ޓެކްސީ އެއް ކޮންޓްރޯލުން ނެއްޓި އެކްސިޑެންޓެއް ހިނގައިފި
ހައިވޭ ގައި ދުއްވަމުން ދިޔަ ޓެކްސީ އެއް ކޮންޓްރޯލުން ނެއްޓި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން ބުނެފައިވަނީ ހައިވޭގެ ހަތަރުވަނަ ލޭން އިން ހުޅުމާލެ އިން މާލެ އަށް ދަތުރުކުރި ޓެކްސީއެއް ކޮންޓްރޯލް ނުވެ ގޮސް ސޯލާ ޕެނަލް ތަކުގައި ޖެހި އެކްސިޑެންޓެއް ހިނގައިފައިވާކަމަށް މިއަދު ހެނދުނު 7:10 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ މިހާދިސާގައި މީހަކަށް އަނިޔާވެފައި ނުވާ ކަމަށާއި، ޓެކްސީ އާއި ސޯލަރ ޕެނަލް ތަކަށް އެކިވަރުގެ ގެއްލުންތައް ވެފައި ވާ ކަމަށެވެ.
މިހާދިސާއާއި ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުން ދާ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް