ޙައްޖުވުމަށް ސަޢުދީއަށް ގޮސް ތިބި ޙައްޖުވެރިންތަކެއް.
ޙައްޖުވުމަށް ސަޢުދީއަށް ގޮސް ތިބި ޙައްޖުވެރިންތަކެއް.
ދުނިޔެ 25 Jun 2023 | 10:24

1.6 މިލިއަނަށްވުރެ ގިނަ މީހުން މިހާތަނަށް ޙައްޖުވުމަށް ސަޢުދީއަށް ގޮސްފައިވޭ

1.6 މިލިއަނަށްވުރެ ގިނަ މީހުން މިހާތަނަށް ޙައްޖުވުމަށް ސަޢުދީޢަރަބިއްޔާއަށް ގޮސްފައިވާ ކަމަށް ޢަރަބް ނިއުސް އިން ބުނެފިއެވެ.

ސަޢުދީޢަރަބިއްޔާގެ ކަމާއިބެހޭ ފަރާތްތަކުން ހާމަކޮށްފައިވާގޮތުގައި ހުކުރު ދުވަހާއި ހަމައަށް 1،626،500 ޙައްޖުވެރިން ސަޢުދީޢަރަބިއްޔާއަށް އެތެރެވެފައިވާ ކަމަށެވެ.

އެގޮތުން ވައިގެ މަގުންނާއި، ކަނޑުމަގުން އަދި އެއްގަމު މަގުންވެސް އެތެރެވެފައިވާ ކަމަށެވެ.

ސަޢުދީޢަރަބިއްޔާގެ މިނިސްޓްރީ އޮފް އިންޓީރިއާ އަދި ޙައްޖުގެ ކަންކަމާއި ގުޅޭ ލީޑަރުން ބުނެފައިވަނީ ޙައްޖުވެރިންނަށް ދޭން ޖެހޭ ޚިދުމަތްތައް އެންމެ ފުރިހަމަ އަށް ދިނުމަށް ތައްޔާރުވެފައި ވާކަމަށެވެ.

އަދި ޙައްޖު މޫސުމުގައި ކުށްތަކަށް އަރައިގަންނަ މީހުންނަނަށް އެމަގުތައް ބަންދުކުރުމަށް ކުރީބައިގައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި އެކަންކަމުގެ ތައްޔާރީތައް ވެސް ވެފައިވާކަމަށެވެ.

ޙައްޖަށްދާ މުސްލިމުންނަށް ލިބެންޖެހޭ ޚިދްމަތްތައް އެއް އަހަރަށްވުރެ އަނެއް އަހަރު ރަނގަޅު ކުރުމަށް ސަޢޫދީ ސަރުކާރުން ކޮންމެ އަހަރަކުވެސް މަސައްކަތްތަކެއް ކުރެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މަދީނާ އިސްލާމިކް ޔުނިވަރސިޓީން މަނާކުރި ކަމަށް ބުނާ ލިޔުންތެރިންގެ ލިސްޓެއްގައި މަޝްހޫރު ޢިލްމުވެރިންތަކެއް
01 Nov 2026 ދުނިޔެ

މަދީނާ އިސްލާމިކް ޔުނިވަރސިޓީން މަނާކުރި ކަމަށް ބުނާ ލިޔުންތެރިންގެ ލިސްޓެއްގައި މަޝްހޫރު ޢިލްމުވެރިންތަކެއް

ސަޢޫދީ ޢަރަބިއްޔާގެ މަދީނާ އިސްލާމިކް ޔުނިވަރސިޓީގެ ލައިބްރަރީގައި މަނާކޮށްފައިވާ ފޮތްތައް ކަމަށް ބުނެ، ދާދިފަހުން ސޯޝަލް މީޑިއާގައި ދައުރުވާން ފެށި ލިޔުމެއްގައި އިސްލާމީ ދުނިޔޭގެ މަޝްހޫރު ގިނަ ޢިލްމުވެރިންތަކެއް ހިމެނިފައިވާތީ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިއްޖެއެވެ.

މައްކާ، މަދީނާ އަދި ސައުދީގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް ހޫޘީން ފޮނުވާލި ހަމަލާތަކެއް ހުއްޓުވައިފި
31 Oct 2026 ދުނިޔެ

މައްކާ، މަދީނާ އަދި ސައުދީގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް ހޫޘީން ފޮނުވާލި ހަމަލާތަކެއް ހުއްޓުވައިފި

ހުކުރު އަދި ހޮނިހިރު ދުވަހު ހޫޘީން ވަނީ ގައުމުގެ އެކި ހިސާބުތަކަށް އަމާޒުކޮށް ދެ މިސައިލާއި ތިން ޑްރޯން ފޮނުވާލާފައެވެ. މީގެ ތެރޭގައި ހުޅަނގު ސަރަހައްދަށް އަމާޒުކުރި ކުރޫޒް މިސައިލަކާއި، ދެކުނަށް ފޮނުވާލި ބެލިސްޓިކް މިސައިލެއް ހިމެނެއެވެ. މި ހުރިހާ ހަމަލާތަކެއްވެސް ސައުދީގެ ދިފާއީ ނިޒާމުން ވަނީ ވައިގެ ތެރޭގައި ނައްތާލާފައެވެ.

ޓެންޒޭނިއާގެ ގުޅިފައިވާ ދެބެން ވަކިކުރުމަށް ސައުދީ އަރަބިއްޔާއިން 15 ގަޑިއިރުގެ އޮޕަރޭޝަނެއް
29 Oct 2026 ދުނިޔެ

ޓެންޒޭނިއާގެ ގުޅިފައިވާ ދެބެން ވަކިކުރުމަށް ސައުދީ އަރަބިއްޔާއިން 15 ގަޑިއިރުގެ އޮޕަރޭޝަނެއް

ލައިޓިއެންސް އާއި ލޮވެންސް ނަމަކަށް ކިޔާ އުމުރުން ދެ އަހަރުގެ މި ދެބެން ވަކިކުރުމުގެ މަސައްކަތް ބުރާސްފަތި ދުވަހު ފަށާފައިވާއިރު، މި އޮޕަރޭޝަނަށް ގާތްގަނޑަކަށް 15 ގަޑިއިރު ހޭދަވާނެ ކަމަށް ލަފާކުރެވެއެވެ.

މަސްޖިދުލް ޙަރަމްގައި އެއްޖަމާޢަތަކަށް، އެއް އިމާމެއްގެ ފަހަތުގައި ނަމާދުކުރާތާ 100 އަހަރު
28 Oct 2026 ދުނިޔެ

މަސްޖިދުލް ޙަރަމްގައި އެއްޖަމާޢަތަކަށް، އެއް އިމާމެއްގެ ފަހަތުގައި ނަމާދުކުރާތާ 100 އަހަރު

މައްކާގެ މަސްޖިދުލް ޙަރަމްގައި ވަކިވަކި މަޛްހަބުތަކަށް ބަހާލައިގެން ކުރަމުން އައި ޖަމާޢަތްތައް ހުއްޓާލައި، އެއް އިމާމެއްގެ ފަހަތުގައި މުސްލިމުން އެއް ޖަމާޢަތެއްގައި ނަމާދުކުރަން ފެށިތާ 100 އަހަރު ފުރިއްޖެއެވެ.

ސައުދީން 2027 ވަނަ އަހަރުން ފެށިގެން ސިންގަޕޫރުގައި ތެޔޮ ރައްކާކުރަނީ
26 Oct 2026 ދުނިޔެ

ސައުދީން 2027 ވަނަ އަހަރުން ފެށިގެން ސިންގަޕޫރުގައި ތެޔޮ ރައްކާކުރަނީ

މި މަޝްރޫއުގެ މައިގަނޑު މަޤްސަދަކީ ދެ ޤައުމުގެ ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ތެޔޮ ފޯރުކޮށްދިނުމުގެ ސަޕްލައި ޗެއިން އިތުރަށް ވަރުގަދަކުރުމެވެ.

ޙޫޘީންގެ ޙަމަލާތައް ވަރުގަދަވެ، ސަޢޫދީގައި ތިބި އެމެރިކާގެ ޑިޕްލޮމެޓުން އެ ޤައުމުން ފޭބުމަށް އަންގައިފި
22 Oct 2026 ދުނިޔެ

ޙޫޘީންގެ ޙަމަލާތައް ވަރުގަދަވެ، ސަޢޫދީގައި ތިބި އެމެރިކާގެ ޑިޕްލޮމެޓުން އެ ޤައުމުން ފޭބުމަށް އަންގައިފި

ޔަމަނުގެ ޙޫޘީ ހަނގުރާމަވެރިން ސަޢޫދީ ޢަރަބިއްޔާއަށް އަމާޒުކޮށް ދެމުންދާ ޙަމަލާތައް ވަރުގަދަވެ، އެ ޤައުމުގެ އެކި ސަރަޙައްދުތަކުން މީހުން މަރުވުމާ ގުޅިގެން، ސަޢޫދީގައި ތިބި އެމެރިކާގެ ބައެއް ޑިޕްލޮމެޓުންނާއި އެމީހުންގެ ޢާއިލާތައް އެ ޤައުމުން ފޭބުމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން އަންގައިފިއެވެ.