ލީކުވާ ފެންހޮޅި މަރާމާތުގެ މަސައްކަތް އެމްޑީ ޝަރީފް ބައްލަވާލައްވަނީ ---ފޮޓޯ: ސްޓެލްކޯ
ލީކުވާ ފެންހޮޅި މަރާމާތުގެ މަސައްކަތް އެމްޑީ ޝަރީފް ބައްލަވާލައްވަނީ ---ފޮޓޯ: ސްޓެލްކޯ
ވިޔަފާރި 24 Oct 2022 | 11:45

ލީކުވާ ފެން ހޮޅީގެ މައްސަލަ ހައްލު ކޮށްފިން: ސްޓެލްކޯ

މާލޭގެ ބޮޑުތަކުރުފާނު މަގުން ސްޓެލްކޯއާ ދިމާލުން ފަޅައިގެން ދިޔަ ހޮޅީގެ މައްސަލަ ހައްލުކޮށްފައިވާ ކަމަށާއި ވީހާވެސް އަވަހަކަށް އެ މަގު ހުޅުވައިލާނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

ސްޓެލްކޯ އިން މާލެ އަށް ކަރަންޓު ދޭން ބޭނުން ކުރާ ޕްލާންޓެއްގެ އިންޖީނުތަކުގެ ކޫލިން ސިސްޓަމުގައި ބޭނުންކުރާ އައުޓްފްލޯ ހޮޅިއެއް ފަޅައިގެން ގޮސް މަގަށް ލޮނު ލީކުވާ މައްސަލަ ހައްލުކުރުމުގެ މަސައްކަތް މިދިޔަ ހަފްތާގައި ފަށާފައިވާއިރު، އެކަން ރޭގެ ދަންވަރުގެ ވަގުތެއްގައި ހައްލު ކުރެވިފައިވާ ކަމަށް މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު މިއަދު ވިދާޅުވިއެވެ.

ޝަރީފް އިތުރަށް ވިދާޅުވީ، އެ ހޮޅި ހެދުމަށް ކޮނެފައިވާ ވަޅު މިރޭ ބައްދައިލަން ކޮންކްރީޓު އަޅާނެ ކަމަށާ، އެއާއެކު ވީހާ ވެސް އަވަހަކަށް އެ މަގު އެއްކޮށް ހުޅުވައިލާނެ ކަމަށް ވިދާޅުވި އެވެ.

އެ މަސައްކަތް ދަންވަރު ކުރަނީ، މާލެ އަށް ހިދުމަތްދޭ އެއްވެސް ޖަނަރޭޓަރެއް ދުވާލު، ޕީކު ގަޑީގައި ނިއްވައިލެވެން ނެތުމުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެ މައްސަލަ ދިމާވި ހިސާބުން ފެށިގެން ސްޓެލްކޯގެ އަމާޒަކަށް ވީ ކަރަންޓުގެ ހިދުމަތް މެދުކެނޑިޔަ ނުދީ ހައްލު ކުރުން ކަމަށް އެމްޑީ ވިދާޅުވި އެވެ.

"އެއްވެސް ހާލެއްގައި ސިޓީ ކައުންސިލަށް ބަދު ބަހެއް ބުނުމުގެ ބޭނުމެއް ނެތް. އަަދި ތިބޭފުޅުންނަށް ކަމެއް ނުކުރެވޭނެ ކަން ދެއްކުމުގެ ވިސްނުމެއް ވެސް ނެތް. އަޅުގަނޑުމެން ބޭނުން ވަނީ އަޅުގަނޑުމެން ކުރަން ބޭނުންވާ ކަންކަން ފުރިހަމަކޮށް، އެ ހިދުމަތް ދޭން" ޝަރީފު ވިދާޅުވި އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި
02 Nov 2026 ހަބަރު

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި

މަޝްރޫއުގެ ޖުމްލަ އަގަކީ 3،822،120.00 (ތިން މިލިއަން އަށް ލައްކަ ބާވީސް ހާސް އެއްސަތޭކަ ވިހި ރުފިޔާ) ދިވެހި ރުފިޔާއެވެ. އަދި މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ ސޮއިކުރާ ތާރީޚުން ފެށިގެން 60 ދުވަސް ތެރޭގައެވެ.

ރ. އަތޮޅުގެ ޔުޓިލިޓީ ހިދުމަތްތަކާ ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވެ، ހިދުމަތް ދޭން ފަށައިފި
31 Oct 2026 ހަބަރު

ރ. އަތޮޅުގެ ޔުޓިލިޓީ ހިދުމަތްތަކާ ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވެ، ހިދުމަތް ދޭން ފަށައިފި

މި ބަދަލާއެކު، ރ. އަތޮޅުގެ ރަށްތަކުގައި ކުރިން ފެނަކައިން ދެމުން އައި ޔުޓިލިޓީގެ އެކި ހިދުމަތްތައް ދެން ސީދާ ބަލަހައްޓަމުންދާނީ ސްޓެލްކޯއިންނެވެ.

ހދ. އަދި ށ. އަތޮޅުގެ ޔުޓިލިޓީ ހިދުމަތްތަކާއި ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވެއްޖެ
28 Oct 2026 ހަބަރު

ހދ. އަދި ށ. އަތޮޅުގެ ޔުޓިލިޓީ ހިދުމަތްތަކާއި ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވެއްޖެ

މި ބަދަލާ ގުޅިގެން، އެ ދެ އަތޮޅުގެ ރަށްތަކުގައި މިވަގުތު ދެމުންދާ އެކި ޚިދުމަތްތަކުގެ ފެންވަރު އެ ކުންފުނީގެ ޚާއްޞަ މިންގަނޑުތަކަށް ފެއްތުމުގެ މަސައްކަތްތައް ވަނީ ފަށާފައެވެ. ސްޓެލްކޯއިން މިކަން ހާމަކޮށްފައިވަނީ، އެ ކުންފުނިން މިއަދު އެކްސްގައި ހިއްސާކުރި ޕޯސްޓަކުންނެވެ.

މަހިބަދޫ ނަރުދަމާ ނިޒާމު އަޕްގްރޭޑްކުރަން ސްޓެލްކޯއާ ހަވާލުކޮށްފި
22 Oct 2026 ހަބަރު

މަހިބަދޫ ނަރުދަމާ ނިޒާމު އަޕްގްރޭޑްކުރަން ސްޓެލްކޯއާ ހަވާލުކޮށްފި

އދ. މަހިބަދޫގެ ނަރުދަމާ ނިޒާމު މަރާމާތުކޮށް ފެންވަރު ރަނގަޅުކުރުމުގެ މަޝްރޫޢު 21.5 މިލިއަން ރުފިޔާއަށް ސްޓެލްކޯއާ ހަވާލުކޮށް، 180 ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ.

ފުވައްމުލަކުގެ ކަރަންޓުގެ ހިދުމަތާ ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވެއްޖެ
19 Oct 2026 ހަބަރު

ފުވައްމުލަކުގެ ކަރަންޓުގެ ހިދުމަތާ ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވެއްޖެ

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑރ. އަޒުވަރު ވިދާޅުވީ، ފެނަކައިން ދެމުން އައި ހިދުމަތްތައް ސްޓެލްކޯއަށް ބަދަލުކުރުމަކީ ފުވައްމުލަކަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އެ ބަދަލު ގެނެވެނީ، ގައުމުގެ ޔުޓިލިޓީ ހިދުމަތްތައް އައު ހަރުފަތަކަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވުރުގެ ދަށުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސްޓެލްކޯގެ މަތީ މިންގަނޑަށް އައްޑޫގެ ކަރަންޓުގެ ޚިދުމަތް ގެނައުމަށް ހުރިހާ މުވައްޒަފުން މަސައްކަތްކުރުމަށް އެދިއްޖެ
01 Oct 2026 ހަބަރު

ސްޓެލްކޯގެ މަތީ މިންގަނޑަށް އައްޑޫގެ ކަރަންޓުގެ ޚިދުމަތް ގެނައުމަށް ހުރިހާ މުވައްޒަފުން މަސައްކަތްކުރުމަށް އެދިއްޖެ

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ޤަބޫލުކުރާ މަތީ މިންގަނޑަށް އައްޑޫ ސިޓީގެ ކަރަންޓުގެ ޚިދުމަތް ގެނައުމަށްޓަކައި އެންމެހައި މުވައްޒަފުން ކުންފުންޏާއެކު އެއްބައިވަންތަކަމާއެކު މަސައްކަތްކޮށް...