ރައްޔިތުންގެ މަޖިލީސް ޗެމްބަރު/ ފޮޓޯ: މަޖިލިސް
ރައްޔިތުންގެ މަޖިލީސް ޗެމްބަރު/ ފޮޓޯ: މަޖިލިސް
ހަބަރު 25 Oct 2023 | 08:11

ސަޕްލިމެންޓްރީ ބަޖެޓު އަލުން ހުށައަޅަން ފިނޭންސްއަށް އަންގައިފި

ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓުގައި މާލިއްޔަތު ގާނޫނުން ލާޒިމުކުރާ ތަފްސީލުތައް ހިމެނުމަށްފަހު އަލުން ހުށައެޅުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ފިނޭންސް މިނިސްޓްރީއަށް އަންގައިފި އެވެ.

މަޖިލީހުންގެ އިދާރާއިން ބުނެފައިވަނީ އެ އިދާރާއަށް ފިނޭންސް މިނިސްޓްރީން ފޮނުވި ބަޖެޓުގައި ގާނޫނުގައި ފުރިހަމަކުރަން ޖެހޭ ކަންތައްތަކެއް ފުރިހަމަނުވެ އޮތް ކަމަށެވެ. އަދި އެ ކަންކަން ފުރިހަމަ ކުރުމަށް މަޖިލީހުގެ ރައީސް ސޮއިކުރައްވާ ލިޔުމުން އަންގާފައިވާނެ ކަމަށް އިދާރާއިން ވަނީ ބުނެފައެވެ.

ފިނޭންސް މިނިސްޓްރީން މަޖިލީހަށް ސަޕްލިމެންޓްރީ ބަޖެޓު ހުށައެޅުން ބުދަ ދުވަހުގެ ޖަލްސާގައި އެޖެންޑާކޮށްފައި އޮތް ނަމަވެސް، މަޖިލީހުގެ ކޯރަމް ހަމަނުވާތީ އެ ޖަލްސާވަނީ ކުރިއަށް ގެންދެވޭ ގޮތް ނުވެފައެވެ.

އޭގެ އިތުރުން ސަޕްލިމެންޓްރީ ބަޖެޓު ގާނޫނާއި އެއްގޮތަށް ހުށައެޅުމަށް މަޖިލީހުގެ އިދާރާއިން އަންގާފައިވާއިރު، މިއަދު އެ ބަޖެޓު ހުށައެޅުމަށް އެޖެންޑާކޮށްފައެއް ނުވެއެވެ. އެކަމާއި ގުޅިގެން އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެމްބަރުން ވަނީ މިއަދުގެ ޖަލްސާގައި ނުރުހުން ފާޅުކުރައްވާފަ އެވެ.

ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށައެޅި 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓާއި ގުޅޭގޮތުން މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަލީ އާޒިމް ވަނީ އެއީ ޤާނޫނާއި ޚިލާފަށް ހުށައަޅާފައިވާ ބަޖެޓެއްކަމަށް ވިދާޅުވެފަ އެވެ. އަދި އެ ބަޖެޓު ހުށައަޅާއިރު ފާއިތުވި އަހަރު ދައުލަތަށް ލިބުނު އާމްދަނީއާއި ކުރި ޚަރަދުފަދަ މައުލޫމާތުތައް ހިމަނަން ޖެހޭނެކަން އާޒިމް ފާހަގަކުރެއްވި އެވެ.

އޭގެ އިތުރުން ދައުލަތުން މިއަހަރުގެ ބަޖެޓު ހުށައަޅަމުން ފިނޭންސް މިނިސްޓަރު ދެއްވި މެދުރާސްތާ ފިސްކަލް ސްޓްރެޓެޖީގެ ބަޔާނުގައި ކަނޑައެޅުއްވި ލަނޑުދަޑިތަކަށް މިފަހަރުގެ ސަޕްލިމެންޓްރީ ބަޖެޓުގެ ސަބަބުން ބަދަލު އަންނާނެތީ ބެޖޓު ޕޮސިޝަން ރިޕޯޓަށް އައި ބަދަލު ބަޔާންކޮށް، އާ ރިޕޯޓެއް ހުށައަޅަންޖެހޭނެ ކަމަށް ފެންނަ ކަމަށް ވެސް އަލީ އާޒިމް ސަޕްލިމެންޓްރީ ބަޖެޓާއި ގުޅިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުވި ސިޓީގައި ބަޔާންކޮށްފައި ވެއެވެ.

ސަޕްލިމެންޓްރީ ބަޖެޓެއް ހުށައެޅުމުގެ މަސައްކަތް ކުރިއަށް ދާއިރު، އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށައަޅާ ބަޖެޓުވެސް މި މަހުގެ ތެރޭގައި މަޖިލީހަށް ހުށައެޅިގެންދާނެ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ދިވެހިރާއްޖެއަށް ދީފައިވާ 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ އިންޑިއާއިން ރޯލްއޯވަރ ކޮށްދީފި
16 Oct 2026 ހަބަރު

ދިވެހިރާއްޖެއަށް ދީފައިވާ 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ އިންޑިއާއިން ރޯލްއޯވަރ ކޮށްދީފި

ދިވެހިރާއްޖެއަށް ދީފައިވާ 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ ރޯލްއޯވަރ )މުއްދަތު އިތުރު( ކޮށްދީފިއެވެ. މިކަން ހާމަކޮށްފައިވަނީ ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައެވެ.

ކާރަކާއި ފުލުހުންގެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައި، ދެ ފުލުހަކަށް އަނިޔާވެއްޖެ
16 Oct 2026 ހަބަރު

ކާރަކާއި ފުލުހުންގެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައި، ދެ ފުލުހަކަށް އަނިޔާވެއްޖެ

ފުލުހުން ބުނީ، މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލޭ އަމީން އެވެނިއުއާ ދިމާލުން ދުއްވާފައި ދިޔަ ކާރަކާއި، އެ މަގަށް ނުކުތް ފުލުހުންގެ ސައިކަލެއް ޖެހިގެން ކަމަށެވެ.

ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
16 Oct 2026 ހަބަރު

ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި

ށ. އަތޮޅުން އައްޑުއާ ދެމެދަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް ހެނދުނު 8 އިން މެންދުރުފަހު 2 އަށް މެޓުން ހުދު ސަމާލެއް ނެރެފިއެވެ.

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އެންމެންގެ ޒިންމާއެއް: ރައީސް މުޢިއްޒު
16 Oct 2026 ހަބަރު

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އެންމެންގެ ޒިންމާއެއް: ރައީސް މުޢިއްޒު

ދިވެހިރާއްޖޭގެ ކާބޯތަކެތީގެ ނިޒާމުތައް ހަރުދަނާކޮށް، ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެއްބާރުލުން ދީގެން ހުރިހާ ދިވެހިންނަށް އަގުހެޔޮ، ފައިދާހުރި ކާބޯތަކެތި ލިބޭނެ މަގު ފަހިކޮށްދެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ވެމްކޯއަށް 2022 ވަނަ އަހަރު އެކަނިވެސް 127.9 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބުނު: އޮޑިޓް
15 Oct 2026 ހަބަރު

ވެމްކޯއަށް 2022 ވަނަ އަހަރު އެކަނިވެސް 127.9 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބުނު: އޮޑިޓް

އޮޑިޓަރ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ އެ ކުންފުނީގެ މާލީ ބަޔާންތަކުގެ އޮޑިޓް ރިޕޯޓަށް ބަލާއިރު، 2021 ވަނަ އަހަރުވެސް ވެމްކޯއަށް ވަނީ 82 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ގެއްލުން ވެފައެވެ.

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާ ލިބޭނެ ގޮތް ހަދަނީ
15 Oct 2026 ހަބަރު

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާ ލިބޭނެ ގޮތް ހަދަނީ

އެމަނިކުފާނު މިހެން ވިދާޅުވީ "ރައްޔިތުންގެ އަޑު" ސިލްސިލާގެ 10 ވަނަ ޕްރަގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރާއްޖޭގެ ކްރެޑިޓް ރޭޓިންއަށް އައި ކުރިއެރުން އައިއެމްއެފުން ފާހަގަކޮށްފި
15 Oct 2026 ހަބަރު

ރާއްޖޭގެ ކްރެޑިޓް ރޭޓިންއަށް އައި ކުރިއެރުން އައިއެމްއެފުން ފާހަގަކޮށްފި

އައިއެމްއެފްގެ އަހަރީ ބައްދަލުވުމުގެ ހަވާސާގައި، އެ އިދާރާގެ އެގްޒެކެޓިވް ޑިރެކްޓަރު ޑރ. މުޙައްމަދު މާއިތު، ރާއްޖޭގެ މާލީ ވަޒީރު ހަސަން ޒަރީރާ ބައްދަލުކުރައްވައި، ރާއްޖޭގެ އިޤްތިޞާދީ އަދި މާލީ ޙާލަތު ހަމަމަގަށް އެޅުވުމަށް ސަރުކާރުން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވާފައިވާކަމަށެވެ. އަދި ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކަށް ތައުރީފްކޮށް އެންމެފަހުން މޫޑީސްއިން ރާއްޖޭގެ ރޭޓިންނަށް އައި ހެޔޮބަދަލު ފާހަގަކުރެއްވިކަމަށް މާލީ ވުޒާރާއިން ބުންޏެވެ.

އެކްސިޑެންޓުތައް އިތުރުވާތީ ޓްރެފިކް ޕޮލިހުން މަޖިލީހަށް ހާޒިރުކުރަނީ
14 Oct 2026 ހަބަރު

އެކްސިޑެންޓުތައް އިތުރުވާތީ ޓްރެފިކް ޕޮލިހުން މަޖިލީހަށް ހާޒިރުކުރަނީ

މިއަދު ބޭއްވި ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ޓްރެފިކް ޕޮލިހުން ހާޒިރުކުރުމަށް ހުށަހެޅުއްވީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލެވެ.