މަޖިލީހުގެ ޖަލްސާ އެއް ކުރިއަށް ދަނީ-- ފޮޓޯ/ މަޖިލިސް
މަޖިލީހުގެ ޖަލްސާ އެއް ކުރިއަށް ދަނީ-- ފޮޓޯ/ މަޖިލިސް
ހަބަރު 18 Sep 2023 | 06:30

ކޯރަމް ހަމަ ނުވެގެން މަޖިލީހުގެ ޖަލްސާ މެދުކަނޑާލައިފި؛ އެމްޑީޕީ މެންބަރުން ބޭރު ކުޑަ ދަށުގައި!

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކޯރަމް ހަމަނުވުމުގެ ސަބަބުން މެދުކަނޑާލަން ޖެހިއްޖެއެވެ.

މިއަދުގެ ޖަލްސާ ނުފެށި ލަސްވަމުންދާ ސަބަބު ހާމަ ކުރައްވަމުން މަޖިލީހުގެ ރިޔާސަތު ގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ޖަލްސާ ނުފެށި ލަސްވަނީ މެންބަރުންގެ އަދަދު ހަމަ ނުވެގެން ކަމަށެވެ. އަދި ސަރުކާރުގެ މައި ޕާޓީ އެމްޑީޕީ އަށް ނިސްބަތްވާ އެޕާޓީގެ ޕާލިމެންޓްރީ ގުރޫޕުގެ މެމްބަރުން މަޖިލީހުގެ ޗެންބަރަށް ނުވަދެ ބޭރުގައި ތިއްބެވި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ދެ މެމްބަރަކު ހަމަވުމުން ޖަލްސާ ކުރިއަށް ދެވޭނެ ކަމަށްވެސް ރައީސް ނަޝިދު ވިދާޅުވިއެވެ.

އެމްޑީޕީގެ ވަރަށް ގިނަ މެންބަރުން މަޖިލީހުގެ ކުޑަ ދަށުގައި އެބަ ތިއްބެވި. އެބޭފުޅުން އެތެރޭއަށް ވަދެވަޑައިނުގަންނަވާ ސަބަބެއް އަޅުގަނޑަކަށް ވެސް އަދި އަމީން އާއްމަކަށް ވެސް އޮޅުންފިލާފައެއް ނުވޭ. އަޅުގަނޑު އަނެއްކާވެސް އިއްޒަތްތެރި މެންބަރުން ކިބައިން އެދެން މަޖިލީހުގެ ތަޅުމަށް ވަޑައިގެން މަޖިލީހުގެ މަސައްކަތުގައި ހުރިހާ އިއްޒަތްތެރި މެންބަރުންވެސް ބައިވެރިވެ ވަޑައިގަތުމަށް. ދެ އިއްޒަތްތެރި މެންބަރުން ވަޑައިގަތުމުން މަޖިލިސް ފެއްޓެން އެބަ އޮތް.

ރައީސް މުހައްމަދު ނަޝީދު

ނަމަވެސް ތަކުރާރު ކޮށް ވިދާޅުވުމުންވެސް އެބޭފުޅުން ޖަލްސާ ކުރާ ޗެންބަރަށް ވަދެ ވަޑައި ނުގަތުމުން ކޯރަމް ހަމަވެފައި ނުވާތީ ޖަލްސާ ވަނީ އިރުކޮޅަކަށް މެދު ކަނޑާލާފައެވެ.

އެއަށްފަހު އަލުން ފެއްޓެވި އިރުވެސް ކޯރަމް ހަމަ ނުވާތީ އެކަމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ޖަލްސާގެ އެޖެންޑާއަ މެދު ބައެއް މެންބަރުން ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ. އެހެން ނަމަވެސް، މިއަދުގެ އެޖެންޑާގައި މަޖިލީހުގެ ގަވާއިދާއި ޚިލާފަށް އެއްވެސް ކަމެއް ހިމަނުއްްވާފައި ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެގޮތުން މިއަދުގެ އެޖެންޑާގައި އޮތް، ރާއްޖޭގެ މަސްކަނޑުން ގެއްލުނު ބައި ހޯދުމަށް ސަރުކާރަށް ގޮވާލައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ހުށަހެޅުއްވި ގަރާރުގެ މައްސަލަ އަކީ މެއި މަހުގެ 22 ވަނަ ދުވަހު ހުށަހެޅުއްވި މައްސަލައެއް ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންކަމުން އެ މައްސަލަ ދެން އިތުރަށް ލަސް ކުރެވެން ނެތް ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އެއަށްފަހު މަޖިލީހުގެ ޗެމްބަރަށް ވަޑައިގެން ދެއްވުން އެދި އަނެއްކާވެސް މެންބަރުންނަށް ދެންނެވުމުން ވަޑައިގެންފައިނުވާތީ ސައި ގަޑިއަށްފަހު މަޖިލިސް ފެށޭތޯ އަނެއްކާވެސް މަޖިލިސް ވަނީ މެދުކަނޑާލައިފަ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ވެމްކޯއަށް 2022 ވަނަ އަހަރު އެކަނިވެސް 127.9 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބުނު: އޮޑިޓް
15 Oct 2026 ހަބަރު

ވެމްކޯއަށް 2022 ވަނަ އަހަރު އެކަނިވެސް 127.9 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބުނު: އޮޑިޓް

އޮޑިޓަރ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ އެ ކުންފުނީގެ މާލީ ބަޔާންތަކުގެ އޮޑިޓް ރިޕޯޓަށް ބަލާއިރު، 2021 ވަނަ އަހަރުވެސް ވެމްކޯއަށް ވަނީ 82 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ގެއްލުން ވެފައެވެ.

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާ ލިބޭނެ ގޮތް ހަދަނީ
15 Oct 2026 ހަބަރު

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާ ލިބޭނެ ގޮތް ހަދަނީ

އެމަނިކުފާނު މިހެން ވިދާޅުވީ "ރައްޔިތުންގެ އަޑު" ސިލްސިލާގެ 10 ވަނަ ޕްރަގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އާ ހޮސްޕިޓަލް އަޅާތީ، ވިލިމާލޭ ހޮސްޕިޓަލްގެ ހިދުމަތްތައް އަމާން ހިޔާއަށް ބަދަލުކޮށްފި
15 Oct 2026 ހަބަރު

އާ ހޮސްޕިޓަލް އަޅާތީ، ވިލިމާލޭ ހޮސްޕިޓަލްގެ ހިދުމަތްތައް އަމާން ހިޔާއަށް ބަދަލުކޮށްފި

ކުއްލި ފަރުވާގެ ޚިދުމަތާއި އާންމު ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމުގެ އިންތިޒާމު މިހާރު އެ އިމާރާތުގައި ހަމަޖެހިފައި

ރާއްޖޭގެ ކްރެޑިޓް ރޭޓިންއަށް އައި ކުރިއެރުން އައިއެމްއެފުން ފާހަގަކޮށްފި
15 Oct 2026 ހަބަރު

ރާއްޖޭގެ ކްރެޑިޓް ރޭޓިންއަށް އައި ކުރިއެރުން އައިއެމްއެފުން ފާހަގަކޮށްފި

އައިއެމްއެފްގެ އަހަރީ ބައްދަލުވުމުގެ ހަވާސާގައި، އެ އިދާރާގެ އެގްޒެކެޓިވް ޑިރެކްޓަރު ޑރ. މުޙައްމަދު މާއިތު، ރާއްޖޭގެ މާލީ ވަޒީރު ހަސަން ޒަރީރާ ބައްދަލުކުރައްވައި، ރާއްޖޭގެ އިޤްތިޞާދީ އަދި މާލީ ޙާލަތު ހަމަމަގަށް އެޅުވުމަށް ސަރުކާރުން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވާފައިވާކަމަށެވެ. އަދި ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކަށް ތައުރީފްކޮށް އެންމެފަހުން މޫޑީސްއިން ރާއްޖޭގެ ރޭޓިންނަށް އައި ހެޔޮބަދަލު ފާހަގަކުރެއްވިކަމަށް މާލީ ވުޒާރާއިން ބުންޏެވެ.

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނަގައިފި
15 Oct 2026 ހަބަރު

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނަގައިފި

ވުޒާރާއިން ބުނީ ލާމަރުކަޒީ ޤާނޫނުގެ ދަށުން މި ބިންތައް ސަރުކާރުގެ ކަމާބެހޭ ވުޒާރާގެ ބެލުމުގެ ދަށަށް ގެނައުމަށް ނިންމީ، ރައްޔިތުންނަށް ބޭނުންވާ ޢުމްރާނީ ތަރައްޤީގެ މުހިންމު މަޝްރޫޢުތައް ހިންގުމަށާއި އަސާސީ ޚިދުމަތްތައް ހަރުދަނާކަމާއެކު ފޯރުކޮށްދީ ބެލެހެއްޓުމުގެ މަޤްޞަދުގައި ކަމަށެވެ.

ކަނޑުވި މީހުން ސަލާމަތްކުރި ތިން ފުލުހަކަށް ރަން މެޑަލް އަރުވައިފި
15 Oct 2026 ހަބަރު

ކަނޑުވި މީހުން ސަލާމަތްކުރި ތިން ފުލުހަކަށް ރަން މެޑަލް އަރުވައިފި

ކ. ގާފަރު ކައިރިން ބަންޑުންޖެހި ކޮޅުވެއްޓިން ކަނޑުވި އަށް މީހެއްގެ ފުރާނަ ސަލާމަތްކުރި ތިން ފުލުހަކަށް ފުރާނަ ސަލާމަތްކުރުމުގެ ރަން މެޑަލް ކޮމިޝަނަރ އޮފް ޕޮލިސް އަރުވައިފިއެވެ.

އިންޑިއާގެ މަސްބޯޓުތަކާއި މަސްވެރިން މިނިވަންކުރުމުގެ މަސައްކަތް ފަށައިފި
15 Oct 2026 ހަބަރު

އިންޑިއާގެ މަސްބޯޓުތަކާއި މަސްވެރިން މިނިވަންކުރުމުގެ މަސައްކަތް ފަށައިފި

އިންޑިއާގެ ބައެއް މީޑިއާތަކުން ބުނެފައިވަނީ، މިދިޔަ އަންގާރަ ދުވަހުގެ ރޭ ރާއްޖޭގެ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނައި އެޤައުމުގެ ތިން މަސް ބޯޓާއި 26 މަސްވެރިން މިނިވަންކުރުމަށްޓަކައި ދިވެހި ސަރުކާރާ ގުޅިގެން ކުރަންޖެހޭ ޤާނޫނީ މަސައްކަތްތައް ކުރަމުންދާކަމަށެވެ. އެގޮތުން އެމީހުން ދޫކޮށްލުމަށް ކުރަންޖެހޭ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަމިލް ނާޑޫ ސްޓޭޓްގެ ޗީފް މިނިސްޓަރު ވިޖޭ، އެ ގައުމުގެ ހާރިޖީ ވަޒީރު، ޖައިޝަންކަރުގެ ކިބައިން އެދިވަޑައިގެންފައިވާކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

މިނިވަން ވިޔަފާރީގެ ފުރުސަތުތައް އިތުރަށް ހުޅުވައިލުމަށް ހަރުދަނާ އުސޫލުތަކުން ކުރާ ކޮންމެ ކަމަކަށް ތަރުހީބުދޭނަން: އެމްޑީޕީ
15 Oct 2026 ހަބަރު

މިނިވަން ވިޔަފާރީގެ ފުރުސަތުތައް އިތުރަށް ހުޅުވައިލުމަށް ހަރުދަނާ އުސޫލުތަކުން ކުރާ ކޮންމެ ކަމަކަށް ތަރުހީބުދޭނަން: އެމްޑީޕީ

ރާއްޖޭގައި މިނިވަން ވިޔަފާރީގެ ފުރުސަތުތައް ފުޅާކުރުމަށް ހަރުދަނާ އުސޫލުތަކުގެ ތެރެއިން ކުރާ ކޮންމެ ކަމަކަށް ތަރުހީބުދޭ ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފިއެވެ.