ބޮޑުތަކުރުފާނު މަގު ސިމެންތި އަޅާފައިވާ ސަރަހައްދު
ބޮޑުތަކުރުފާނު މަގު ސިމެންތި އަޅާފައިވާ ސަރަހައްދު
ވިޔަފާރި 15 Nov 2022 | 10:11

ބޮޑުތަކުރުފާނު މަގު އެއްހަމަ ކުރަން ސިމެންތި އެޅީ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން: ސްޓެލްކޯ

މާލެ ސިޓީގެ ބޮޑުތަކުރުފާނު މަގުގެ ތާރުގަނޑުގެ އަޑިން ސްޓެލްކޯއަށް ލޮނުފެން ނެގުމަށް އަޅާފައިވާ ހޮޅިއެއް ލީކުވުމުގެ ސަބަބުން އެ ސަރަހައްދުން ބޮޑު ތަންގަނޑެއް ގަނބައިގަނެފައިވަނިކޮށް ސްޓެލްކޯއިން އެ ހޮޅި މަރާމާތު ކުރުމަށްފަހު މަގުގެ އެތަން އެއްހަމަ ކުރީ މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ބޮޑުތަކުރުފާނު މަގުގެ އެތަނުގައި މާކެ ސިޓީ ކައުންސިލްގެ ހުއްދައާއި ނުލައި ސްޓެލްކޯއިން ކޮންކްރީޓް އަޅާފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ރިޕޯޓު ކުރުމާއި ގުޅިގެން އެކަން ދޮގުކޮށް ސްޓެލްކޯއިން މިއަދު ބުނީ، އެ މަގުގެ އެތަން 7 ފޫޓަށް ކޮނުމާއި ގުޅިގެން ދެވަރުގެ އަޑިވެފައިވާތީ އެތަނުގައި ސިމެންތި އަޅާފައިވަނީ މަގު އެއްހަމަ ކުރަން ކަމަށެވެ.

އަދި އެކަން ކޮށްފައިވާނީވެސް މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުންކަން ފާހަގަކޮށް ސްޓެލްކޯއިން ބުނީ، ކޮންޓްރެކްޓަރަކު ހަމަޖެހުނުހާ އަވަހަށް ސިމެންތީ އަޅާފައިވާ ތަނުގައި ތާރު އަޅާނެ ކަމަށެވެ.

އަދި އެގޮތުން ތާރު އަޅާއިރު އެ މަގުގައި ހަލާކުވެފައި ހުރި އެހެން ތަންތަންވެސް ހެދުމަށް ސްޓެލްކޯއިން ހުށަހަޅާފައިވާނެކަމަށް އެ ކުންފުނިން ބުނެއެވެ.

ސްޓެލްކޯ އިން މާލެ އަށް ކަރަންޓު ދޭން ބޭނުން ކުރާ ޕްލާންޓެއްގެ އިންޖީނުތަކުގެ ކޫލިން ސިސްޓަމުގައި ބޭނުންކުރާ އައުޓްފްލޯ ހޮޅިއެއް ފަޅައިގެން ގޮސް މަގަށް ލޮނު ލީކުވާ މައްސަލަ ހައްލުކޮށް، އެ ހޮޅި ހެދުމަށް ކޮނެފައިވާ ވަޅު ބައްދައިލަން ސިމެންތި އެޅުމަށްފަހު ސްޓެލްކޯއިން ވަނީ މިހާރު އެ މަގު ހުޅުވާލާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި
02 Nov 2026 ހަބަރު

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި

މަޝްރޫއުގެ ޖުމްލަ އަގަކީ 3،822،120.00 (ތިން މިލިއަން އަށް ލައްކަ ބާވީސް ހާސް އެއްސަތޭކަ ވިހި ރުފިޔާ) ދިވެހި ރުފިޔާއެވެ. އަދި މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ ސޮއިކުރާ ތާރީޚުން ފެށިގެން 60 ދުވަސް ތެރޭގައެވެ.

ރ. އަތޮޅުގެ ޔުޓިލިޓީ ހިދުމަތްތަކާ ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވެ، ހިދުމަތް ދޭން ފަށައިފި
31 Oct 2026 ހަބަރު

ރ. އަތޮޅުގެ ޔުޓިލިޓީ ހިދުމަތްތަކާ ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވެ، ހިދުމަތް ދޭން ފަށައިފި

މި ބަދަލާއެކު، ރ. އަތޮޅުގެ ރަށްތަކުގައި ކުރިން ފެނަކައިން ދެމުން އައި ޔުޓިލިޓީގެ އެކި ހިދުމަތްތައް ދެން ސީދާ ބަލަހައްޓަމުންދާނީ ސްޓެލްކޯއިންނެވެ.

ހދ. އަދި ށ. އަތޮޅުގެ ޔުޓިލިޓީ ހިދުމަތްތަކާއި ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވެއްޖެ
28 Oct 2026 ހަބަރު

ހދ. އަދި ށ. އަތޮޅުގެ ޔުޓިލިޓީ ހިދުމަތްތަކާއި ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވެއްޖެ

މި ބަދަލާ ގުޅިގެން، އެ ދެ އަތޮޅުގެ ރަށްތަކުގައި މިވަގުތު ދެމުންދާ އެކި ޚިދުމަތްތަކުގެ ފެންވަރު އެ ކުންފުނީގެ ޚާއްޞަ މިންގަނޑުތަކަށް ފެއްތުމުގެ މަސައްކަތްތައް ވަނީ ފަށާފައެވެ. ސްޓެލްކޯއިން މިކަން ހާމަކޮށްފައިވަނީ، އެ ކުންފުނިން މިއަދު އެކްސްގައި ހިއްސާކުރި ޕޯސްޓަކުންނެވެ.

މަހިބަދޫ ނަރުދަމާ ނިޒާމު އަޕްގްރޭޑްކުރަން ސްޓެލްކޯއާ ހަވާލުކޮށްފި
22 Oct 2026 ހަބަރު

މަހިބަދޫ ނަރުދަމާ ނިޒާމު އަޕްގްރޭޑްކުރަން ސްޓެލްކޯއާ ހަވާލުކޮށްފި

އދ. މަހިބަދޫގެ ނަރުދަމާ ނިޒާމު މަރާމާތުކޮށް ފެންވަރު ރަނގަޅުކުރުމުގެ މަޝްރޫޢު 21.5 މިލިއަން ރުފިޔާއަށް ސްޓެލްކޯއާ ހަވާލުކޮށް، 180 ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ.

ފުވައްމުލަކުގެ ކަރަންޓުގެ ހިދުމަތާ ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވެއްޖެ
19 Oct 2026 ހަބަރު

ފުވައްމުލަކުގެ ކަރަންޓުގެ ހިދުމަތާ ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވެއްޖެ

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑރ. އަޒުވަރު ވިދާޅުވީ، ފެނަކައިން ދެމުން އައި ހިދުމަތްތައް ސްޓެލްކޯއަށް ބަދަލުކުރުމަކީ ފުވައްމުލަކަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އެ ބަދަލު ގެނެވެނީ، ގައުމުގެ ޔުޓިލިޓީ ހިދުމަތްތައް އައު ހަރުފަތަކަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވުރުގެ ދަށުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސްޓެލްކޯގެ މަތީ މިންގަނޑަށް އައްޑޫގެ ކަރަންޓުގެ ޚިދުމަތް ގެނައުމަށް ހުރިހާ މުވައްޒަފުން މަސައްކަތްކުރުމަށް އެދިއްޖެ
01 Oct 2026 ހަބަރު

ސްޓެލްކޯގެ މަތީ މިންގަނޑަށް އައްޑޫގެ ކަރަންޓުގެ ޚިދުމަތް ގެނައުމަށް ހުރިހާ މުވައްޒަފުން މަސައްކަތްކުރުމަށް އެދިއްޖެ

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ޤަބޫލުކުރާ މަތީ މިންގަނޑަށް އައްޑޫ ސިޓީގެ ކަރަންޓުގެ ޚިދުމަތް ގެނައުމަށްޓަކައި އެންމެހައި މުވައްޒަފުން ކުންފުންޏާއެކު އެއްބައިވަންތަކަމާއެކު މަސައްކަތްކޮށް...