ރަސްމިއްޔާތު---ފޮޓޯ: ސްޓެލްކޯ
ރަސްމިއްޔާތު---ފޮޓޯ: ސްޓެލްކޯ
ވިޔަފާރި 24 Jan 2023 | 05:35

ސްޓެލްކޯގެ އެހީއާއިއެކު ދަނގެތީގައި ފެން ލިބޭނެގޮތް ހަދައިފި

ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން އދ. ދަނގެތީގެ ރައްޔިތުންނަށް ބޯފެން ލިބުމަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލު ހޯދާދިނުމުގެ ގޮތުން ވަގުތީ އިސްކުރުބަރިއެއް މެދުވެރިކޮށް، ދަނގެތީގައި ގާއިމްކޮށްފައިވާ ފެން ޕްލާންޓުން އާންމު ބޭނުންތަކަށް ފެން ދޫކުރަން ފަށައިފިއެވެ.

ދަނގެތި ރައްޔިތުންގެ އެދުމަށް ސްޓެލްކޯ އިން ހަރުކޮށްފައިވާ ދިހަ އިސްކުރު މެދުވެރިކޮށް ފެނުގެ ޙިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ ހެނދުނު ހަތަކުން ދިހަ އަކަށެވެ. އަދި ހަވީރު ހަތަރަކުން  ރޭގަނޑު ހަޔަކަށެވެ. މި ޙިދުމަތަށް ރައްޔިތުންގެ އަތުން ފީއެއް ނުނެގޭނެއެވެ.

ދަނގެއްޗަކީ އިރުވައި މޫސުމުގައި އާންމު ގޮތެއްގައި ފެނަށްޖެހޭ ރަށެކެވެ. އަދި ދަނގެތީގެ ބައެއް ސަރަހައްދުތަކުން ފެން ލޮނުވުމާއި ފެނުން ނުބައިވަސް ދުވުމުގެ މައްސަލައާޢި ރައްޔިތުން ކުރިމަތިލާން ޖެހެއެވެ. މިކަން ހައްލު ކުރުމަށް ޓަކައި ކުރީގެ ސަރުކާރުން ފެނުގެ ޙިދުމަތް ޤާއިމް ކުރިއެވެ.

ނަމަވެސް ފެނުގެ ޙިދުމަތްް ނިންމާ ޓެސްޓް ކުރުމަށް ފެން ދޫކުރުމުން މައި ހޮޅިން ފެން ލީކުވެ އެހޮޅި ފަޅާން ދިޔުމުގެ މައްސަލައާއި ކުރިމަތިލާން ޖެހުނެވެ. އަދި މިކަމުގެ ސަބަބުން މިއަދާއި ހަމައަށްވެސް ރައްޔިތުުންނަށް ވަނީ މި ޙިދުމަތުުގެ ބޭނުން ނުކުރެވިފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި
02 Nov 2026 ހަބަރު

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި

މަޝްރޫއުގެ ޖުމްލަ އަގަކީ 3،822،120.00 (ތިން މިލިއަން އަށް ލައްކަ ބާވީސް ހާސް އެއްސަތޭކަ ވިހި ރުފިޔާ) ދިވެހި ރުފިޔާއެވެ. އަދި މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ ސޮއިކުރާ ތާރީޚުން ފެށިގެން 60 ދުވަސް ތެރޭގައެވެ.

ރ. އަތޮޅުގެ ޔުޓިލިޓީ ހިދުމަތްތަކާ ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވެ، ހިދުމަތް ދޭން ފަށައިފި
31 Oct 2026 ހަބަރު

ރ. އަތޮޅުގެ ޔުޓިލިޓީ ހިދުމަތްތަކާ ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވެ، ހިދުމަތް ދޭން ފަށައިފި

މި ބަދަލާއެކު، ރ. އަތޮޅުގެ ރަށްތަކުގައި ކުރިން ފެނަކައިން ދެމުން އައި ޔުޓިލިޓީގެ އެކި ހިދުމަތްތައް ދެން ސީދާ ބަލަހައްޓަމުންދާނީ ސްޓެލްކޯއިންނެވެ.

ހދ. އަދި ށ. އަތޮޅުގެ ޔުޓިލިޓީ ހިދުމަތްތަކާއި ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވެއްޖެ
28 Oct 2026 ހަބަރު

ހދ. އަދި ށ. އަތޮޅުގެ ޔުޓިލިޓީ ހިދުމަތްތަކާއި ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވެއްޖެ

މި ބަދަލާ ގުޅިގެން، އެ ދެ އަތޮޅުގެ ރަށްތަކުގައި މިވަގުތު ދެމުންދާ އެކި ޚިދުމަތްތަކުގެ ފެންވަރު އެ ކުންފުނީގެ ޚާއްޞަ މިންގަނޑުތަކަށް ފެއްތުމުގެ މަސައްކަތްތައް ވަނީ ފަށާފައެވެ. ސްޓެލްކޯއިން މިކަން ހާމަކޮށްފައިވަނީ، އެ ކުންފުނިން މިއަދު އެކްސްގައި ހިއްސާކުރި ޕޯސްޓަކުންނެވެ.

މަހިބަދޫ ނަރުދަމާ ނިޒާމު އަޕްގްރޭޑްކުރަން ސްޓެލްކޯއާ ހަވާލުކޮށްފި
22 Oct 2026 ހަބަރު

މަހިބަދޫ ނަރުދަމާ ނިޒާމު އަޕްގްރޭޑްކުރަން ސްޓެލްކޯއާ ހަވާލުކޮށްފި

އދ. މަހިބަދޫގެ ނަރުދަމާ ނިޒާމު މަރާމާތުކޮށް ފެންވަރު ރަނގަޅުކުރުމުގެ މަޝްރޫޢު 21.5 މިލިއަން ރުފިޔާއަށް ސްޓެލްކޯއާ ހަވާލުކޮށް، 180 ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ.

ފުވައްމުލަކުގެ ކަރަންޓުގެ ހިދުމަތާ ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވެއްޖެ
19 Oct 2026 ހަބަރު

ފުވައްމުލަކުގެ ކަރަންޓުގެ ހިދުމަތާ ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވެއްޖެ

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑރ. އަޒުވަރު ވިދާޅުވީ، ފެނަކައިން ދެމުން އައި ހިދުމަތްތައް ސްޓެލްކޯއަށް ބަދަލުކުރުމަކީ ފުވައްމުލަކަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އެ ބަދަލު ގެނެވެނީ، ގައުމުގެ ޔުޓިލިޓީ ހިދުމަތްތައް އައު ހަރުފަތަކަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވުރުގެ ދަށުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސްޓެލްކޯގެ މަތީ މިންގަނޑަށް އައްޑޫގެ ކަރަންޓުގެ ޚިދުމަތް ގެނައުމަށް ހުރިހާ މުވައްޒަފުން މަސައްކަތްކުރުމަށް އެދިއްޖެ
01 Oct 2026 ހަބަރު

ސްޓެލްކޯގެ މަތީ މިންގަނޑަށް އައްޑޫގެ ކަރަންޓުގެ ޚިދުމަތް ގެނައުމަށް ހުރިހާ މުވައްޒަފުން މަސައްކަތްކުރުމަށް އެދިއްޖެ

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ޤަބޫލުކުރާ މަތީ މިންގަނޑަށް އައްޑޫ ސިޓީގެ ކަރަންޓުގެ ޚިދުމަތް ގެނައުމަށްޓަކައި އެންމެހައި މުވައްޒަފުން ކުންފުންޏާއެކު އެއްބައިވަންތަކަމާއެކު މަސައްކަތްކޮށް...