ހުޅުމާލެއިން މީހެެއް ގެއްލިގެން ހޯދަނީ
ހުޅުމާލެއިން މީހަކު ގެއްލިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ހުޅުމާލެއިން ގެއްލިގެން ފުލުހުން ހޯދަމުންދަނީ ހއ. ދިއްދޫ / ގުލްފާމްގެ، އިސްމާއީލް މާހިރު (50އ) އެވެ.
އޭނާ ހުޅުމާލޭގައި ދިރިއުޅެނީ (ސްޓެލްކޯ ޓަވަރު، ހުޅުމާލެ ފޭސް 2) ގައެވެ.
ފުލުހުން ބުނީ އާއިލާއަށް ޚަބަރެއްނުވެ މާހިރު ގެއްލިފައިވާ ކަމަށް ސެޕްޓެމްބަރ 16 ވަނަ ދުވަހު ދަންވަރު 1:08 އެހައިކަންހާއިރު ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.
އިއްޔެ ހުކުރަށްދާން ގެއިން ނުކުތް ފަހުން މާހިރުގެ ޚަބަރެއް ނުވާކަމަށާއި އޭރު ލައިގެންހުރީ މާޖެހި ހުދުކުލައިގެ ގަމީހަކާއި ނޫކުލައިގެ ޖީންސެއްކަމަށް އޭނާގެ އާއިލާ އާއި ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.
އިސްމާއީލް މާހިރުގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9393351 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން އެދެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް