އުދަ އަރާފާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
އުދަ އަރާފާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން މި ސަމާލު ނެރެފައިވަނީ މިއަދު މެންދުރު ފަހު 2:30 އިން 6:30 ގެ ނިޔަލަށެވެ.
މޫސުމާއި ބެހޭ އިދާރާއިން ހުދު ސަމާލު ނެރެފައިވާއިރު ރާޅުގެ އުސްމިނުގައި 2 ފޫޓާއި 5 ފޫޓު ހުންނާނެ ކަމަށް މިއަދު މެޓް އޮފީހުން ބުނެފައިވެއެވެ.
މިއަދުގެ މޫސުން ލަފާ ކުރާ ގޮތް ހާމަކުރަމުން މެޓް އޮފީހުން ހެނދުނު ބުނެފައިވަނީ ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށެވެ.
ކަނޑުގެ ލޮނުގަނޑު އުސްވެ އުދަ އަރާތީ އުދަ އަރާނެ ކަމަށް ލަފާކޮށްފައިވާ ވަގުތުތަކުގަ މޫދާ ކައިރި ސަރަހައްދުތަކުގައި އުޅޭއިރު ސަމާލުވުމަށް ކަމާއި ބެހޭ އިދާރާތަކުން އިރުޝާދު ދެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް