ރައީސް ނަޝީދާއީ ރައީސް ޔާމިން
ރައީސް ނަޝީދާއީ ރައީސް ޔާމިން
ހަބަރު 16 Sep 2023 | 11:20

ރައީސް ޔާމީނާއި މާދަން ބައްދަލުކުރެއްވުމަށް ރައީސް ނަޝީދު މަސައްކަތް ކުރައްވަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މާދަމާ ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމާއި ބައްދަލު ކުރުމަށް މަސައްކަތް ކުރަމުންދާކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ދަ ޑިމޮކްރެޓްސްގެ މެމްބަރުންނާއި ބައްދަލުކުރައްވައި މިއަދު މެންދު ދޮންމަނިކު ސްކައި ވިއުގައި ބޭއްވި ފަރިއްކޮޅެއްގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މިއީ ވަރަށް ޚައްސާސް ދަނޑިވަޅެއްކަމަށާއި އިންތިޚާބުގެ ފުރަތަމަ ބުރުގެ ނަތީޖާ ލިބިފައިވާ ގޮތުން ދެވަނަ ބުރަކަށް އޮތީ ދާން ޖެހިފައިކަމަށެވެ.

އަނެއްކާވެސް މިވަނީ ކުރިއެކޭވެސް އެއްގޮތަށް ބަލިވި ޕާޓީތަކާއި ލީޑަރުންނާއި ބައިއަތު ހިފައި ކޯލިޝަން ހަދައިގެން ވެރިކަން ހޯދަން ޖެހިފައިކަމަށާއި މިއީ ޤާނޫނު އަސާސީ ދަންނަ ރޫހެއް ނޫންކަމަށާއި، މިކަން މިގޮތަށް ކުރުމުން ޕާޓީތަކަށާއި، ޢާންމު މެމްބަރުންނަށް ފަހުން ލިބޭ ގެއްލުން މާބޮޑުކަމަށް ނަޝީދު ދެއްކެވި ވާހަކަފުޅުގައި ވަނީ ވިދާޅުވެފައެވެ.

މާދަމާ މާފުއްށީ ޖަލަށް ވަޑައިގެން ރައީސް ޔާމީނާއި ބައްދަލު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މަޖިލީހުގެ އަމީން އާންމު އަރިހުން އެދިފައިވަނީ ރާއްޖޭގެ މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލު ކުުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށްޓަކައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް މިވަގުތަކީ އެންމެ މުނާސަބު ވަގުތުކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ، އެކަން މިމަހުގެ 25 ވަނަ ދުވަހުގެ ކުރިން ކުރުމަށް ދެވަނަ ބުރުގައި އޮތް ދެޕާޓީއަށްވެސް ހުށަހަޅާފައިވާކަަމަށެވެ. އޭގެ ތެރެއިން ޕީޕީއެމްއިން މިކަންކަމަށް އަގަބަހުން އެއްބަސްވި ނަމަވެސް ލިޔުމުން ސޮއި އަޅަން ބޭނުން ނުވާކަމަށެވެ. އަދި އެމްޑީޕީއާއި މިމަޝްވަރާ ކުރަމުންދާއިރު މާބޮޑު ކުރިއެރުމެއް ލިބިފައި ނުވާކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

މިކަން ކުރުމަށްޓަކައި ރައީސް ޔާމީންގެ މަޝްވަރާ ހޯދުމަކީ ކޮންމެހެން މުހިންމު ކަމެއްކަަމަށް ދެކޭ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އެގޮތުން މާދަމާ ރައީސް ޔާމީނާއި ބައްދަލު ކުރުމަށް މާފުށީ ޖަލަށް ވަޑައިގަންނަވަން އިންތިޒާމު ހަމަޖެއްސުމަށް މަޖިލިސް އަމީން އާންމަށް ދަންނަވާފައިވާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ވެރިކަމުގެ ނިޒާމަށް ބަދަލެއް ގެންނައިރު، ރައީސް ޔާމީނާވެސް މިކަމުގައި މަޝްވަރާކުރުން ކޮންމެހެން ބޭނުންތެރި. އަޅުގަނޑު މަޖިލީހުގެ އަމީން އާންމު އަރިހުގައި ދަންނަވާފައިވާނެ، މާދަމާ މާފުއްޓަށް ދެވޭތޯ، މާދަމާ އަޅުގަނޑު މާފުއްޓަށް ދިއުމަށް. ރައީސް ޔާމީންގެ އަރިހުގައި ދަންނަވަން ބޭނުމީ ވެރިކަމުގެ ނިޒާމަށް ބަދަލެއް ގެންނަން 25 ވަނަ ދުވަހުގެ ކުރީގައި އެވޯޓު ނެގުމުގައި އެމަނިކުފާނު ދެކެވަޑައި ގަންނަވާ ގޮތަކާއި އަަދި އަޅުގަނޑުމްނަށް އެހީތެރިވެދެން އޮތްނަމަ އެވާހަކައެއް

ރައީސް ނަޝީދު

ރައީސް ނަޝީދަކީ ދައުލަތުގެ ތިން ބާރުގެ ތެރެއިން އެއްބާރުގެ ވެރިޔާއަށް ވުމުން ރައީސް ނަޝީދަށް މިބައްދަލުވުން ކުރިއަށް ގެންދިއުމަށް އެއްވެސް ހުރަހެއް ގާނޫނު އަސާސީގައި ނޯންނާނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ވެމްކޯއަށް 2022 ވަނަ އަހަރު އެކަނިވެސް 127.9 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބުނު: އޮޑިޓް
15 Oct 2026 ހަބަރު

ވެމްކޯއަށް 2022 ވަނަ އަހަރު އެކަނިވެސް 127.9 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބުނު: އޮޑިޓް

އޮޑިޓަރ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ އެ ކުންފުނީގެ މާލީ ބަޔާންތަކުގެ އޮޑިޓް ރިޕޯޓަށް ބަލާއިރު، 2021 ވަނަ އަހަރުވެސް ވެމްކޯއަށް ވަނީ 82 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ގެއްލުން ވެފައެވެ.

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާ ލިބޭނެ ގޮތް ހަދަނީ
15 Oct 2026 ހަބަރު

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާ ލިބޭނެ ގޮތް ހަދަނީ

އެމަނިކުފާނު މިހެން ވިދާޅުވީ "ރައްޔިތުންގެ އަޑު" ސިލްސިލާގެ 10 ވަނަ ޕްރަގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އާ ހޮސްޕިޓަލް އަޅާތީ، ވިލިމާލޭ ހޮސްޕިޓަލްގެ ހިދުމަތްތައް އަމާން ހިޔާއަށް ބަދަލުކޮށްފި
15 Oct 2026 ހަބަރު

އާ ހޮސްޕިޓަލް އަޅާތީ، ވިލިމާލޭ ހޮސްޕިޓަލްގެ ހިދުމަތްތައް އަމާން ހިޔާއަށް ބަދަލުކޮށްފި

ކުއްލި ފަރުވާގެ ޚިދުމަތާއި އާންމު ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމުގެ އިންތިޒާމު މިހާރު އެ އިމާރާތުގައި ހަމަޖެހިފައި

ރާއްޖޭގެ ކްރެޑިޓް ރޭޓިންއަށް އައި ކުރިއެރުން އައިއެމްއެފުން ފާހަގަކޮށްފި
15 Oct 2026 ހަބަރު

ރާއްޖޭގެ ކްރެޑިޓް ރޭޓިންއަށް އައި ކުރިއެރުން އައިއެމްއެފުން ފާހަގަކޮށްފި

އައިއެމްއެފްގެ އަހަރީ ބައްދަލުވުމުގެ ހަވާސާގައި، އެ އިދާރާގެ އެގްޒެކެޓިވް ޑިރެކްޓަރު ޑރ. މުޙައްމަދު މާއިތު، ރާއްޖޭގެ މާލީ ވަޒީރު ހަސަން ޒަރީރާ ބައްދަލުކުރައްވައި، ރާއްޖޭގެ އިޤްތިޞާދީ އަދި މާލީ ޙާލަތު ހަމަމަގަށް އެޅުވުމަށް ސަރުކާރުން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވާފައިވާކަމަށެވެ. އަދި ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކަށް ތައުރީފްކޮށް އެންމެފަހުން މޫޑީސްއިން ރާއްޖޭގެ ރޭޓިންނަށް އައި ހެޔޮބަދަލު ފާހަގަކުރެއްވިކަމަށް މާލީ ވުޒާރާއިން ބުންޏެވެ.

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނަގައިފި
15 Oct 2026 ހަބަރު

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނަގައިފި

ވުޒާރާއިން ބުނީ ލާމަރުކަޒީ ޤާނޫނުގެ ދަށުން މި ބިންތައް ސަރުކާރުގެ ކަމާބެހޭ ވުޒާރާގެ ބެލުމުގެ ދަށަށް ގެނައުމަށް ނިންމީ، ރައްޔިތުންނަށް ބޭނުންވާ ޢުމްރާނީ ތަރައްޤީގެ މުހިންމު މަޝްރޫޢުތައް ހިންގުމަށާއި އަސާސީ ޚިދުމަތްތައް ހަރުދަނާކަމާއެކު ފޯރުކޮށްދީ ބެލެހެއްޓުމުގެ މަޤްޞަދުގައި ކަމަށެވެ.

ކަނޑުވި މީހުން ސަލާމަތްކުރި ތިން ފުލުހަކަށް ރަން މެޑަލް އަރުވައިފި
15 Oct 2026 ހަބަރު

ކަނޑުވި މީހުން ސަލާމަތްކުރި ތިން ފުލުހަކަށް ރަން މެޑަލް އަރުވައިފި

ކ. ގާފަރު ކައިރިން ބަންޑުންޖެހި ކޮޅުވެއްޓިން ކަނޑުވި އަށް މީހެއްގެ ފުރާނަ ސަލާމަތްކުރި ތިން ފުލުހަކަށް ފުރާނަ ސަލާމަތްކުރުމުގެ ރަން މެޑަލް ކޮމިޝަނަރ އޮފް ޕޮލިސް އަރުވައިފިއެވެ.

އިންޑިއާގެ މަސްބޯޓުތަކާއި މަސްވެރިން މިނިވަންކުރުމުގެ މަސައްކަތް ފަށައިފި
15 Oct 2026 ހަބަރު

އިންޑިއާގެ މަސްބޯޓުތަކާއި މަސްވެރިން މިނިވަންކުރުމުގެ މަސައްކަތް ފަށައިފި

އިންޑިއާގެ ބައެއް މީޑިއާތަކުން ބުނެފައިވަނީ، މިދިޔަ އަންގާރަ ދުވަހުގެ ރޭ ރާއްޖޭގެ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނައި އެޤައުމުގެ ތިން މަސް ބޯޓާއި 26 މަސްވެރިން މިނިވަންކުރުމަށްޓަކައި ދިވެހި ސަރުކާރާ ގުޅިގެން ކުރަންޖެހޭ ޤާނޫނީ މަސައްކަތްތައް ކުރަމުންދާކަމަށެވެ. އެގޮތުން އެމީހުން ދޫކޮށްލުމަށް ކުރަންޖެހޭ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަމިލް ނާޑޫ ސްޓޭޓްގެ ޗީފް މިނިސްޓަރު ވިޖޭ، އެ ގައުމުގެ ހާރިޖީ ވަޒީރު، ޖައިޝަންކަރުގެ ކިބައިން އެދިވަޑައިގެންފައިވާކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

ރައީސް ނަޝީދުގެ ކަންބޮޑުވުން: މިހާރު ސްކޫލްތަކުގައި ލަވަ މުބާރާތްތަކާއި އިތުރު ހަރަކާތްތަކެއް ނުބާއްވާ؛ މުޅި ޖީލު ހަލާކުވަނީ
15 Oct 2026 ހަބަރު

ރައީސް ނަޝީދުގެ ކަންބޮޑުވުން: މިހާރު ސްކޫލްތަކުގައި ލަވަ މުބާރާތްތަކާއި އިތުރު ހަރަކާތްތަކެއް ނުބާއްވާ؛ މުޅި ޖީލު ހަލާކުވަނީ

ރާއްޖޭގެ ސްކޫލްތަކުގައި ކުރިއަށްގެންދާ އިތުރު ހަރަކާތްތަކާއި ލަވަ މުބާރާތްތައް ހުއްޓި، ތަޢުލީމީ މުޅި ޖީލެއް ހަލާކުވަމުންދާ ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.