ޢުމްރާއަށް ދާ އަންހެނުން ހެދުން އަޅާނެ ވަކި ގޮތެއް ސަޢުދީ ސަރުކާރުން ކަނޑައަޅައިފި
ޙައްޖާއި ޢުމްރާގެ އަޅުކަމަށްދާ އަންހެނުން އަޅުކަމުގައި އުޅޭ އިރު ހެދުން އަޅާނެ އުސޫލެއް ސަޢުދީ ސަރުކާރުން ކަނޑައަޅައިފިއެވެ.
އެގޮތުން ސަޢުދީގެ ޙައްޖާއި ޢުމްރާއާއި ބެހޭ މިނިސްޓްރީ އިން ނެރެފައިވާ އެ އުސޫލުގައި ބުނެފައިވަނީ ޚައްޖާއި ޢުމްރާގެ އަޅުކަމުގައި އުޅޭ އަންހެންނުންނަށް އެމީހުން ބޭނުން ހެދުމެއް ލެވިދާނެ ކަމަށާއި ނަމަވެސް އެހެދުން ވަކި އުސޫލުތަކަކަސް ފެތެން ޖެހޭ ކަމަށެވެ.
އެގޮތުން ޢުމްރާ ވުމަށް ނުވަތަ ޙައްޖުވުމަށް ދާއިރު ލާ ހެދުމަކީ ގަޔަށް ދޫ ފުޅާ ހެދުމަކަށް ވާން ޖެހޭނެ ކަމަށާއި، ހެދުމުގައި ބޮޑެތި ޖަރީ ކުރުންތައް ހުރެގެން ނުވާނެ ކަމަށެވެ.
މީގެ އިތުރުން އަޅައިފައި ހުންނަ ހެދުމުން ހަށިގަނޑު ނިވާވާން ޖެހެނެ ކަމަށްވެސް ބުނެފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް