ސްކޫލް ކުދިންގެ އައިޑީކާޑް އޮޅުވާލައިގެން ހޯދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
ސްކޫލް ކުދިންގެ އައިޑީކާޑް ސާވޭއަކަށް ކަމަށް ބުނެ ހޯދާ މައްސަލައެއް ފެންމަތިވެ އެކަމަށް ސަމާލުވުމަށް ދިވެހި ފުލުހުން އިލްތިމާސް ކޮށްފިއެވެ.
ފުލުހުން ބުނެފައިވަނީ ދަރިވަރުންނަށް އަމާޒުކޮށް ސަރވޭއެއް ކުރުމުގެ ނަމުގައި އެދަރިވަރުންގެ އައިޑީކާޑުގެ ކޮޕީ ހޯދަމުން ގެންދާ ކަމުގެ މައުލޫމާތު ފުލުހުންގެ މުވައްސަސާއަށް ލިބިފައިވާ ކަމަށެވެ.
އަދި މިފަދަ ރަސްމީ ޑޮކިޔުމެންޓްތަކުގައި ހިމެނޭ ޒާތީ މައުލޫމާތަކީ އެކި އެކި ސްކޭމްތައް ހިންގުމުގައާއި އައިޑެންޓިޓީ ތެފްޓް ފަދަ އަދިވެސް އެހެނިހެން ކުށްތަކަށް އަރައިގަތުމަށް ބޭނުން ކޮށްފާނެ މައުލޫމާތު ހިމެނޭ ޑޮކިޔުމެންޓަކަށް ވުމުން މިފަދަ ތަކެތި ހިއްސާނުކުރުމަށް އިލްތިމާސް ކުރާކަމަށެވެ.
މީހުންގެ ޒާތީ މައުލޫމާތު ހޯދައި އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލަތައްވެސް ރާއްޖޭގައިވެސް ދޭތެރެދޭތެރެއިން ކުރިމަތިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް