އަމްރު
އަމްރު
ހަބަރު 11 Jan 2025 | 04:28

ޑިމޮކްރެޓްސް ދޫކޮށް އަމްރު، އަލުން އެމްޑީޕީއަށް

ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށްހުންނެވި ހުސައިން އަމްރު، އެޕާޓީ ދޫކުރައްވައި އަލުން އެމްޑީޕީއާ ގުޅިވަޑައިގަންނަވައިފިއެވެ.

އަމްރު އެމްޑީީއާ ގުޅިވަޑައިގެންނެވިކަން އިއުލާންކުރެއްވީ، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމްޑީޕީގެ ހުޅުމާލެ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒެވެ. އަމްރަކީ ރައީސް ސޯލިހު ސަރުކާރުގައި އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރެވެ.

އަމްރް އެމްޑީޕީއާ ގުޅިވަޑައިގެންނެވިކަން ހާމަކުރައްވަމުން އަލީ ނިޔާޒު ވިދާޅުވީ، ސިޔާސީ އިސްލާހީ މަސައްކަތުގަ އަބަދުވެސް އެންމެ މުހިއްމު މަސައްކަތެއް ކުރެވޭނެ ޖާގަ އޮންނާނީ އެމްޑީޕީގައި ކަމަށެވެ. އޭނާ ވިދާޅުވީ، ސިޔާސީ ކުރިމަގު ހޯދަން އެދޭނަމަ، ހަމަ ކޮންމެ މީހަކަށްމެ އެ ފުރުސަތު ތައްމިނަށް ހުޅުވާލެވިފައިވާކަމަށެވެ.

ޑިމޮކްރެޓްސްގައި ހުންނެވުމަށްފަހު އަމްރް އެމްޑީޕީއާ ގުޅިވަޑައިގެންނެވިއިރު، އެންމެފަހުން ނިމިގެންދިޔަ ރިޔާސީ އިންތިހާބުގެ ހަރަކާތްތަކަށްފަހު ޑިމޮކްރެޓްސްގެ މާބޮޑު ހަރަކާތްތަކެއް ފެނިގެންގޮސްފައެއް ނުވެއެވެ. އަމްރުއަކީ އެންމެފަހުން ބޭއްވި ރިޔާސީ އިންތިހާބުގެ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރެއްވި ކެނޑިޑޭޓް، އިލްޔާސް ލަބީބުގެ ރަނިން މޭޓެވެ. އިންތިހާބުގައި ޑިމޮކްރެޓްސްއަށް ލިބުނީ 15،453 ވޯޓެވެ.

ޑިމޮކްރެޓްސް ވުޖޫދަށް އަކީ ރައީސް ނަޝީދު އަވަހާރަކޮށްލަންދިން ހަމަލާއަށްފަހު، އެމްޑީޕީގެ ތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކެއްގެ ތެރެއިންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޑްރޯނަކީ އެމްއެންޑީއެފްގެ ކޯސްޓްގާޑަށް ލިބުނު ވަރަށްބޮޑު ކުރިއެރުމެއް-  ޗީފް އޮފް ޑިފެންސް ފޯސް
03 Nov 2026 ހަބަރު

ޑްރޯނަކީ އެމްއެންޑީއެފްގެ ކޯސްޓްގާޑަށް ލިބުނު ވަރަށްބޮޑު ކުރިއެރުމެއް- ޗީފް އޮފް ޑިފެންސް ފޯސް

ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމަކީ ދިވެހި އަސްކަރިއްޔާ ތަރައްޤީ ކުރުމަށްޓަކައި އެންމެ ގިނަ މަސައްކަތްތަކެއް ކޮށް، އެންމެ ބޮޑު ހޭދައެއް ކުރަމުންދާ ދައުރު ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވިދާޅުވެއްޖެއެވެ. މިގޮތުން ޑްރޯންތަކަކީ ދިވެހި އަސްކަރިއްޔާއަށް ލިބިގެންދިޔަ ވަރަށް މުހިންމު ވަސީލަތެއްކަން އެމަނިކްފާނު ފާހަގަކުރެއްވިއެވެ.

ދިއްފުށީފަޅުގެ އެއްބަސްވުން ބާތިލްކުރީ ޤާނޫނާ ޚިލާފަށް، އަނބުރާ ހަވާލުކުރަން ހައިކޯޓުން ޙުކުމްކޮށްފި
03 Nov 2026 ހަބަރު

ދިއްފުށީފަޅުގެ އެއްބަސްވުން ބާތިލްކުރީ ޤާނޫނާ ޚިލާފަށް، އަނބުރާ ހަވާލުކުރަން ހައިކޯޓުން ޙުކުމްކޮށްފި

ވިޔަފާރިވެރިޔާ ޙާމިދު އިސްމާޢީލަށް 2015 ވަނަ އަހަރު، 50 އަހަރުގެ މުއްދަތަކަށް ދިއްފުށިފަޅު ކުއްޔަށް ދޫކުރީ، އޭގެ ކުރިން 'ޑީޑް އޮފް އެސައިންމެންޓް' އެއްގެ ދަށުން އޭނާއަށް ލިބިފައިވާ ކ. ކާށިދުއްފަރު ފަޅުގެ ބަދަލުގައެވެ. ނަމަވެސް، 2017 ވަނަ އަހަރު ސަރުކާރުން ވަނީ އެ އެއްބަސްވުން ބާތިލްކޮށްފައެވެ. ސަރުކާރުގެ އެ ނިންމުމާ ގުޅިގެން ޙާމިދުގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން، އެ ކޯޓުން އޭރު ނިންމީ ސަރުކާރުން އެއްބަސްވުން ބާތިލްކޮށްފައިވަނީ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

ނޮވެމްބަރު ތިނަކީ މިނިވަންކަމާއި އަމިއްލަވަންތަކަމާއި ސިޔާދަތަށް ދިވެހިން ލޯބިކުރާ މިންވަރު ސާބިތުވެގެންދިޔަ ދުވަހެއް: ރައީސް މައުމޫން
03 Nov 2026 ހަބަރު

ނޮވެމްބަރު ތިނަކީ މިނިވަންކަމާއި އަމިއްލަވަންތަކަމާއި ސިޔާދަތަށް ދިވެހިން ލޯބިކުރާ މިންވަރު ސާބިތުވެގެންދިޔަ ދުވަހެއް: ރައީސް މައުމޫން

މިއަދު ފާހަގަކުރަމުންދާ ނޮވެމްބަރު ތިނެއްގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ރައީސް މައުމޫން ދެއްވި ޚާއްޞަ މެސެޖެއްގައި ވިދާޅުވީ، މިއަދަކީ ދިވެހި ރައްޔިތުންގެ ހިތްތަކުގައި ޤައުމީ ލޯތްބާއި ޤައުމީ ޝުޢޫރުތައް އުތުރިއަރައިގެންދާ ފަދަ ތާރީޚީ މުހިންމު ދުވަހެއް ކަމަށެވެ. އަދި މިއީ ދިވެހިންގެ ކެރުމާއި، ހިތްވަރާއި، ފަންވަރު އެންމެ ފުރިހަމަ ގޮތުގައި މުޅި ދުނިޔެއަށް ވިދާ ބަބުޅައިގެން ދިޔަ ދުވަހެއް ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައިފި
03 Nov 2026 ހަބަރު

ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައިފި

ކުރީގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައިފި އެވެ.

ބޭރު ފައިސާ މާރުކުރުމުގެ ނަމުގައި ހިންގާ ސްކޭމްތައް އިތުރުވެއްޖެ
03 Nov 2026 ހަބަރު

ބޭރު ފައިސާ މާރުކުރުމުގެ ނަމުގައި ހިންގާ ސްކޭމްތައް އިތުރުވެއްޖެ

ދިވެހި ފުލުހުންގެ ހިދުމަތުން އާންމުކޮށްފައިވާ ސްކޭމް މައްސަލަތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހުގެ 25 އިން ފެށިގެން 31 ގެ ނިޔަލަށް ހުށަހެޅުނު ސްކޭމްގެ މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ ފައިސާ މާރުކުރުމުގެ ނަމުގައި ހިންގާފައިވާ މުއާމަލާތްތަކެވެ. އެގޮތުން އެ މުއްދަތުގައި ރިޕޯޓުކުރި ޖުމްލަ 32 މައްސަލައިގެ ތެރެއިން 17 މައްސަލައަކީ ބޭރު ފައިސާ މާރުކުރުމާ ގުޅޭ މައްސަލަތަކެވެ.

ނަޞްރުގެ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފޮނުއްވައިފި
03 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފޮނުއްވައިފި

ދިވެހިރާއްޖޭގައި މިއަދު ފާހަގަކުރަމުންދާ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި، ދިވެހި ސިފައިންނަށާއި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.

ދިވެހި ފުލުހުންގެ ހިދުމަތަށް ކޮންސްޓަބަލުން ހޯދަނީ
03 Nov 2026 ހަބަރު

ދިވެހި ފުލުހުންގެ ހިދުމަތަށް ކޮންސްޓަބަލުން ހޯދަނީ

މި މަޤާމަށް ހޮވޭ މުވައްޒަފަކަށް މަހަކު ޖުމްލަ 15،500 ރުފިޔާގެ މުސާރައެއް ލިބޭނެއެވެ. މީގެ ތެރޭގައި 8،990 ރުފިޔާގެ އަސާސީ މުސާރައަކާއި، 6،510 ރުފިޔާގެ މަޤާމުގެ އެލަވަންސެއް ހިމެނެއެވެ. މިއަދަދުގެ އިތުރުން، ފުލުހުންގެ ވަޒީފާގެ ގަވާއިދުގައިވާ ގޮތުގެމަތިން އެހެނިހެން އިނާޔަތްތަކާއި އެލަވަންސްތައްވެސް ލިބިގެންދާނެ ކަމަށް އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.

ޖޫރިމަނާގެ ގޮތުގައި އަންނަ އަހަރު ލިބޭ ފައިސާ ދަށްވާނޭކަމަށް ލަފާކޮށްފި
03 Nov 2026 ހަބަރު

ޖޫރިމަނާގެ ގޮތުގައި އަންނަ އަހަރު ލިބޭ ފައިސާ ދަށްވާނޭކަމަށް ލަފާކޮށްފި

ފިނޭންސް މިނިސްޓްރީން ހުށަހެޅި ބަޖެޓް ތަފްސީލްތަކަށް ބަލާއިރު، ކުރިއަށްއޮތް 2027 އަހަރު ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ލިބޭނޭކަމަށް އަންދާޒާކުރާ އަދަދަކީ 188.5 މިލިއަން ރުފިޔާއެވެ