ރައީސް ނަޝީދު އަލުން އެމްޑީޕީ އާއި ގުޅުނު ވާހަކަ ދޮގުކޮށްފި
ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަލުން އެމްޑީޕީ އާއި ގުޅިވަޑައިގަތް ކަމަށް ބުނާ ވާހަކަ އެމަނިކުފާނު ދޮގު ކުރައްވައިފިއެވެ.
"އަޅުގަނޑު އެމްޑީޕީ އާއި އަލުން ގުޅުނުކަމަށް ފަތުރަމުންދާ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް" ރައީސް ނަޝީދު ކުރައްވައިފައިވާ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައިމިވަނީ އެމަނިކުފާނު އެމްޑީޕީ އާއި އަލުން ގުޅިވަޑައިގަތް ކަމަށް ރާއްޖޭގެ ނޫހެއްގައި ރިޕޯޓް ކުރުމާއި ގުޅިގެނެވެ.
ރައީސް ނަޝީދު އެމްޑީޕީ އިން ވަކިވެވަޑައިގެންފައިވަނީ މިއަހަރު ޖޫން މަހުގެ 21 ވަނަ ދުވަހުއެވެ. އެމްޑީޕީ އިން އެމަނިކުފާނު ވަކިވެވަޑައިގެން ގުޅިވަޑައިގަތީ އެމަނިކުފާނު އިސްކޮށް ހުންނަވައި އުފެއްދެވި ޑިމޮކްރެޓްސްއާއި އެވެ. އެމްޑީޕީ އިން ވަކިވ ވަޑައިގަތުމުގެ މާކުރިންވެސް އެމަނިކުފާނާއި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި ދެމެދު އޮތީ ބޮޑެތި ޙިޔާލު ތަފާތުވުން ތަކެއް އުފެދިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް