ފޮޓޯ: ސްކައި ސްޕޯޓްސް
ފޮޓޯ: ސްކައި ސްޕޯޓްސް
ކުޅިވަރު 15 Sep 2022 | 08:20

ޗެމްޕިއަންސް ލީގު: ޗެލްސީއިން އައު ކޯޗާއި އެކު ކުޅުނު ފުރަތަމަ މެޗު އެއްވަރު

ޗެލްސީއިން އެ ޓީމުގެ އައު ކޯޗު ގްރެހަމް ޕޮޓާ އާއި އެކު ކުޅުނު ފުރަތަމަ މެޗު އެއްވަރު ވެއްޖެއެވެ. ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖުގައި ޗެލްސީއިން ސާލްޒްބާގް އާއި ދެކޮޅަށް ކުޅުނު މި މެޗު އެއްވަރުވެފައިވަނީ 1-1 ގެ ނަތީޖާއަކުންނެވެ.

ޓްރާންސްފާ މާކެޓުގައި އެންމެ ބޮޑު ހަރަދެއްކޮށް އެދެވޭ ނަތީޖާއެއް ނުނެރެވުމުން އޭރު ކޯޗު ކަމުގައި ހުރި ޓުޝެލް ވަކިކޮށް ޕޮޓާ އަށް އެ މަގާމު ދިނީ މި މަހުގެ 8 ވަނަ ދުވަހުއެވެ. ނަމަވެސް އިނގިރޭސި ރާނީ އަވަހާރަ ވުމާއި ގުޅިގެން ޕްރިމިއާ ލީގުގެ މިދިޔަ ހަފްތާ ބަންދުގެ މެޗުތައް ކެންސަލް ކުރުމާއި ގުޅިގެން އޭނާގެ ކޯޗު ކަމުގައި ޗެލްސީއިން ފުރަތަމަ ކުޅެން ޖެހުނީ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗެވެ.

މެޗާސްފަހު ވާހަކަ ދައްކަމުން ޕޮޓާ ބުނެފައިވަނީ ރޭގެ މެޗުގައި އޭނާގެ ޓީމުން ފެނިގެން ގޮސްފައިވަނީ ދަށް ކުޅުމެއް ނޫން ކަމަށާއި ކުރިއަށް އޮތްތަނުގައި ޓީމު އިތުރަށް ރަނގަޅުވާނެ ކަމަށެވެ.

ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައެއް ނުވެއެވެ. ދެވަނަ ހާފުގައި ފުރަތަމަ ގޯލު ޖަހައި ލީޑު ނެގީ ޗެލްސީއިންނެވެ. މެޗުގެ 48 ވަނަ މިނަޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ރަހީމް ސްޓާލިން އެވެ. ނަމަވެސް މެޗުގައި ސާލްޒްބާގް އިން ކުރަމުންދިޔަ ކައުންޓާ އެޓޭކުތައް ވަރުގަދަކޮށް މެޗުގެ 75 މިނަޓުގައި އެ ޓީމުގެ އޮކަފޮރް ވަނީ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

މި ގްރޫޕުގައި ދެން ހިމެނޭ އޭސީ މިލާން އަދި ޑައިނަމޯ ކުޅުނު މެޗު 3-1 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވަނީ އޭސީ މިލާނުންނެވެ. މި ނަތީޖާ ތަކާއި އެކު ދެ މެޗުން ހަތަރު ޕޮއިންޓު ހޯދައިގެން އެއްވަނައިގައި އޭސީ މިލާން އޮތްއިރު، ތިން ޕޮއިންޓާއި އެކު ދެވަނައިގައި އޮތީ ޑައިނަމޯއެވެ. ދެ ޕޮއިންޓާއި އެކު ސާލްޒްބާގް ތިންވަނައިގައި އޮތްއިރު މި މުބާރާތް 2021 ވަނަ އަހަރު ކާމިޔާބުކުރި ޗެލްސީ އޮތީ ގްރޫޕުގެ ފުލުގައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އާސެނަލުން ހަތް މިނެޓް ތެރޭ ލިލް ކޮޅަށް ތިން ލަނޑު ޖަހައި ފެންވަރު ދައްކާލައިފި
14 Oct 2026 ކުޅިވަރު

އާސެނަލުން ހަތް މިނެޓް ތެރޭ ލިލް ކޮޅަށް ތިން ލަނޑު ޖަހައި ފެންވަރު ދައްކާލައިފި

މެޗްގައި ލިލްއަށް މާބޮޑުކަމެއް ނުކުރެވުނެވެ. މެޗްގައި ލީލްގެ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އާސެނަލްގެ ކުރީގެ ފޯވާޑް އޮލިވިއޭ ޖިރޫއަށް އާސެނަލްގެ ސަޕޯޓަރުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ

ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް އުނދަގޫ މޮޅެއް
10 Sep 2026 ކުޅިވަރު

ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް އުނދަގޫ މޮޅެއް

ޔުއެފާ ޗެމްޕިއަންސްލީގްގައި އާސެނަލް އާއި ނަޕޯލީ ބައްދަލުކުރިމެޗް އާސެނަލް ކާމިޔާބުކޮށް މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ. އިޓަލީގައި ކުޅުނު މިމެޗް ނަޕޯލީގެ މައްޗަށް އެޓީމް ކުރި ހޯދީ 1-0 ގެ ނަތީޖާއަ...

ޕީއެސްޖީން ޔުއެފާ ޗެމްޕިއަންސްލީގް ތަށި ދިފާއުކޮށްފި
30 May 2026 ކުޅިވަރު

ޕީއެސްޖީން ޔުއެފާ ޗެމްޕިއަންސްލީގް ތަށި ދިފާއުކޮށްފި

އިނގިރޭސިވިލާތުގެ އާސެނަލް ބަލިކޮށް ޔުއެފާ ޗެމްޕިއަންސްލީގް ތަށި ފްރާންސްގެ ޕީއެސްޖީން ދިފާއުކޮށްފިއެވެ. ހަންގޭރީގައި ކުޅުނު ޗެމްޕިއަންސްލީގްގެ ފައިނަލް މެޗް ކާމިޔާބުކޮށް ޕީއެސްޖީން ތަށި ހޯދާފައިވަނީ ...

ބެޔާން މިއުނިކް ބަލިކޮށް ޕީއެސްޖީ ޗެމްޕިއަންސްލީގް ފައިނަލަށް
07 May 2026 ކުޅިވަރު

ބެޔާން މިއުނިކް ބަލިކޮށް ޕީއެސްޖީ ޗެމްޕިއަންސްލީގް ފައިނަލަށް

ޖަރުމަނުވިލާތުގެ ބެޔާން މިއުނިކް ބަލިކޮށް ފްރާންސްގެ ޕީއެސްޖީ، ޔުއެފާ ޗެމްޕިއަންސްލީގް ފައިނަލަށް ދަތުރުކޮށްފިއެވެ. ޗެމްޕިއަންސްލީގް ފައިނަލުގެ ފަހު ޖާގަ، ޕީއެސްޖީން ކަށަވަރުކޮށްފައިވަނީ، ރޭ ސެމީފައިނ...

ޔުއެފާ ޗެމްޕިއަންސްލީގް ސެމީފައިނަލުގެ ޖާގައެއް އާސެނަލަށް
16 Apr 2026 ކުޅިވަރު

ޔުއެފާ ޗެމްޕިއަންސްލީގް ސެމީފައިނަލުގެ ޖާގައެއް އާސެނަލަށް

ޔުއެފާ ޗެމްޕިއަންސްލީގް ސެމީފައިނަލުގެ ޖާގައެއް ހަނިގޮތަކަށް އިނގިރޭސިވިލާތުގެ އާސެނަލް ހޯދައިފިއެވެ. މުބާރާތުގެ ސެމީގެ ޖާގައެއް އާސެނަލް ކަށަވަރުކޮށްފައިވަނީ، ރޭ ޕޯޗްގަލްގެ ސްޕޯޓިން ލިސްބަން އާ ދެކޮޅ...

ލިވަލޫޕް ކަޓުވާލުމަށްފަހު ޗެމްޕިއަންސްލީގް ސެމީގެ ޖާގައެއް ޕީއެސްޖީ ހޯދައިފި
15 Apr 2026 ކުޅިވަރު

ލިވަލޫޕް ކަޓުވާލުމަށްފަހު ޗެމްޕިއަންސްލީގް ސެމީގެ ޖާގައެއް ޕީއެސްޖީ ހޯދައިފި

އިނގިރޭސިވިލާތުގެ ލިވަޕޫލް ކަޓުވާލުމަށްފަހު ޗެމްޕިއަންސްލީގް ސެމީފައިނުގެ ޖާގައެއް ފްރާންސްގެ ޕީއެސްޖީ ކަށަވަރުކޮށްފިއެވެ. ރޭ ދެވަނަ ލެގްގެ މެޗަށް ނިކުތްއިރުވެސް ޕީއެސްޖީން ވަނީ ފުރަތަމަ ލެގް ޕެރިހުގަ...