ތިނަދޫ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް!
ގދ. ތިނަދޫ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.
ތިނަދޫއިން 'ވޮއިސް' އަށް މައުލޫމާތު ދިން މީހަކު ބުނެފައިވާ ގޮތުގައި މި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ އެ "ފެއިތް" ނަމަކަށް ކިޔާ ގެއެއްގައި ކަމަށެވެ. އަދި އެ ގެއަކީ ބިދޭސީން ދިރިއުޅޭ ގެއެއް ކަމަށް އޭނާ މައުލޫމާތު ދީފައިވާއިރު، ހާދިސާ ހިނގާފައިވަނީ އެގޭގެގައި އެއްވެސް މީހަކު ނެތް ވަގުތެއް ކަމަށްވެސް އޭނާ ބުނެފައިވެއެވެ.
އެހެންކަމުން، ހާދިސާއާއި ގުޅިގެން އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާ ކަމަށާ، އެހެންނަމަވެސް ގެ ވަރަށް ބޮޑަށް އަނދައި ބޮޑެތި ގެއްލުންތައް ވެފައިވާ ކަމަށް މައުލޫމާތު ދީފައިވެއެވެ.
މީގެ އިތުރުން އޭނާ ބުނީ، ތިނަދޫ ފަޔަރ ސްޓޭޝަނާއި ފުލުހުން ގުޅިގެން އަލިފާންގަނޑު މިހާރު ނިއްވާލާފައިވާ ކަމަށާ، ގޭގެ ސަމާނު ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ކަމަށެވެ.
އެ ގޭގައި އަލިފާން ރޯވާން ދިމާވި ސަބަބެއް އަދި އެނގިފައެއް ނުވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް