ހެންވޭރުގެ ބައެއް ހިސާބުތަކުން މިއަދު ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ
ހެންވޭރުގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓް ކެނޑިދާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ސްޓެލްކޯ އިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނީ އެކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް ހެންވޭރުގެ ރަތްވިލާ ހިނގުމާއި، މޫނިމާ ހިނގުން، ކަލާފާނު ހިނގުން، ލޮނުޒިޔާރަތްމަގު އަދި ބުރުޒުމަގު ހިމެނޭ ސަރަހައްދުން މިއަދު މެންދުރު 14:00 އިން 16:00 އަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާކަމެއްކަމަށެވެ.
އެކުންފުނިން ވަނީ ކަސްޓަމަރުންނަށް މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް މަޢާފަށް އެދިފައެވެ.
ސްޓެލްކޯއިން އެކުންފުނިން ދޭ ކަރަންޓްގެ ޚިދްމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ދޭތެރެދޭތެރެއިން އަޕްގްރޭޑިންގ ގެ މަސައްކަތް ކުރިއަށް ގެންދެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް