ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ކޮންފަރެންސްގެ ތެރެއިން/ ފޮޓޯ: ޖޭޕީ
ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ކޮންފަރެންސްގެ ތެރެއިން/ ފޮޓޯ: ޖޭޕީ
ހަބަރު 14 May 2023 | 11:43

ޖޭޕީގެ ކެމްޕޭން މެނޭޖަރުންނަށް އަމީންއާއި އިލްހާމް ހަމަޖައްސައިފި

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ކެމްޕޭން މެނޭޖަރުކަމަށް އެ ޕާޓީގެ ޑެޕިއުޓީ ލީޑަރ އަމީން އިބްރާހިމްއާއި ސްޕެޝަލް އެންވޯއީ އިލްހާމް އަހުމަދު ހަމަޖައްސަވައިފިއެވެ.

ޖޭޕީގެ ލީޑަރ ގާސިމް އިބްރާހިމް އެ ޕާޓީގެ ވަޓްސްއަޕް ގްރޫޕަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ، މި އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭން ހިންގުމުގެ ކަންކަން ރާވައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާގޮތް މެމްބަރުންނަށް އަންގާ ކަމަށެވެ.

އެގޮތުން، މުޅި ކެމްޕޭންގެ ހުރިހާ ކަމެއް ދެބަޔަކަށް ބަހާލައިގެން ކުރިއަށް ގެންދާނެ ކަމަށާއި ޕާޓީގެ ސެކްރެޓޭރިއަޓްއާ ގުޅިގެން ކުރިއަށް ގެންދިއުމަށް ދެ ކެމްޕޭން މެނޭޖަރުން ހަމަޖައްސާ ކަމަށެވެ.

އެގޮތުން އުތުރުގެ ކެމްޕޭން މެނޭޖަރަކަށް އަމީން ހަމަޖައްސަވާފައި ވާއިރު ދެކުނުގެ ކެމްޕޭން މެނޭޖަރަކީ އިލްހާމްއެވެ.

އަމީންއާއި ހަވާލު ކޮށްފައި ވަނީ ހއ. އަތޮޅުން ފެށިގެން އދ. އަތޮޅުުގެ ނިޔަލަށް އަދި މާލެ ސަރަހައްދު ދެބައިކޮށް އެއްބައެވެ. އިލްހާމްއާ ހަވާލު ކޮށްފައި ވަނީ ވ. އަތޮޅުން ފެށިގެން ސ. އަތޮޅުގެ ނިޔަލަށް އަދި މާލެ ސަރަހައްދު ދެބައިކޮށް އެއްބައެވެ.

ޕާޓީގެ ރިޔާސީ ޓިކެޓް ހަވާލު ކުރުމާއި ކެމްޕޭން ލޯންޗްކުރުންވެސް، ޕާޓީގެ ސެކްރެޓޭރިއެޓްއާ ގުޅިގެން ކުރިއަށް ގެންދިއުމަށް ހަވާލު ކޮށްފައި ވަނީ އިލްހާމް އަދި އަމީންއާއެވެ.

ރިޔާސީ އިންތިޚާބުގައި ޖޭޕީގެ ޓިކެޓުގައި ވާދަކުރުމަށް އެ ޕާޓީގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމް ނިންމަވާފައި ވަނީ މާރޗް މަހުގެ ފަހުކޮޅުގައެވެ.

އެޕާޓީގައި ރިޔާސީ ކެނޑިޑޭޓެއްގައި ހުންނަންޖެހޭ ޝަރުތުތައް ފުރިހަމަވާ އެތައް ބޭފުޅުންނެއް ތިއްބެވި ނަމަވެސް އިންތިޚާބަށް ކުރިމަތިލުމަށް އެ ޕާޓީގެ ރިޔާސީ ޓިކެޓްއަށް އިއުލާނު ކުރެވުނު މުއްދަތުގެ ހަމަވާން ދިޔައިރު އެއްވެސް ބޭފުޅަކު ޕާޓީގެ ޓިކެޓަށް ވާދަ ކުރުމަށް އެދި ހުށަހަޅާފައެއް ބުނެއެވެ.

އެހެންކަމުން ޕާޓީގެ ލީޑަރުގެ ހައިސިއްޔަތުން ޕާޓީގެ މެމްބަރުން އެދޭގޮތް ހާސިލުކުރުމަށްޓަކައި އެޕާޓީގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ކުރިމަތިލުމަށް ޤާސިމް ނިންމެވީއެވެ.

ޖޭޕީއަކީ ސަރުކާރާއިއެކު ކޯލިޝަން ހަދާފައިވާ ޕާޓީއެއް ކަމުގައި ވީނަމަވެސް މިއަހަރުގެ ރިޔާސީ އިންތިޚާބަށް ޖޭޕީ ނިކުންނާނީ އެ ޕާޓީ އިސްވެ ހަދާ ކޯލިޝަންއަކުން މީގެ ކުރިން ވަނީ ނިންމާފައެވެ. އަދި ޖޭޕީއާއިއެކު ކޯލިޝަން ހެދުމަށް އެހެން ޕާޓީތަކަށް ވަނީ ހުޅުވާލައިފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޖަރުމަނުގެ ކޮންސިއުލޭޓް ބަންދުކުރުމުން އެމްޑީޕީގެ ކަންބޮޑުވުން؛ މިއީ ބައިނަލްއަގުވާމީ ގުޅުންތަކަށް ސަރުކާރުން އިހުމާލުވާކަމުގެ ހެއްކެއް
14 Oct 2026 ހަބަރު

ޖަރުމަނުގެ ކޮންސިއުލޭޓް ބަންދުކުރުމުން އެމްޑީޕީގެ ކަންބޮޑުވުން؛ މިއީ ބައިނަލްއަގުވާމީ ގުޅުންތަކަށް ސަރުކާރުން އިހުމާލުވާކަމުގެ ހެއްކެއް

މާލޭގައި ހުންނަ ޖަރުމަނުވިލާތުގެ އޮނަރަރީ ކޮންސިއުލޭޓް ބަންދުކުރުމާ ގުޅިގެން، އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ )އެމްޑީޕީ( އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ގދ. ތިނަދޫގައި ސައިކަލެއް ކޮންޓްރޯލުން ނެއްޓި މޫދަށް ވެއްޓިއްޖެ
14 Oct 2026 ހަބަރު

ގދ. ތިނަދޫގައި ސައިކަލެއް ކޮންޓްރޯލުން ނެއްޓި މޫދަށް ވެއްޓިއްޖެ

މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މި ހާދިސާ ހިނގަން މެދުވެރިވީ ސައިކަލަށް ފޮއްޓެއް އަރުވައިގެން ނައްޓާލަން އުޅުމުގެ ތެރޭގައި ކޮންޓްރޯލް ގެއްލިގެން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ތިންމީހުން އަރުވައިގެން ސައިކަލު ދުއްވި މައްސަލަ: އެކަކު ބަންދުކޮށްފި؛ އެއީ މީގެ ކުރިންވެސް އެތައް ކުށެއްގެ ރެކޯޑް އޮތް މީހެއް
14 Oct 2026 ހަބަރު

ތިންމީހުން އަރުވައިގެން ސައިކަލު ދުއްވި މައްސަލަ: އެކަކު ބަންދުކޮށްފި؛ އެއީ މީގެ ކުރިންވެސް އެތައް ކުށެއްގެ ރެކޯޑް އޮތް މީހެއް

ފުލުހުން ހާމަކުރި ގޮތުގައި ސައިފަކީ ޓްރެފިކް ގަވާއިދުތަކާ ޚިލާފުވުމުގެ ބޮޑު ރެކޯޑެއް އޮންނަ މީހެކެވެ. އެގޮތުން، ލައިސަންސް ނެތި އުޅަނދު ދުއްވުމުގެ 13 މައްސަލައެއްގެ ރެކޯޑުގެ އިތުރުން، އަހަރީ ފީ އާއި ރޯޑްވާދިނަސް އަދި އިންޝުއަރެންސް ނެތި ދުއްވުމާއި، މުވާސަލާތީ ވަސީލަތެއް ބޭނުންކުރަމުން ދުއްވުމުގެ މައްސަލަތަކެއް އޭނާގެ މައްޗަށް މީގެ ކުރިން ވެސް ވަނީ ފާހަގަކުރެވިފައެވެ.

5 ރުފިޔާގެ ނޫޓުގެ އާ ސްޓޮކެއް ގެނެސްފި؛ މާދަމާ ދައުރުކުރަން ފަށާނެ
14 Oct 2026 ހަބަރު

5 ރުފިޔާގެ ނޫޓުގެ އާ ސްޓޮކެއް ގެނެސްފި؛ މާދަމާ ދައުރުކުރަން ފަށާނެ

ބާޒާރުގައި ދައުރުވާ ފަސް ރުފިޔާގެ ނޫޓު ބާވެ ހަލާކުވެގެން އެ ނޫޓު މަދުވެފައިވާތީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ )އެމްއެމްއޭ( އިން އާ ސްޓޮކެއް ގެނެސް މާދަމާ ދައުރުކުރަން ނިންމައިފިއެވެ.

މައުލޫމާތު ނުދިނުމުން ގާނޫނުން ލިބޭ ބާރުގެ ބޭނުންކޮށް އިދާރާއަކަށް ވަދެ ފައިލު ހާވައިގެންވެސް މައުލޫމާތު ހޯދިން: އިންފޮމޭޝަން ކޮމިޝަނަރު
14 Oct 2026 ހަބަރު

މައުލޫމާތު ނުދިނުމުން ގާނޫނުން ލިބޭ ބާރުގެ ބޭނުންކޮށް އިދާރާއަކަށް ވަދެ ފައިލު ހާވައިގެންވެސް މައުލޫމާތު ހޯދިން: އިންފޮމޭޝަން ކޮމިޝަނަރު

ދައުލަތުގެ އިދާރާއަކުން މައުލޫމާތު ނުދީ ހިފެހެއްޓުމުން، ގާނޫނުން ލިބިދޭ ބާރުގެ ބޭނުންކުރައްވައިގެން އެ އިދާރާއަކަށް ވަޑައިގެން ފައިލުތައް ހާއްވަވައިގެން ވެސް މައުލޫމާތު ނަންގަވާފައިވާނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު އަބްދުލްއަޒީޒު ޖަމާލް އަބޫބަކުރު ވިދާޅުވެއްޖެއެވެ.

ފުއްގިރި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ހުކުމް ކުރުން މި މަހުގެ 29 ގައި
14 Oct 2026 ހަބަރު

ފުއްގިރި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ހުކުމް ކުރުން މި މަހުގެ 29 ގައި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިން އަދި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާތަކުގެ ޝަރީއަތް ނިންމާލައި، އެ މައްސަލައިގެ ހުކުމް އިއްވުން މި ހިނގާ އޮކްޓޫބަރު މަހުގެ 29ވަނަ ދުވަހަށް ތާވަލުކޮށްފިއެވެ.

ވެރިކަމުގައި ހުންނައިރު، ހެޔޮއެދޭ ފަރާތްތަކުންދޭ ފައިސާގައި ހިފުމަކީ މަނާކަމެއް ނޫން: ރައީސް ޔާމީން
14 Oct 2026 ހަބަރު

ވެރިކަމުގައި ހުންނައިރު، ހެޔޮއެދޭ ފަރާތްތަކުންދޭ ފައިސާގައި ހިފުމަކީ މަނާކަމެއް ނޫން: ރައީސް ޔާމީން

ވެރިކަމުގައި ހުންނަވާ ބޭފުޅަކަށް ހެޔޮއެދޭ ފަރާތްތަކުން ފައިސާ ދިނުން މަނާ ނޫން ކަމަށާއި މައްސަލައަކަށް ވަނީ އެ ފައިސާގެ ބަދަލެއްގެ ގޮތުގައި ނާޖާއިޒު ފައިދާ ހޯދައިދިނުން ކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްޤައްޔޫމް ކުރިމިނަލް ކޯޓުގައި ވިދާޅުވެއްޖެއެވެ.

މާމިގިލީން ޖޭޕީގެ ބާރު ކެނޑި، ހަ ގޮނޑި ގެއްލިއްޖެ
05 Apr 2026 ހަބަރު

މާމިގިލީން ޖޭޕީގެ ބާރު ކެނޑި، ހަ ގޮނޑި ގެއްލިއްޖެ

އިއްޔެ ކުރިއަށްދިޔަ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި، ޖުމްހޫރީ ޕާޓީގެ ބޮޑު ތާއީދެއް އޮންނަ އދ. މާމިގިލީން އެ ޕާޓީއަށް ބޮޑު ނާކާމިޔާބީއަކާއި ކުރިމ...