ވަގުތަށް އޮފީހަށް ހާޒިރުނުވެވޭ ދުވަސްތަކުގައި "ބަފަރ ޓައިމް" ގެ ގޮތުގައި 30 މިނިޓު ދޭ ގޮތަށް ސިވިލް ސަރވިސް...