ރައީސް ޞާލިޙް ބައިވެރިވެވަޑައިގަންނަވާ ބައްދަލުވުމެއް މިރޭ!
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ބައިވެރިވެ ވަޑައިގަންނަވާ ކެމްޕޭނު ބައްދަލުވުމެއް މިރޭ އޮންނާނެ ކަމަށް އެމްޑީޕީ އިން ބުނެފިއެވެ.
އެމްޑީޕީ އިން ބުނީ އެމްޑީޕީ އާއި އެޕާޓީއާއި ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޞާލިޙް ބައިވެރިވެވަޑައިގަންނަވާ ކަންމަތީ ބައްދަލުވުމެއް މިރޭ އޮންނާނެ ކަމަށެވެ.
މި ބައްދަލުވުން އޮންނާނީ މާފަންނު ސަހަރާގެ ހުޅަނގުފަރާތުގައި ކަމަށާއި، ބައްދަލުވުން ފެށުމަށް ހަމަޖެހިފައިވަނީ 21:30 ގައި ކަމަށެވެ.
ރޭ ވެސް އެމްޑީޕީ ކޯލިޝަނުން ވަނީ ހެންވޭރުގައި ހުންނަ ސޯސަން ޖަގަހައިގައި ކެމްޕޭނު ބައްދަލުވުމެއް ބާއްވައިފައެވެ. އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓްލުން ކައިރިވަމުން އަންނައިރު ދެކެނޑިޑޭޓުންގެ ކެމްޕޭނުގެ ހަރަކާތްތައް ވެސް އަންނަނީ ހިންގަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް