N/A
N/A
ވިޔަފާރި 19 Oct 2022 | 05:20

ފެންއަރާ މައްސަލަ ހައްލުނުވަނީ ކައުންސިލްގެ ހުއްދަ ނުލިބޭތީ: ސްޓެލްކޯ

ބޮޑުތަކުރުފާނުމަގުން ސްޓެލްކޯ ގޭޓް ނަންބަރު 2 އާ ދިމާލު ތާރަމަގުގެ މެދުން ފެން އަރަމުންދާ މައްސަލަ ހައްލުނުވަނީ މާލޭ ސިޓީ ކައުންސިލްގެ ހުއްދަ ނުލިބޭތީ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

ސްޓެލްކޯ އިން ބުނީ ފެން އަރަމުންދާ ސަބަބު ދިރާސާކޮށް ހޯދައި ބެލި އިރު، އެ ފެނަކީ އެ ކުންފުނީގެ އިންޖީނުތަށް ފިނިކުރުމަށް ބޭނުންކުރާ އައުޓްފޯލް ހޮޅިއަކަށް ގެއްލުމެއް ލިބުމުގެ ސަބަބުން ލީކުވާ ފެނެއްކަމަށް ފެންނާތީ އެކަން ރަނގަޅު ކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުމަށްތައްޔާރުވެ، އެކަމުގެ ހުއްދަ އަކަށް ސިޓީ ކައުންސިލްގައި އެދިފައިވާ ކަމަށެވެ.

ނަމަވެސް މިއަދާ ހަމައަށް ވެސް ރަސްމީ އެއްވެސް ސިފައެއްގައި ސިޓީ ކައުންސިލުން މިކަން އަންގާފައިނުވާއިރު، އަދި މި ހުއްދަތައް އަވަސް ކުރުމަށް، ސިޓީ ކައުންސިލްގެ ކަމާއިގުޅުންހުރި ފަރާތްތަކާއި މުއާމަލާތު ކުރުމަށް މަސައްކަތް ކުރި ނަމަވެސް މި ވަގުތާ ހަމައަށް ވެސް އެ ފަރާތްތަކުން ފޯނު ނުނަގާތީ އެހުއްދަތައް ލިބޭގޮތް ނުވެފައިވާ ކަމަށް ސްޓެލްކޯ އިން ބުނެ އެވެ.

މިއާއެކު ސްޓެލްކޯ އިން ބުނީ، މި މައްސަލަ ވީއެންމެ އަވަހަކަށް ހައްލު ނުކުރެވިއްޖެ ނަމަ، މަގު ބޭނުންކުރާ ފަރާތްތަކަށް އެކަމުގެ ދަތި އުނދަގޫތައް ކުރިމަތިވުމުގެ އިތުރުން، މާލެއަށް ކަރަންޓު ދިނުމަށް ބޭނުން ކުރަމުންދާ ބޮޑު ޖަނަރޭޓަރުތަކެއް ނިއްވާލަންޖެހި، މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކަނޑާލަން ޖެހުމަކީ އެކަށީގެންވާ ކަމަށެވެ.
އެގޮތުން މި މަސައްކަތް ވީއެންމެ އަވަހަކަށް ކުރުމަށް މާލޭ ސިޓީ ކައުންސިލުން ލިބެންޖެހޭ ހުއްދަތައް ވީއެންމެ އަވަހަކަށް ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުންދާ ކަމަށް ސްޓެލްކޯ އިން ބުނެފައިވެ އެވެ. އަދި އެ ހުއްދަތައް ލިބުމާއެކު، މި މަސައްކަތް ވަގުތުން ފަށައި، އެކަން ހައްލު ކުރާނެ ކަމަށްވެސް އެ ކުންފުނިން ހާމަކުރެ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި
02 Nov 2026 ހަބަރު

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި

މަޝްރޫއުގެ ޖުމްލަ އަގަކީ 3،822،120.00 (ތިން މިލިއަން އަށް ލައްކަ ބާވީސް ހާސް އެއްސަތޭކަ ވިހި ރުފިޔާ) ދިވެހި ރުފިޔާއެވެ. އަދި މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ ސޮއިކުރާ ތާރީޚުން ފެށިގެން 60 ދުވަސް ތެރޭގައެވެ.

ރ. އަތޮޅުގެ ޔުޓިލިޓީ ހިދުމަތްތަކާ ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވެ، ހިދުމަތް ދޭން ފަށައިފި
31 Oct 2026 ހަބަރު

ރ. އަތޮޅުގެ ޔުޓިލިޓީ ހިދުމަތްތަކާ ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވެ، ހިދުމަތް ދޭން ފަށައިފި

މި ބަދަލާއެކު، ރ. އަތޮޅުގެ ރަށްތަކުގައި ކުރިން ފެނަކައިން ދެމުން އައި ޔުޓިލިޓީގެ އެކި ހިދުމަތްތައް ދެން ސީދާ ބަލަހައްޓަމުންދާނީ ސްޓެލްކޯއިންނެވެ.

ހދ. އަދި ށ. އަތޮޅުގެ ޔުޓިލިޓީ ހިދުމަތްތަކާއި ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވެއްޖެ
28 Oct 2026 ހަބަރު

ހދ. އަދި ށ. އަތޮޅުގެ ޔުޓިލިޓީ ހިދުމަތްތަކާއި ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވެއްޖެ

މި ބަދަލާ ގުޅިގެން، އެ ދެ އަތޮޅުގެ ރަށްތަކުގައި މިވަގުތު ދެމުންދާ އެކި ޚިދުމަތްތަކުގެ ފެންވަރު އެ ކުންފުނީގެ ޚާއްޞަ މިންގަނޑުތަކަށް ފެއްތުމުގެ މަސައްކަތްތައް ވަނީ ފަށާފައެވެ. ސްޓެލްކޯއިން މިކަން ހާމަކޮށްފައިވަނީ، އެ ކުންފުނިން މިއަދު އެކްސްގައި ހިއްސާކުރި ޕޯސްޓަކުންނެވެ.

މަހިބަދޫ ނަރުދަމާ ނިޒާމު އަޕްގްރޭޑްކުރަން ސްޓެލްކޯއާ ހަވާލުކޮށްފި
22 Oct 2026 ހަބަރު

މަހިބަދޫ ނަރުދަމާ ނިޒާމު އަޕްގްރޭޑްކުރަން ސްޓެލްކޯއާ ހަވާލުކޮށްފި

އދ. މަހިބަދޫގެ ނަރުދަމާ ނިޒާމު މަރާމާތުކޮށް ފެންވަރު ރަނގަޅުކުރުމުގެ މަޝްރޫޢު 21.5 މިލިއަން ރުފިޔާއަށް ސްޓެލްކޯއާ ހަވާލުކޮށް، 180 ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ.

ފުވައްމުލަކުގެ ކަރަންޓުގެ ހިދުމަތާ ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވެއްޖެ
19 Oct 2026 ހަބަރު

ފުވައްމުލަކުގެ ކަރަންޓުގެ ހިދުމަތާ ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވެއްޖެ

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑރ. އަޒުވަރު ވިދާޅުވީ، ފެނަކައިން ދެމުން އައި ހިދުމަތްތައް ސްޓެލްކޯއަށް ބަދަލުކުރުމަކީ ފުވައްމުލަކަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އެ ބަދަލު ގެނެވެނީ، ގައުމުގެ ޔުޓިލިޓީ ހިދުމަތްތައް އައު ހަރުފަތަކަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވުރުގެ ދަށުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސްޓެލްކޯގެ މަތީ މިންގަނޑަށް އައްޑޫގެ ކަރަންޓުގެ ޚިދުމަތް ގެނައުމަށް ހުރިހާ މުވައްޒަފުން މަސައްކަތްކުރުމަށް އެދިއްޖެ
01 Oct 2026 ހަބަރު

ސްޓެލްކޯގެ މަތީ މިންގަނޑަށް އައްޑޫގެ ކަރަންޓުގެ ޚިދުމަތް ގެނައުމަށް ހުރިހާ މުވައްޒަފުން މަސައްކަތްކުރުމަށް އެދިއްޖެ

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ޤަބޫލުކުރާ މަތީ މިންގަނޑަށް އައްޑޫ ސިޓީގެ ކަރަންޓުގެ ޚިދުމަތް ގެނައުމަށްޓަކައި އެންމެހައި މުވައްޒަފުން ކުންފުންޏާއެކު އެއްބައިވަންތަކަމާއެކު މަސައްކަތްކޮށް...