އެއަރޕޯޓުގައި ބޭ އަދަބީ ޢަމަލުތަކެއް ހިންގަމުންދިޔަ ޗައިނާ މީހަކު ހައްޔަރުކޮށްފި
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި އެހެން މީހުންނަށް އުނދަގޫ ކޮށް ހެދި ޗައިނާ އަންހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އެއަރޕޯޓްތެރޭގައި އެހެން މީހުންނަށް އުނދަގޫ ވާނެ ހެން އަޑުގަދަކޮށް ތަންތަނަށް ކުޅުޖެހުން ފަދަ ޢަމަލުތައް ހިންގަމުން ދަނިކޮށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ އެއަރޕޯޓް ތެރޭގައި ގިނަ ދުވަސްތަކެއް ވަންދެން އުޅެފައިވެއެވެ. އަދި އެހާ ގިނަ ދުވަހު އޭނާ އެއަރޕޯޓް ތެރޭގައި އުޅެފައިވަނީ ވިސާގެ މައްސަލަ ޖެހިގެނެވެ.
ވިސާގެ މައްސަލަޖެހުމުން އޭނާ އަށް ނުފުރި ހުރުމުން ޗައިނާ އެމްބަސީއިން ވަނީ އޭނާއަށް ޓިކެޓްވެސް ނަގައިދީފައެވެ. ނަމަވެސް އޭނާ ފުރައިގެން ގޮސްފައެއް ނުވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް