ޖޭޕީގެ އައު އެސްޖީ އަކަށް އަޒްލީން!
ޖުމްހޫރީ ޕާޓީގެ ސެކެރެޓަރީ ޖެނެރަލްގެ މަގާމަށް ކުރީގެ ހޯމް މިނިސްޓަރު، އަދި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ގެ ސްޕެޝަލް އެޑްވައިޒަރ އަޒްލީން އަހުމަދު އައްޔަންކުރައްވައިފި އެވެ.
އަޒްލީން އެ މަގާމަށް އައްޔަނު ކުރެއްްވީ ކުރިން އެ މަގާމުގައި ހުންނެވި އަލީ އާރިފު އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ވައިކަރަދޫ ދާއިރާއާއި ކެލާ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާފައިވާ އަލީ އާރިފު މަގާމުން އިސްތިއުފާ ދެއްވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޖޭޕީން އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރުމަށް ނިންމާފައިވަނިކޮށެވެ.
އަލީ އާރިފަކީ ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ އާއިލީ ބޭފުޅެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް