އަމީނު ރައީސް ޞާލިހުގެ ކެމްޕޭނު ޖަލްސާއެއްގައި ވާހަކަދައްކަވަނީ/ ފޮޓޯ: އެމްޑީޕީ
އަމީނު ރައީސް ޞާލިހުގެ ކެމްޕޭނު ޖަލްސާއެއްގައި ވާހަކަދައްކަވަނީ/ ފޮޓޯ: އެމްޑީޕީ
ހަބަރު 23 Sep 2023 | 18:40

ވެންޓިލޭޓަރު ކޮރަޕްޝަން މައްސަލާގައި ހިމެނޭ އަމީނު ރައީސް ޞާލިހަށް ތާއީދުކޮށްފި

ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ދިމާވެދާނެ އެންމެ ނުރައްކާތެރި ޙާލަތުގައި ރައްޔިތުންނަށް ފަރުވާދިނުމަށް ވެންޓިލޭޓަރުތަކެއް ގަތުމުގެ ހިންގި ކޮރަޕްޝަންގެ ތުހުމަތު އޮތް އޭރުގެ ހެލްތު މިނިސްޓަރު އަބްދުالله އަމީނު ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަށް ތާއީދުކޮށްފި އެވެ.

އަމީނަކީ ވެންޓިލޭޓަރުތައް ގަތުމުގެ ނަމުގައި ހެލްތު މިނިސްޓްރީތެރެއިން ހިންގި 30.4 މިލިއަންގެ ކޮރަޕްޝަން މައްސަލައިގައި ދައުވާކުރި ފަރާތެކެވެ.

އޭނާގެ މައްޗަށް ދައުވާ އުފުލުމާއެކު ވަނީ މަޤާމުގެ މަސްއޫލިއްޔަތުތަކުން އެއް ފަރާތްކޮށްފަ އެވެ. އެފަހުން އަމީނު ވަނީ މަގާމުން އިސްތިއުފާދީފަ އެވެ. އަމީނު މަގާމުން އިސްތިއުފާދިން އިރު އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ އޮތީ މަޖިލީހަށް ވައްދާފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ތާއީދުކުރަން ނިންމާ އެކަން އަމީނު އިއުލާނުކުރައްވާފައި ވަނީ މިރޭ މާލޭގައި ބޭއްވި ރައީސް ޞާލިހުގެ ކެމްޕޭނު ޖަލްސާގަ އެވެ. އެ ޖަލްސާގައި ވާހަކަދައްކަވަމުން އަމީނު ވަނީ ރައީސް ޞާލިހަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފަ އެވެ.

ކޯވިޑްގެ ހާލަތު ރާއްޖެއާއި ބައްދަލުކުރުމާއި ގުޅިގެން ރާއްޖޭގެ އާބާދީއަށް ބަލައި ހާލަތަށް ބޭނުންވާ 145 ވެންޓިލޭޓަރު ގަތުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާކަން އިއުލާނުކުރި އެވެ.

ވެންޓިލޭޓަރުތައް ހޯދުމަށް ޖުމްލަ ތިން ކުންފުންޏަކާއެކު ސަރުކާރުން އެއްބަސްވުން ހެދިއެވެ. އޯޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ޑުބާއީ ކުންފުންޏަކީ އޭގެ ތެރެއިން އެއް ކުންފުންޏެވެ.

އެ ކުންފުންޏާއެކު ހެދި އެއްބަސްވުމުގެ ދަށުން އެޑްވާންސްގެ ގޮތުގައި ވެންޓިލޭޓަރުތައް ގަތުމުގެ އަގުގެ 90 އިންސައްތައަށް ވާ 30.4 މިލިއަން ރުފިޔާވެސް ދައްކާފައިވާކަން އޯޑިޓް ރިޕޯޓުން ވަނީ ހާމަވެގެން ގޮސްފައެވެ.

އެހެން ނަމަވެސް ސިއްހީ ކުައްލި ނުރައްކަލުގެ ހާލަތު އުވާލިއިރުވެސް އެންމެ ވެންޓިލޭޓަރެއް ވެސް ގެނެވިފައެއް ނުވެއެވެ. އަދި ވެންޓިލޭޓަރުތައް ގަތުމަށް ކުރި ޚަރަދުވެސް ހޯދިފައެއް ނުވެއެވެ.

އެފަހުން ސަރުކާރުން ވަނީ ވެންޓިލޭޓަރު މައްސަލަ ފައިލުކޮށް، އެ މައްސަލައިގައި ތުހުމަތުކުރެވޭ އެއްވެސް މީހެއްގެ މައްޗަށް ދައުވާ ނުކުރުމަށް ނިންމާފަ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ވެމްކޯއަށް 2022 ވަނަ އަހަރު އެކަނިވެސް 127.9 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބުނު: އޮޑިޓް
15 Oct 2026 ހަބަރު

ވެމްކޯއަށް 2022 ވަނަ އަހަރު އެކަނިވެސް 127.9 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބުނު: އޮޑިޓް

އޮޑިޓަރ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ އެ ކުންފުނީގެ މާލީ ބަޔާންތަކުގެ އޮޑިޓް ރިޕޯޓަށް ބަލާއިރު، 2021 ވަނަ އަހަރުވެސް ވެމްކޯއަށް ވަނީ 82 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ގެއްލުން ވެފައެވެ.

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާ ލިބޭނެ ގޮތް ހަދަނީ
15 Oct 2026 ހަބަރު

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާ ލިބޭނެ ގޮތް ހަދަނީ

އެމަނިކުފާނު މިހެން ވިދާޅުވީ "ރައްޔިތުންގެ އަޑު" ސިލްސިލާގެ 10 ވަނަ ޕްރަގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އާ ހޮސްޕިޓަލް އަޅާތީ، ވިލިމާލޭ ހޮސްޕިޓަލްގެ ހިދުމަތްތައް އަމާން ހިޔާއަށް ބަދަލުކޮށްފި
15 Oct 2026 ހަބަރު

އާ ހޮސްޕިޓަލް އަޅާތީ، ވިލިމާލޭ ހޮސްޕިޓަލްގެ ހިދުމަތްތައް އަމާން ހިޔާއަށް ބަދަލުކޮށްފި

ކުއްލި ފަރުވާގެ ޚިދުމަތާއި އާންމު ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމުގެ އިންތިޒާމު މިހާރު އެ އިމާރާތުގައި ހަމަޖެހިފައި

ރާއްޖޭގެ ކްރެޑިޓް ރޭޓިންއަށް އައި ކުރިއެރުން އައިއެމްއެފުން ފާހަގަކޮށްފި
15 Oct 2026 ހަބަރު

ރާއްޖޭގެ ކްރެޑިޓް ރޭޓިންއަށް އައި ކުރިއެރުން އައިއެމްއެފުން ފާހަގަކޮށްފި

އައިއެމްއެފްގެ އަހަރީ ބައްދަލުވުމުގެ ހަވާސާގައި، އެ އިދާރާގެ އެގްޒެކެޓިވް ޑިރެކްޓަރު ޑރ. މުޙައްމަދު މާއިތު، ރާއްޖޭގެ މާލީ ވަޒީރު ހަސަން ޒަރީރާ ބައްދަލުކުރައްވައި، ރާއްޖޭގެ އިޤްތިޞާދީ އަދި މާލީ ޙާލަތު ހަމަމަގަށް އެޅުވުމަށް ސަރުކާރުން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވާފައިވާކަމަށެވެ. އަދި ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކަށް ތައުރީފްކޮށް އެންމެފަހުން މޫޑީސްއިން ރާއްޖޭގެ ރޭޓިންނަށް އައި ހެޔޮބަދަލު ފާހަގަކުރެއްވިކަމަށް މާލީ ވުޒާރާއިން ބުންޏެވެ.

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނަގައިފި
15 Oct 2026 ހަބަރު

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނަގައިފި

ވުޒާރާއިން ބުނީ ލާމަރުކަޒީ ޤާނޫނުގެ ދަށުން މި ބިންތައް ސަރުކާރުގެ ކަމާބެހޭ ވުޒާރާގެ ބެލުމުގެ ދަށަށް ގެނައުމަށް ނިންމީ، ރައްޔިތުންނަށް ބޭނުންވާ ޢުމްރާނީ ތަރައްޤީގެ މުހިންމު މަޝްރޫޢުތައް ހިންގުމަށާއި އަސާސީ ޚިދުމަތްތައް ހަރުދަނާކަމާއެކު ފޯރުކޮށްދީ ބެލެހެއްޓުމުގެ މަޤްޞަދުގައި ކަމަށެވެ.

ކަނޑުވި މީހުން ސަލާމަތްކުރި ތިން ފުލުހަކަށް ރަން މެޑަލް އަރުވައިފި
15 Oct 2026 ހަބަރު

ކަނޑުވި މީހުން ސަލާމަތްކުރި ތިން ފުލުހަކަށް ރަން މެޑަލް އަރުވައިފި

ކ. ގާފަރު ކައިރިން ބަންޑުންޖެހި ކޮޅުވެއްޓިން ކަނޑުވި އަށް މީހެއްގެ ފުރާނަ ސަލާމަތްކުރި ތިން ފުލުހަކަށް ފުރާނަ ސަލާމަތްކުރުމުގެ ރަން މެޑަލް ކޮމިޝަނަރ އޮފް ޕޮލިސް އަރުވައިފިއެވެ.

އިންޑިއާގެ މަސްބޯޓުތަކާއި މަސްވެރިން މިނިވަންކުރުމުގެ މަސައްކަތް ފަށައިފި
15 Oct 2026 ހަބަރު

އިންޑިއާގެ މަސްބޯޓުތަކާއި މަސްވެރިން މިނިވަންކުރުމުގެ މަސައްކަތް ފަށައިފި

އިންޑިއާގެ ބައެއް މީޑިއާތަކުން ބުނެފައިވަނީ، މިދިޔަ އަންގާރަ ދުވަހުގެ ރޭ ރާއްޖޭގެ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނައި އެޤައުމުގެ ތިން މަސް ބޯޓާއި 26 މަސްވެރިން މިނިވަންކުރުމަށްޓަކައި ދިވެހި ސަރުކާރާ ގުޅިގެން ކުރަންޖެހޭ ޤާނޫނީ މަސައްކަތްތައް ކުރަމުންދާކަމަށެވެ. އެގޮތުން އެމީހުން ދޫކޮށްލުމަށް ކުރަންޖެހޭ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަމިލް ނާޑޫ ސްޓޭޓްގެ ޗީފް މިނިސްޓަރު ވިޖޭ، އެ ގައުމުގެ ހާރިޖީ ވަޒީރު، ޖައިޝަންކަރުގެ ކިބައިން އެދިވަޑައިގެންފައިވާކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

މިނިވަން ވިޔަފާރީގެ ފުރުސަތުތައް އިތުރަށް ހުޅުވައިލުމަށް ހަރުދަނާ އުސޫލުތަކުން ކުރާ ކޮންމެ ކަމަކަށް ތަރުހީބުދޭނަން: އެމްޑީޕީ
15 Oct 2026 ހަބަރު

މިނިވަން ވިޔަފާރީގެ ފުރުސަތުތައް އިތުރަށް ހުޅުވައިލުމަށް ހަރުދަނާ އުސޫލުތަކުން ކުރާ ކޮންމެ ކަމަކަށް ތަރުހީބުދޭނަން: އެމްޑީޕީ

ރާއްޖޭގައި މިނިވަން ވިޔަފާރީގެ ފުރުސަތުތައް ފުޅާކުރުމަށް ހަރުދަނާ އުސޫލުތަކުގެ ތެރެއިން ކުރާ ކޮންމެ ކަމަކަށް ތަރުހީބުދޭ ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފިއެވެ.