ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް. ފޮޓޯ: ރައީސް އޮފީސް
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް. ފޮޓޯ: ރައީސް އޮފީސް
ހަބަރު 16 Sep 2023 | 07:43

ޤައުމިއްޔަތުގެ ކުރިބޯއްޓަކީ، ދިވެހިންގެ ސިޔާދަތީ މިނިވަންކަން: ރައީސް ޞާލިޙް

ޤައުމިއްޔަތުގެ ކުރިބޯއްޓަކީ ދިވެހިންގެ ސިޔާދަތީ މިނިވަންކަމާއި އޭގެ މަތީގައި ދަމަހައްޓަމުން އައި ޞުލްޙަ މަސަލަސްކަން ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވީ ޤައުމީ ދުވަހުގެ މުނާސަބަތުގައި ޤައުމާއި މުޚާޠަބު ކުރައްވައި ދެއްވެވި ޚިޠާބުގައެވެ.

ރައީސްގެ ޚިޠާބުގައި ވިދާޅުވެފައިވަނީ ދިވެހި ޤައުމިއްޔަތުގެ ބިންގަލަކީ، ދިވެހިންގެ ހިތްތަކުގައި ބިންވަޅު ނެގިފައިވާ، މާތްވެގެންވާ އިސްލާމް ދީނުގެ ހިދާޔަތް ކަމަށާއި، ޤައުމީ ވަޙުދަތަކީ، ދިވެހިންގެ މާދަރީ ބަހާއި އަދަބިއްޔާތާއި ދިވެހިންގެ ތާރީޚާއި ސަގާފަތުގެ އެއްގޮތް ކަން ކަމަށެވެ.

ރައީސް ވިދާޅުވީ ދިވެހި ޤައުމިއްޔަތުގެ ކުރިބޯއްޓަކީ، ދިވެހިންގެ ސިޔާދަތީ މިނިވަންކަމާއި، އެ މިނިވަންކަންމަތީގައި ދަމަހައްޓަމުން އަންނަ ޞުލްޙަ މަސަލަސްކަން ކަމަށެވެ. ކޮންމެ ދިވެއްސެއްގެ ހިތުގައި ސާބިތުކަމާއެކު ކަނޑައަޅާފައިވާ އެންމެ ވަރުގަދަ ޢަޒުމަކީ، ދިވެހި ޤައުމިއްޔަތުގެ މި އަސާސްތަކަށް ކުޑަވެސް ގުޑުމެއް އެރިޔަނުދީ ޙިމާޔަތްކޮށް ރައްކާތެރިކުރުން ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެއެވެ.

"މިޖަޒީރާތަކުގައި މީހުން ވަޒަންވެރިވި ހިނދުން ފެށިގެން ޤައުމެއްގެ ސިފަ ޖެހިގެން ދިޔުމާ ހަމައަށް، އަދި އޭގެ ފަހުން މިއަދާ ހަމައަށް ޤައުމެއްގެ ގޮތުގައި މިރާއްޖެ ދެމިއޮތުމުގެ ސަބަބުތަކަކާއި ސިއްރުތަކެއްވޭ، އެއީ، އެހެން ބައެއްގެ އަޅުވެތިކަމުގެ ދަށުގައި ނުވުމަށް ދިވެހިން ކަނޑައެޅި ޢަޒުމް، އަދި އެ ޢަޒުމުގެ މަތީގައި ދެމިތިބުމަށްޓަކައި، ދިވެހިން ކުރި މަސައްކަތާއި ވި ޤުރުބާނީ"

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް

ރައީސް ވިދާޅުވީ މިއަދުވެސް ދިވެހިން ތިބީ ހަމަ އެ ޢަޒުމާއި އެ ސާބިތުކަމުގައި ކަމަށާއި، ދިވެހިންގެ މިނިވަންކަމުގެ މައްޗަށް އިސްކުރާނެ އެހެން އެއްވެސް އެއްޗެއް ނެތް ކަމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ވެމްކޯއަށް 2022 ވަނަ އަހަރު އެކަނިވެސް 127.9 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބުނު: އޮޑިޓް
15 Oct 2026 ހަބަރު

ވެމްކޯއަށް 2022 ވަނަ އަހަރު އެކަނިވެސް 127.9 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބުނު: އޮޑިޓް

އޮޑިޓަރ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ އެ ކުންފުނީގެ މާލީ ބަޔާންތަކުގެ އޮޑިޓް ރިޕޯޓަށް ބަލާއިރު، 2021 ވަނަ އަހަރުވެސް ވެމްކޯއަށް ވަނީ 82 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ގެއްލުން ވެފައެވެ.

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާ ލިބޭނެ ގޮތް ހަދަނީ
15 Oct 2026 ހަބަރު

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާ ލިބޭނެ ގޮތް ހަދަނީ

އެމަނިކުފާނު މިހެން ވިދާޅުވީ "ރައްޔިތުންގެ އަޑު" ސިލްސިލާގެ 10 ވަނަ ޕްރަގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އާ ހޮސްޕިޓަލް އަޅާތީ، ވިލިމާލޭ ހޮސްޕިޓަލްގެ ހިދުމަތްތައް އަމާން ހިޔާއަށް ބަދަލުކޮށްފި
15 Oct 2026 ހަބަރު

އާ ހޮސްޕިޓަލް އަޅާތީ، ވިލިމާލޭ ހޮސްޕިޓަލްގެ ހިދުމަތްތައް އަމާން ހިޔާއަށް ބަދަލުކޮށްފި

ކުއްލި ފަރުވާގެ ޚިދުމަތާއި އާންމު ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމުގެ އިންތިޒާމު މިހާރު އެ އިމާރާތުގައި ހަމަޖެހިފައި

ރާއްޖޭގެ ކްރެޑިޓް ރޭޓިންއަށް އައި ކުރިއެރުން އައިއެމްއެފުން ފާހަގަކޮށްފި
15 Oct 2026 ހަބަރު

ރާއްޖޭގެ ކްރެޑިޓް ރޭޓިންއަށް އައި ކުރިއެރުން އައިއެމްއެފުން ފާހަގަކޮށްފި

އައިއެމްއެފްގެ އަހަރީ ބައްދަލުވުމުގެ ހަވާސާގައި، އެ އިދާރާގެ އެގްޒެކެޓިވް ޑިރެކްޓަރު ޑރ. މުޙައްމަދު މާއިތު، ރާއްޖޭގެ މާލީ ވަޒީރު ހަސަން ޒަރީރާ ބައްދަލުކުރައްވައި، ރާއްޖޭގެ އިޤްތިޞާދީ އަދި މާލީ ޙާލަތު ހަމަމަގަށް އެޅުވުމަށް ސަރުކާރުން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވާފައިވާކަމަށެވެ. އަދި ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކަށް ތައުރީފްކޮށް އެންމެފަހުން މޫޑީސްއިން ރާއްޖޭގެ ރޭޓިންނަށް އައި ހެޔޮބަދަލު ފާހަގަކުރެއްވިކަމަށް މާލީ ވުޒާރާއިން ބުންޏެވެ.

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނަގައިފި
15 Oct 2026 ހަބަރު

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނަގައިފި

ވުޒާރާއިން ބުނީ ލާމަރުކަޒީ ޤާނޫނުގެ ދަށުން މި ބިންތައް ސަރުކާރުގެ ކަމާބެހޭ ވުޒާރާގެ ބެލުމުގެ ދަށަށް ގެނައުމަށް ނިންމީ، ރައްޔިތުންނަށް ބޭނުންވާ ޢުމްރާނީ ތަރައްޤީގެ މުހިންމު މަޝްރޫޢުތައް ހިންގުމަށާއި އަސާސީ ޚިދުމަތްތައް ހަރުދަނާކަމާއެކު ފޯރުކޮށްދީ ބެލެހެއްޓުމުގެ މަޤްޞަދުގައި ކަމަށެވެ.

ކަނޑުވި މީހުން ސަލާމަތްކުރި ތިން ފުލުހަކަށް ރަން މެޑަލް އަރުވައިފި
15 Oct 2026 ހަބަރު

ކަނޑުވި މީހުން ސަލާމަތްކުރި ތިން ފުލުހަކަށް ރަން މެޑަލް އަރުވައިފި

ކ. ގާފަރު ކައިރިން ބަންޑުންޖެހި ކޮޅުވެއްޓިން ކަނޑުވި އަށް މީހެއްގެ ފުރާނަ ސަލާމަތްކުރި ތިން ފުލުހަކަށް ފުރާނަ ސަލާމަތްކުރުމުގެ ރަން މެޑަލް ކޮމިޝަނަރ އޮފް ޕޮލިސް އަރުވައިފިއެވެ.

އިންޑިއާގެ މަސްބޯޓުތަކާއި މަސްވެރިން މިނިވަންކުރުމުގެ މަސައްކަތް ފަށައިފި
15 Oct 2026 ހަބަރު

އިންޑިއާގެ މަސްބޯޓުތަކާއި މަސްވެރިން މިނިވަންކުރުމުގެ މަސައްކަތް ފަށައިފި

އިންޑިއާގެ ބައެއް މީޑިއާތަކުން ބުނެފައިވަނީ، މިދިޔަ އަންގާރަ ދުވަހުގެ ރޭ ރާއްޖޭގެ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނައި އެޤައުމުގެ ތިން މަސް ބޯޓާއި 26 މަސްވެރިން މިނިވަންކުރުމަށްޓަކައި ދިވެހި ސަރުކާރާ ގުޅިގެން ކުރަންޖެހޭ ޤާނޫނީ މަސައްކަތްތައް ކުރަމުންދާކަމަށެވެ. އެގޮތުން އެމީހުން ދޫކޮށްލުމަށް ކުރަންޖެހޭ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަމިލް ނާޑޫ ސްޓޭޓްގެ ޗީފް މިނިސްޓަރު ވިޖޭ، އެ ގައުމުގެ ހާރިޖީ ވަޒީރު، ޖައިޝަންކަރުގެ ކިބައިން އެދިވަޑައިގެންފައިވާކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
09 Oct 2026 ރިޕޯޓް

ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟

އިއްޔެ ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައ...