ސިވިލްކޯޓްގެ އިސް ޤާޟީ ކުއްލި ގޮތަކަށް އަވަހާރަވެއްޖެ
ސިވިލްކޯޓްގެ އިސްޤާޟީ އަލްއުސްތާޛް އަޙްމަދު ނިމާލު ޖުނައިދު ކުއްލި ގޮތަކަށް އަވަހާރަ ވެއްޖެއެވެ.
ނިމާލު އަވަހާރަވީ ރޭގެ ވަގުތެއް ފަރިއްކުޅުއްވި ތަނާ ގޭސްޓްރިކްވެ ހާލު ސީރިއަސްވެގެން ކަމަށް މައުލޫމާތު ލިބެ އެވެ.
އަވަހާރަވީއިރު ޢުމުރުފުޅަކީ 36 އަހަރެވެ.
އަލްއުސްތާޛް އަޙްމަދު ނިމާލުގެ ކަށުނަމާދު އޮންނާނީ ހުޅުމާލެ ސަހަރާ މިސްކިތް ( މަސްޖިދު ޒައިދު ބިން ޘާބިތު ) ގައި މިއަދުގެ މެންދުރު ނަމާދަށް ފަހުގައެވެ.

ސިވިލް ކޯޓުގެ އިސްގާޒީ ކަމަށް ނިމާލް ހަމަޖައްސާފައި ވަނީ މިދިޔަ މެއި މަހުގެ ނުވަ ވަނަ ދުވަހުއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް