އެމްޑީޕީ އިން މިއަދު މުޅި ރާއްޖޭގައި ދޮރޮން ދޮރަށް ހަރަކާތެއް ހިންގަނީ
އެމްޑީޕީ އިން މިއަދު މުޅި ރާއްޖޭގައި ދޮރުން ދޮރަށް ކެމްޕޭނު ހަރަކާތެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް އެޕާޓީ އިން ބުނެފިއެވެ.
މިއަދުގެ މިހަރަކާތުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުގެ އިތުރުން މިނިސްޓަރުންނާއި މަޖިލިސް މެމްބަރުންވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.
އެމްޑީޕީ އިން ބުނީ މިހަރަކާތްތައް ފެށިގެންދާނީ މިއަދުގެ ހަވީރު 4 ޖަހާއިރު ކަމަށާއި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މިހަރަކާތްތައް ކުރިއަށްދާނެ ކަމަށާއި މިހަރަކާތް ނިންމާލާނީ މިއަދުގެ އިރު އޮއްސި 6 ޖަހާއިރު ކަމަށެވެ.
އިންތިޚާބުގެ ފުރަތަމަ ބުރަށްފަހު ރައީސް ޞާލިޙްގެ ކެމްޕޭނު ހަރަކާތްތައް ރަށްރަށުގައި ހިންގުން މަޑު ޖެހިފައިވާ އިރު މާލޭގައި މަދުމަދުން ކެމްޕޭނު ހަރަކާތްތައް ކުރިއަށްގެންދެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް