މައްޗަންގޯޅީގެ ބައެއް ހިސާބުތަކުން މިއަދު ކަރަންޓު ކެނޑިދާނެ
މައްޗަންގޯޅީގެ ބައެއް ހިސަބުތަކުން މިއަދު ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނެފައިވަނީ އެކުންފުނީގެ ކަރަންޓް ވިއުގަ އަޕްގްރޭޑް ކުރުމަށް ޓަކައި މައްޗަންގޮޅީގެ މާފަތްތަކުރުފާނު މަގާއި، ވައިދެރި ހިނގުން ހިމެނޭ ސަރަހައްދުން މިއަދު ހެނދުނު 10:00 އިން 12:00 އަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާކަމެއްކަމަށެވެ.
ކަރަންޓުގެ ޚިދްމަތް މެދު ކެނޑި ކަސްޓަމަރުންނަށް ދިމާވެދާނެ ދައްޗަކަށްޓަކައި އެކުންފުނިން ވަނީ މަޢާފަށް އެދިފައެވެ.
ސްޓެލްކޯއިން ދޭ ކަރަންޓުގެ ޚިދްމަތް ރަނގަޅުކުރުމަށް ޓަކައި އަޕްގްރޭޑިންގ މަސައްކަތައް ދޭތެރެއަކުން ޚިދްމަތް ކަނޑާލައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް