ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ޖޭޕީން ނިންމައިފި
މި އަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށް ޖުމްހޫރީ ޕާޓީގެ ކައުންސިލުން ނިންމައިފިއެވެ.
މިކަން ހާމަކޮށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރ އަހްމަދު ނިހާނު ހުސައިން މަނިކު ދެންމެ ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށް އެ ޕާޓީގެ ކައުންސިލުން ނިންމައިފައިވާކަމަށެވެ.
މި ނިންމުން އެ ޕާޓީން ނިންމި ސަބަބެެއް އަދި ހާމަކޮށްފައި ނުވި ނަމަވެސް ރިޔާސީ އިންތިހާބުގެ ދެވަނަބުރުގައި އެކުގައި މަސައްކަތް ކުރުމަށް އިބްތިހާބުގެ ދެވަނަ ބުރުގައި ވާދަކުރާ ދެ ކެނޑިޑޭޓުންގެ ފަރާތުންވެސް ގާސިމް އިބްރާހިމާއި ބައްދަލުކުރައްވައި ވަނީ މަޝްވަރާތައް ކުރިއަށް ގެންގޮއްސައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް