އޮނާނާ އެކު މެގުއާ އުފާފާޅުކުރަނީ
އޮނާނާ އެކު މެގުއާ އުފާފާޅުކުރަނީ
ކުޅިވަރު 25 Oct 2023 | 03:57

އަމިއްލަ ދަނޑުގައި ކޯޕަންހޭގަން އަތުން ޔުނައިޓެޑަށް އުނދަގޫ މޮޅެއް

ޔުއެފާ ޗެމްޕިއަންސްލީގު ގްރޫޕް އޭގައި އަންގާރަދުވަހުގެ ރޭ އަމިއްލަ ދަނޑުގައި 1-0 ގެ ނަތީޖާއަކުން ކޯޕަންހޭގަން ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑުން މުބާރާތުގެ ފުރަތަަމަ ތިން ޕޮއިންޓް ހޯދައިފިއެވެ.

މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު، މެޗު ފެށިގެން ފަސްވަނަ މިނެޓްގައި ކޯޕަންހޭގަންގެ ޕޯޗުގަލް ފޯވާޑް ޑިއޯގޯ ގޮންކަލްވްސް ފޮނުވާލި ހަމަލާ ގޯލްގެ އަރިމަތީ ދަނޑިއަށް އަމާޒުވިއިރު، 38 ވަނަ މިނެޓުގައި އެޓީމުގެ ޓިއުނީޝިޔާގެ ފޯވާޑް އެލިއަސް އަކޫރީ ފިނުވާލި ހަމަލާގެ ހުރަހަކަށް ވީ މެންޗެސްޓާ ޔުނައިޓެޑްގެ ގޯލްކީޕަރު އަންދްރޭ އޮނާނާ އެވެ.

މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފު ވެސް ވަރުގަދަކޮށް ފެށީ ކޯޕަންހޭގަން އިންނެވެ. އެގޮތުން ދެވަނަ ހާފު ފެށިގެން ފަސްވަނަ މިނެޓްގައި އެޓީމުގެ ލޫކަސް ލެރަގާއަށް ވަނީ މެޗުގެ ލީޑު ނެގުމަށް ވަރަށް ހުސް ފުރުސަތެއް ލިބި ބޭނުން ނުކުރެވިފައެވެ.

މިމެޗުގައި މެންޗެސްޓާ ޔުނައިޓެޑުން ލީޑު ހޯދީ ދެވަނަ ހާފުގެ 72 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ހެރީ މެގުއާ އެވެ. މިއީ އެޓީމުގެ ޑެންމާކް މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި އޭގެ ހަ މިނެޓް ފަހުން އެޓީމުގެ ޒުވާން ފޯވާޑް އަލްޖެންޑްރޯ ގަނާޗޯއަށް ވަނީ ލީޑު ފުޅާކުރުމަށް ވަރަށް ހުސް ފުރުސަތެއް ލިބި ބޭނުން ނުކުރެވިފައެވެ.

މިއާއެކު ޔުނައިޓެޑް ކުރީގައި އޮވެގެން މެޗު ނިމެން ދަނިކޮށް ފަހުހާފުގެ އިތުރުވަގުތުގެ ތެރޭގައި ޔުނައިޓްޑުގެ ޕެނަލްޓީ އޭރިއާ ތެެރެއިން އެޓީމުގެ ކުޅުންތެރިއަކު ކުރި ފައުލަކާއި ގުޅިގެން ރެފްރީ ވަނީ ކޯޕަންހޭގަން އަށް ޕެނަލްޓީއެއް ދީފައެވެ. ނަމަވެސް އެޓީމުގެ ސްވިޑެންގެ ފޯވާޑް ޖޯޑަން ލާސަން ކުރިއަށް ފޮނުވާލި ޕެނަލްޓީ މެންޗެސްޓާގެ ކީއްޕަރު އޮނާނާ ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ. އަދި މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު މުބާރާތުގައި ކުޅުނު ތިން މެޗުން، ތިން ޕޮއިންޓް ހަމަކޮށް ޔުނައިޓްޑް މިވަގުތު އޮތީ ގްރޫޕްގެ ތިންވަނައިގައެވެ. އަދި މިމެޗުން ބަލިވި ކޯޕަންހޭގަންއަށް ކުޅުނު ތިން މެޗުން އެއް ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ގްރޫޕްގެ ފުލުގައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އުސާމާގެ މޮޅު ކުޅުމާއެކު، ބުރުން ގައްދޫ ބަލިކޮށް ލީގްގެ ފުރަތަމަ މޮޅު ހޯދައިފި
13 Oct 2026 ކުޅިވަރު

އުސާމާގެ މޮޅު ކުޅުމާއެކު، ބުރުން ގައްދޫ ބަލިކޮށް ލީގްގެ ފުރަތަމަ މޮޅު ހޯދައިފި

ބުރު ސްޕޯޓްސް ކުޅުނު ތިން މެޗުން ބަލިވިއިރު، އެޓީމް މިހާރު އުޅެނީ ތާވަލްގެ އަށްވަނާގައެވެ. ގައްދޫ އުޅެނީ އެއްވެސް ޕޮއިންޓެއް ނުލިބި ތާވަލްގެ އެންމެ ފުލުގައެވެ.

ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް އުނދަގޫ މޮޅެއް
10 Sep 2026 ކުޅިވަރު

ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް އުނދަގޫ މޮޅެއް

ޔުއެފާ ޗެމްޕިއަންސްލީގްގައި އާސެނަލް އާއި ނަޕޯލީ ބައްދަލުކުރިމެޗް އާސެނަލް ކާމިޔާބުކޮށް މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ. އިޓަލީގައި ކުޅުނު މިމެޗް ނަޕޯލީގެ މައްޗަށް އެޓީމް ކުރި ހޯދީ 1-0 ގެ ނަތީޖާއަ...

ޕީއެސްޖީން ޔުއެފާ ޗެމްޕިއަންސްލީގް ތަށި ދިފާއުކޮށްފި
30 May 2026 ކުޅިވަރު

ޕީއެސްޖީން ޔުއެފާ ޗެމްޕިއަންސްލީގް ތަށި ދިފާއުކޮށްފި

އިނގިރޭސިވިލާތުގެ އާސެނަލް ބަލިކޮށް ޔުއެފާ ޗެމްޕިއަންސްލީގް ތަށި ފްރާންސްގެ ޕީއެސްޖީން ދިފާއުކޮށްފިއެވެ. ހަންގޭރީގައި ކުޅުނު ޗެމްޕިއަންސްލީގްގެ ފައިނަލް މެޗް ކާމިޔާބުކޮށް ޕީއެސްޖީން ތަށި ހޯދާފައިވަނީ ...

ބެޔާން މިއުނިކް ބަލިކޮށް ޕީއެސްޖީ ޗެމްޕިއަންސްލީގް ފައިނަލަށް
07 May 2026 ކުޅިވަރު

ބެޔާން މިއުނިކް ބަލިކޮށް ޕީއެސްޖީ ޗެމްޕިއަންސްލީގް ފައިނަލަށް

ޖަރުމަނުވިލާތުގެ ބެޔާން މިއުނިކް ބަލިކޮށް ފްރާންސްގެ ޕީއެސްޖީ، ޔުއެފާ ޗެމްޕިއަންސްލީގް ފައިނަލަށް ދަތުރުކޮށްފިއެވެ. ޗެމްޕިއަންސްލީގް ފައިނަލުގެ ފަހު ޖާގަ، ޕީއެސްޖީން ކަށަވަރުކޮށްފައިވަނީ، ރޭ ސެމީފައިނ...

ޔުއެފާ ޗެމްޕިއަންސްލީގް ސެމީފައިނަލުގެ ޖާގައެއް އާސެނަލަށް
16 Apr 2026 ކުޅިވަރު

ޔުއެފާ ޗެމްޕިއަންސްލީގް ސެމީފައިނަލުގެ ޖާގައެއް އާސެނަލަށް

ޔުއެފާ ޗެމްޕިއަންސްލީގް ސެމީފައިނަލުގެ ޖާގައެއް ހަނިގޮތަކަށް އިނގިރޭސިވިލާތުގެ އާސެނަލް ހޯދައިފިއެވެ. މުބާރާތުގެ ސެމީގެ ޖާގައެއް އާސެނަލް ކަށަވަރުކޮށްފައިވަނީ، ރޭ ޕޯޗްގަލްގެ ސްޕޯޓިން ލިސްބަން އާ ދެކޮޅ...

ލިވަލޫޕް ކަޓުވާލުމަށްފަހު ޗެމްޕިއަންސްލީގް ސެމީގެ ޖާގައެއް ޕީއެސްޖީ ހޯދައިފި
15 Apr 2026 ކުޅިވަރު

ލިވަލޫޕް ކަޓުވާލުމަށްފަހު ޗެމްޕިއަންސްލީގް ސެމީގެ ޖާގައެއް ޕީއެސްޖީ ހޯދައިފި

އިނގިރޭސިވިލާތުގެ ލިވަޕޫލް ކަޓުވާލުމަށްފަހު ޗެމްޕިއަންސްލީގް ސެމީފައިނުގެ ޖާގައެއް ފްރާންސްގެ ޕީއެސްޖީ ކަށަވަރުކޮށްފިއެވެ. ރޭ ދެވަނަ ލެގްގެ މެޗަށް ނިކުތްއިރުވެސް ޕީއެސްޖީން ވަނީ ފުރަތަމަ ލެގް ޕެރިހުގަ...

ބާސެލޯނާ ބަލިކޮށް ވާދަވެރި އެތްލެޓިކޯ މެޑްރިޑް، ޗެމްޕިއަންސްލީގް ސެމީއަށް
15 Apr 2026 ކުޅިވަރު

ބާސެލޯނާ ބަލިކޮށް ވާދަވެރި އެތްލެޓިކޯ މެޑްރިޑް، ޗެމްޕިއަންސްލީގް ސެމީއަށް

ވާދަވެރި ބާސެލޯނާ ބަލިކުރުމަށްފަހު ޗެމްޕިއަންސްލީގް ސެމީފައިނަލުގެ ޖާގައެއް އެތްލެޓިކޯ މެޑްރިޑް ހޯދައިފިއެވެ. މުބާރާތުގެ ސެމީގެ ޖާގަ އެތްލެޓިކޯއިން ކަށަވަރުކޮށްފައިވަނީ ރޭ ދެވަނަ ލެގްގައި ކުޅުނުމެޗް 2...