ބުރުނީ ގޮނޑުދޮށުގެ ބޭރު ތޮށި ލުމުގެ މަސައްކަތުގެ %20 ނިމިއްޖެ
ތ. ބުރުނީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން، ބޭރު ތޮށި ލުމުގެ މަސައްކަތް މިހާރު ވަނީ 20 އިންސައްތަ ފުރިހަމަ ކުރެވިފައި ކަމަށް އެމްޓީސީސީއިން ބުނެފިއެވެ.
އެގޮތުން މި މަޝްރޫޢުގެ ދަށުގައި، 21,181.80 ކިއުބިކް މީޓަރުގެ ވެލި އެރަށުގެ ގިރާ ސަރަޙައްދަށް އެޅުމާއި، 220 މީޓަރު ރިވެޓްމެންޓް ޖެހުމާއި، 369 މީޓަރު ބޭރުތޮށި ލުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީއިން ބުނެފައިވެއެވެ.
މީގެ ތެރެއިން ބޭރު ތޮށި ލުމުގެ މަސައްކަތުގެ 20 އިންސައްތަ މިހާރު ފުރިހަމަ ކުރެވިފައި ކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެ.
މިއާއިއެކު ގިރާ ސަރަހައްދަށް ވެލި އެޅުމުގެ މަސައްކަތް މިހާރު ވަނީ 27 އިންސައްތަ ފުރިހަމަ ކުރެވިފައި ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.
މީގެ އިތުރުން އެމްޓީސީސީއިން ވަނީ މި މަޝްރޫޢަކީ 27.2 މިލިއަން ރުފިޔާގެ މަޝްރޫޢެއް ކަމަށް ފާހަގަ ކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް