ރައީސް ޞާލިހާ ބައްދަލު ކުރެއްވުމަށް ރައީސް ނަޝީދު، ރައީސް އޮފީހަށް!
ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ބައްދަލުކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރައީސް އޮފީހަށް ވަޑައިގެންފިއެވެ.
ނަޝީދު، ރައީސް ޞާލިހާ ބައްދަލުކުރެއްވުމަށް ރައީސް އޮފީހަށް ވަޑައިގެންނެވި ވަކި ސަބަބެއް ސާފު ނުވި ނަމަވެސް، އެމަނިކުފާނު އަދިވެސް އިންނެވީ އެ އޮފީހުގައި ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް މިއީ އަދުގެ ސީޔާސީ މަޝްރަހާއި ގުޅޭ މަޝްވަރާތަކެއް ކުރުމަށް ބާއްވާ ބައްދަލުވުމެއް ކަމަށް ވަރަށް ބޮޑަށް ޔަގީން ކުރެވެއެވެ.

ޚާއްސަކޮށް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާއީ، ރައްޔިތުންގެ މަޖިލީހުގައި މިހާރު އޮތް ބަރުލަމާނީ ވޯޓުގެ ގަރާރާއި ގުޅޭ މަޝްވަރާތައް މި ބައްދަލުވުމައި ކުރިއަށްދާނެ ކަމަށް ލަފާކުރެވެއެވެ.
މިއީ، ވެރިކަން ކުރާ އެމްޑީޕީގެ ރައީސްކަމުގައި ހުންނެވި ނަޝީދު މިދިޔަ ޖޫން މަހުގެ 21ގައި އެ ޕާޓީން ވަކިވެވަޑައިގަތް ފަހުން ދެ ބޭފުޅުން މިގޮތަށް ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް