"ޚިޔާލް ތަފާތުވުން ދޫކޮށް ފަލަޞްޠީނާ ގުޅޭ ޤައުމީ ޙަރަކާތެއް ރާއްޖޭގައި އޮތުން ވަރަށް މުހިންމު"
ޚިޔާލް ތަފާތުވުން ދޫކޮށް ފަލަސްޠީނާއި ގުޅޭ ޤައުމީ ޙަރަކާތެއް މިވަގުތު ރާއްޖޭގައި އޮތުން ވަރަށް މުހިންމު ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޑރ ޝަހީމް ކުރެއްވެވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޚިޔާލު ތަފާތުވުންތައް އެއް ފަރާތްކޮށް ލީޑަރުން ހިމެނޭހެން ފަލަޞްޠީނާ ގުޅޭ ކަންކަމުގައި ޙަރަކާތްތެރިވާނެ (ޤައުމީ ޙަރަކާތެއް)މިވަގުތު ރާއްޖޭގައި އޮތުން ވަރަށް މުހިންމު ކަމަށެވެ.
"އިސްލާމީ އުންމަތް ހިތްދަތިވަގުތަކާ ކުރިމަތިލަމުންދާއިރު މިކަމާމެދު ސަފުތައް އެއްބައިވަންތަވުން ވަރަށް މުހިންމު" ޑރ ޝަހީމް ވިދާޅުވެފައިވެއެވެ.
އިޒްރާއިލްގެ ޔަހޫދީން ދެމުންދާ ވަރުގަދަ ނުރައްކާތެރި ހަމަލާތަކުގެ ސަބަބުން ފަލަސްޠީންގެ އެތައް ބަޔަކު އަންނަނީ ޝަހީދުވަމުންނެވެ. ރޭވެސް އިޒްރާއިލުންވަނީ ޣައްޒާގައި ހުންނަ ހޮސްޕިޓަލަކަށް ނުރައްކާތެރި ހަމަލާއެއްދީ ގިނަ ބަޔަކު ޝަހީދު ކޮށްލައިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް