ސްޓެލްކޯއިން ދިއްފުށީގައި މީޑިއަމް ވޯލްޓޭޖް ނެޓްވޯކެއް ގާއިމް ކޮށްފި!
ސްޓެލްކޯއިން ކ. ދިއްފުށީގައި މީޑިއަމް ވޯލްޓޭޖް ނެޓްވޯކެއް ގާއިމް ކޮށްފިއެވެ.
ސްޓެލްކޯއިން ބުނީ، މިއީ ކ. ދިއްފުށީގައި ކުރިއަރަމުން އަންނަ ގެސްޓްހައުސް ވިޔަފާރިތަކަށާއި، ރައްޔިތުންނަށް ބޭނުންވާ ކަރަންޓުގެ ފެންވަރު މަތިކޮށް، ހިދުމަތް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ކުރެވުނު މަސައްކަތެއް ކަމަށެވެ.
އަދި ދިއްފުށީގައި ސްޓެލްކޯ އިން މި ގާއިމް ކުރި މީޑިއަމް ވޯލްޓޭޖް ނެޓްވޯކެއް މިހާރު ވަނީ ބޭނުން ކުރަން ފަށާފައިކަމަށްވެސް އެ ކުންފުނިން ބުނެއެވެ. އަދި މި ޕްރޮޖެކްޓްގެ ދަށުން 630kva ގެ ދެ ސަބްްސްޓޭޝަން އެ ރަށުގެ ދެ ސަރަހައްދެއްގައި ގާއިމްކުރެވިފައިވާ ކަންވެސް ސްޓެލްކޯ އިން ފާހަގަކޮށްފައި ވެއެވެ.
ދިއްފުށީގައި މީޑިއަމް ވޯލްޓޭޖް ނެޓްވޯކް ގާއިމުކޮށް ހިދުމަތް ދޭން ފެށުމުން ދިއްފުށީގެ ރައްޔިތުންނާއި ގެސްޓް ހައުސް ތަކަށް ކުރިމަތި ވަމުން ދިޔަ ކަރަންޓް ވޯލްޓޭޖް ޑްރޮޕް ވުމުގެ މައްސަލަ ފަދަ އެތައް މައްސަލައެއް ހައްލުވެގެން ދާނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް