ވޯލްޑް ކޮންގްރަސް އޮފް އެކައުންޓްސްގައި ސްޓެލްކޯ އިން ބައިވެރިވެއްޖެ
21 ވަނަ ވޯލްޑް ކޮންގްރަސް އޮފް އެކައުންޓްސް 2022 ގައި ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ (ސްޓެލްކޯ) ބައިވެރިވެއްޖެއެވެ.
އިންޑިއާގެ މުމްބާއީގައި ނޮވެމްބަރ 18 އިން 21 އަށް ކުރިއަށް ދިޔަ މި ކޮންފަރެސްގެ މިފަހަރުގެ ތީމަކީ " ބިލްޑިންގ ޓަރަސްޓް އެނެބްލިންގ ސަސްޓައިނަބިލިޓީ" އެވެ.
ވޯލްޑް ކޮންގްރަސް އޮފް އެކައުންޓްސް 2022 ގައި ސްޓެލްކޯ ތަމްސީލުކުރެއްވީ އެ ކުންފުނީގެ ފިނޭންސް އެންޑް އެކައުންޓްސް ޑިޕަރޓްމަންޓްގެ އިސް ތިން އޮފިޝަލެކެވެ.
އެ ތިން އޮފިޝަލުންނަކީ ސްޓެލްކޯގެ ޗީފް ފިނެންސް އޮފިސަރ އަދި ޖެނެރަލް މެނޭޖަރ އީނާސް އަހުމަދު އާއި އެކު ކޮންގްރަސްގައި ބައިވެރިވެ ވަޑައިގެން އަނެއް ދެ ބޭފުޅުންނަކީ މެނޭޖަރ ފަތިމަތު ލީނާ އާއި ޑެޕިއުޓީ މެނޭޖަރ ޝިފާޒް އަހުމަދެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް