ހޭލުންތެރިކަމުގެ ސެޝަންގެ ތެރެއިން-- ފޮޓޯ: ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް
ހޭލުންތެރިކަމުގެ ސެޝަންގެ ތެރެއިން-- ފޮޓޯ: ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް
ހަބަރު 24 Dec 2023 | 07:51

ކުޅުދުއްފުށީގައި ދިރިއުޅޭ ބިދޭސީން ފައިލޭރިއާއަށް ހޭލުންތެރިކުރަނީ

މިމަހުގެ 14 ވަނަ ދުވަހު ހދ.ކުޅުދުއްފުށިން ފެނިފައިވާ ފައިލޭރިއާ ބައްޔާއި ބެހޭގޮތުން އެ ރަށުގައި އުޅޭ އިންޑިއާ ބިދޭސީންނަށް ހާއްސަކޮށް ހޭލުންތެރިކުރުވުމުގެ ސެޝަންތަކެއް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ކުރިއަށް ގެންގޮސްފިއެވެ.

އެ ހޮސްޕިޓަލުން ބުނީ މި ސެޝަންތައް ކުރިއަށްގެންގޮސްފައި ވަނީ ހިންދީ، އުރުދޫ އަދި ތަމަޅަ ބަހުން ކަމަށެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ކުޅުދުއްފުށީގައި އުޅޭ 439 ބިދޭސީ މަސައްކަތްތެރިން ޓެސްޓުކުރެވިފައި ވާއިރު އޭގެ ތެރެއިން މިހާތަނަށް 25 މަސައްކަތްތެރިން މި ބައްޔަށް ފައްސި ވެފައިވާކަމަށެވެ.

އަދި އެ ރަށުގެ ރައްޔިތުންގެ ރެންޑަމް ސާމްޕަލިންއިން ޓެސްޓްކުރެވުނު އެއްވެސް ފަރާތެއް މި ބައްޔަށް ފައްސި ވެފައެއް ނުވެއެވެ.

ކުޅުދުއްފުށީގެ އިތުރުން ޑިސެންބަރު 22 ވަނަ ދުވަހު ހުޅުމާލޭގައި ކުރިއަށް ގެންދެވުނު މައިގްރޭންޓް ފެއާގައި ޓެސްޓުކުރެވުނު 13 ބިދޭސީންގެ ތެރެއިން އެކަކު ވަނީ މި ބައްޔަށް ފައްސިވެފައެވެ.

ރާއްޖެއިން ނައްތާލެވިފައިވާ ކަމަށް ކަނޑައަޅާފައިވާ މި ބައްޔަށް ފައްސިވެފައިވާ ވޭދަނަތަކެއް އެންމެ ފުރަތަމަ ފެނުނީ ޑިސެންބަރު 1 އަދި 2 ވަނަ ދުވަހު ކުޅުދުއްފުށީގައި ހިންގި ބިދޭސީ މަސައްކަތްތެރިންގެ ސްކްރީނިން ކޭމްޕުގެ ތެރެއިންނެވެ.

މި ފަރާތްތަކަކީ މިހާރު ވެސް ފައިލޭރިޔާ ފެންނަމުންދާ ޤައުމަކުން އައިސްފައިވާ ބައެއް ކަމަށް އެ އެޖެންސީއިން ބުނެއެވެ.

މިކަމާ ގުޅިގެން އެޗްޕީއޭއިން ބުނީ ބަލި ފެނުނު ސަރަހައްދުތަކުން އިތުރު ބިދޭސީން ޓެސްޓުކުރުމުގެ ހަރުދަނާ ނިޒާމުތަކެއް ގާއިމުކުރަމުންދާ ކަމަށެވެ. މިކަމަށް ބޭނުންވާ އިތުރު ޓެސްޓް ކިޓުތައް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އާއި ގުޅިގެން ހޯދަމުން ދާކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.

މީގެ އިތުރުން މަދިރި ކޮންޓްރޯލް ކުރުމުގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމާއި ފައިލޭރިއާ އަށް މީހުން ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމްތަކެއް ވެސް އެ އިދާރާއިން ވަނީ ރާވާފައެވެ.

ފައިލޭރިއާ އަކީ އާއްމުކޮށް ހަޑި ފެނުގައި އާލާވާ ކިއުލެކްސް އޭ ކިޔާ މަދިރީގެ ބާވަތަކުން ފެތުރޭ ބައްޔެކެވެ. މިބަލީގެ އާންމު އަލާމާތަކީ ފައި ދުޅަވުން ނަމަވެސް، މި ބަލި ޖެހުމަށްފަހު އެތައްދުވަހެއް ވަންދެން ވެސް ބަލީގެ އެއްވެސް އަލާމާތެއް ނުފެނި ހުރެއެވެ. އަދި ބަލިޖެހޭތާ ގިނަ ދުވަސްތަކަކަށްފަހު ހުންއައުމާއި ހަށިގަނޑުގެ އެކި ބައިތައް ދުޅަވުމާއި ހަންގަނޑު ބޯވުން ފަދަ އަލާމާތްތައް ބަލިމީހާގެ ކިބައިން ފެނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މިމަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 3.4 އިންސައްތަ ދަށަށް
17 Oct 2026 ހަބަރު

މިމަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 3.4 އިންސައްތަ ދަށަށް

މިދިޔަ އަހަރު ޖުމްލަ 2.2 މިލިއަން ފަތުރުވެރިން ރާއްޖެ އައި ނަމަވެސް، މި އަހަރު ނިމޭއިރު ވެސް އެ އަދަދާ އެއް ހަމައަކަށް ވާސިލުވެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން 'އަހާ' ފޯރަމްގައި ވިދާޅުވެފައިވެއެވެ.

މާލޭ އުތުރުފަރާތުގައި ހަދާ ފިންގަރ ޖެޓީގެ ކޮންކްރީޓުގެ މަސައްކަތް ފަށަނީ
17 Oct 2026 ހަބަރު

މާލޭ އުތުރުފަރާތުގައި ހަދާ ފިންގަރ ޖެޓީގެ ކޮންކްރީޓުގެ މަސައްކަތް ފަށަނީ

އެމްޓީސީސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، މި ވަގުތު ކުރިއަށް ދަނީ ޖެޓީގެ ތަނބުތައް ބެހެއްޓުމާއި ދަގަނޑު އެޅުމުގެ މަސައްކަތްތައް ކަމަށެވެ. މި ދެ މަރުހަލާ ނިމުމާ އެކު، އަންނަ ހަފުތާ ތެރޭގައި ޖެޓީގެ ކޮންކްރީޓް މަސައްކަތް ފެށޭނެ ކަމަށް އެމްޓީސީސީން ލަފާކުރެއެވެ.

ހައިވޭ އެކްސިޑެންޓް؛ އެއީ ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމަށް ގަސްދުގައި ހިންގި އަމަލެއް
17 Oct 2026 ހަބަރު

ހައިވޭ އެކްސިޑެންޓް؛ އެއީ ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމަށް ގަސްދުގައި ހިންގި އަމަލެއް

ގަޑިއަކު 100 ކިލޯމީޓަރަށްވުރެ ބާރު ސްޕީޑުގައި ދުއްވާފައިދިޔަ އެ ސައިކަލް ހައިވޭގައި ތިބި ފުލުހުންނާ ދިމާއަށް ގޮސް ފުލުހުން ޖަހާފައިވާ ބެރިކޭޑުގައި ޖެހުމަށްފަހު، އެވަގުތު ޑިއުޓީގައި ހުރި ފުލުސް އޮފިސަރުގެ ގައިގައި ވަނީ ބާރަށް ޖެހިފައެވެ.

އަހަރުގެ މިހާތަނަށް ބަޖެޓުން އެންސްޕާއަށް 2.9 ބިލިއަން ރުފިޔާ
17 Oct 2026 ހަބަރު

އަހަރުގެ މިހާތަނަށް ބަޖެޓުން އެންސްޕާއަށް 2.9 ބިލިއަން ރުފިޔާ

މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް އެންސްޕާއަށް ކުރި ހޭދަ 503 މިލިއަން ރުފިޔާއަށް ވުތރެ އިތުރުވެފައިވާކަމަށް ދައްކައެވެ. މިއަހަރު އެންސްޕާއަށް ފާސްކޮށްދީފައިވަނީ، 3.4 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ހައިވޭގައި ބާރު ސްޕީޑްގައި ދުއްވި ސައިކަލްގައި ޖެހުނު ފުލުސް މީހާއަށް ސީރިއަސް އަނިޔާތަކެއް
17 Oct 2026 ހަބަރު

ހައިވޭގައި ބާރު ސްޕީޑްގައި ދުއްވި ސައިކަލްގައި ޖެހުނު ފުލުސް މީހާއަށް ސީރިއަސް އަނިޔާތަކެއް

މި އެކްސިޑެންޓްގައި ފުލުހުން މީހާ އަނިޔާވެގެން ވެއްޓިފައި އޮތް މަންޒަރު ވޮއިސްގެ ނޫސްވެރީންނަށް ފެނުނުއިރު، ސައިކަލު އޮތީ ދުރަށް ވިއްސައިގެން ގޮސްފަ އެވެ. މި ހާދިސާ ފުލުހުން ދަނީ ތަހްގީގް ކުރަމުންނެވެ.

ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖެހި ހައިވޭގައި ޑިއުޓީގައި ހުރި ފުލުހަކަށް ވަރަށް އަނިޔާވެއްޖެ
17 Oct 2026 ހަބަރު

ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖެހި ހައިވޭގައި ޑިއުޓީގައި ހުރި ފުލުހަކަށް ވަރަށް އަނިޔާވެއްޖެ

ފުލުހުން މީހާ އަނިޔާވެގެން ވެއްޓިފައި އޮތް މަންޒަރު ވޮއިސްގެ ނޫސްވެރީންނަށް ފެނިފައިވެ އެވެ.

ނ. ފޮއްދޫގައި ބުޅާ ގިނަވެ، ދިރޭ ތަކެއްޗަށް ކާން އެޅޭނެ ވަކި ސަރަހައްދެއް ކައުންސިލުން ކަނޑައަޅައިފި
16 Oct 2026 ހަބަރު

ނ. ފޮއްދޫގައި ބުޅާ ގިނަވެ، ދިރޭ ތަކެއްޗަށް ކާން އެޅޭނެ ވަކި ސަރަހައްދެއް ކައުންސިލުން ކަނޑައަޅައިފި

ކައުންސިލުން ބުނީ ޖަނަވާރު ގެންގުޅުމުގައި އަމަލުކުރަންވާގޮތް ކައުންސިލުން އެންގިނަމަވެސް، ބައެއް ފަރާތްތަކުން އެގޮތަށް އަމަލުކުރަމުން ނުދާކަން ފާހަގަކުރެވޭކަމަށެވެ. އެގޮތުން އާންމު ސަރަހައްދުތަކަށް ބުޅަލަށް ކާން އެޅުމާއި، އެކަމުގެ ސަބަބުން ސާފުތާހިރުކަން ގެއްލެމުން ދާ ކަމުގެ ޝަކުވާ ކައުންސިލަށް ލިބެމުންދާކަމަށްވެސް ބުންޏެވެ.

ސައިކަލެއް ވަގަށް ނަގާ ފޭކު ބޯޑެއް ހަރުކުރި އިތުރު މައްސަލައެއް؛ މި ފަހަރު ލަންކާ ދެ މީހެއް
16 Oct 2026 ހަބަރު

ސައިކަލެއް ވަގަށް ނަގާ ފޭކު ބޯޑެއް ހަރުކުރި އިތުރު މައްސަލައެއް؛ މި ފަހަރު ލަންކާ ދެ މީހެއް

ވަގަށް ނަގާފައިވާ އުޅަނދެއް ބޭނުންކުރި ކަމުގެ ތުހުމަތުގައި މި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.