މީދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑުބައި ނިންމާލައިފި!
ދ. މީދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑުބައި ނިންމާލައިފިއެވެ.
އެމްޓީސީސީން ބުނީ، ދ. މީދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ހާބަރ ޕޭވްމެންޓް މަސައްކަތުގެ %77 ފުރިހަމަކުރެވިފައިވާ ކަމަށެވެ. އަދި، ބަނދަރު ފުންކުރުމުގެ މަސައްކަތުގެ %74 މިހާރު ފުރިހަމަކުރެވިފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
މި މަޝްރޫޢުގެ ދަށުން، ބަނދަރު ފުންކުރުމާއި، 373 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 35 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 294 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، 1470 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ނެރުބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
މި މަޝްރޫޢަކީ 38.7 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް