ތިލަފުއްޓަށް ކޮންޓޭނާ އުފުލުމަށް ރޭޓްތަކެއް ކަނޑައަޅައިފި
މާލޭ ވިޔަފާރި ބަނދަރުން ތިލަފުއްޓަށް ކަނޑުމަގުން ކޮންޓޭނަރ އުުފުލުމަށް ވަކި ރޭޓްތަކެއް ކަނޑައަޅައިފި އެވެ.
ކަނޑުމަގުން މުދަލާއެކު ހުރި ގޮތަށް ކްލިއާކުރާ "ފުލް ކޮންޓޭނާ ލޯޑް" ނުވަތަ އެފްސީއެލް ކޮންޓޭނާތައް ކްލިއާކުރުމުގެ މަސައްކަތްތައް ތިލަފުށި ކާގޯ ޓާމިނަލް އަށް ބަދަލުކޮށް، އޮކްޓޯބަރު 27 ވަނަ ދުވަހުން ފެށިގެން އެ ޓާމިނަލްގައި އެ ހިދުމަތް ވަނީ ފަށައިފަ އެވެ.
ތިލަފުއްޓަށް އެފްސީއެލް ކޮންޓޭނާ ގެންދިއުމަށް އޮކްޓޯބަރު 27 އިން 14 ނޮވެމްބަރާއި ހަމައަށް ނަގާފައިވަނީ މާލޭ ވިޔަފާރި ބަނދަރުން ހުޅުމާލެ ޓާމިނަލްއަށް ކަނޑުމަގުން ކޮންޓޭނާ ގެންދިއުމަށް ނަގަމުންދާ ޓެރިފެވެ. އެހެން ނަމަވެސް، 15 އޮކްޓޯބަރު ވަނަ ދުވަހުން ފެށިގެން މާލޭ ވިޔަފާރި ބަނދަރުން ތިލަފުއްޓަށް ކަނޑުމަގުން ކޮންޓޭނާ އުުފުލުމަށް ވަކި ރޭޓްތަކެއް ވަނީ ކަނޑައަޅައިފަ އެވެ.
އެމްޕީއެލް އިން ބުނީ 20 ފޫޓުގެ ކޮންޓެއިނަރެއް އުފުލުމަށް ނަގާނީ 1،500 ރުފިޔާ ކަމަށެވެ. އަދި 40 ފޫޓުގެ ކޮންޓެއިނަރެއް އުފުލުމަށް ނަގާނީ 3،000 ރުފިޔާ ކަމަށެވެ.
މިއީ މާލޭ އާއި ތިލަފުއްޓާއި ދެމެދު ހުރި ދުރުމިނަށް ރިޔާއަތްކޮށް، މި ހިދުމަތަށް އެކަށޭނަ އަގުތަކެއް ކަނޑައެޅުމުގެ މަގްސަދުގައި ގެނެވުނު ބަދަލެއް ކަމަށްވެސް އެމްޕީއެލުން ބުނެ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް