އެމްއޭސީއެލް ގައި ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ މުވައްޒަފުންނަށް އެވޯޑް ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން--ފޮޓޯ/އެމްއޭސީއެލް
އެމްއޭސީއެލް ގައި ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ މުވައްޒަފުންނަށް އެވޯޑް ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން--ފޮޓޯ/އެމްއޭސީއެލް
ވިޔަފާރި 25 Dec 2022 | 12:10

އެމް.އޭ.ސީ.އެލްއަށް ދިގު މުއްދަތަށް ޚިދުމަތްކޮށްފައިވާ މުވައްޒަފުންނަށް އެވޯޑް ދީފި

އެމްއޭސީއެލް ގައި ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ މުވައްޒަފުންގެ އަގު ވަޒަންކުރުމަށް އެމް.އޭ.ސީ.އެލް ސަރވިސް ރިކޮގްނިޝަން އެވޯޑު ދީފި އެވެ.

މި ހަފްލާގައި އެމްއޭސީއެލް އަށް 20 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވަފައިވާ 41 މުވައްޒަފުންނާއި 25 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވަފައިވާ 68 މުވައްޒަފުން އަދި 30 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވަފައިވާ 16 މުވައްޒަފުންނަށް ވަނީ އެވޯޑު ދީފަ އެވެ. އަދި 35 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވަފައިވާ 15 މުވައްޒަފުންނާއި 40 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވަފައިވާ 5 މުވައްޒަފުންނަށް ވެސް ޙިދުމަތުގެ އަގު ވަޒަން ކޮށް އެވޯޑު ވަނީ ދީފަ އެވެ.

މި ހަފްލާގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ މަހްޖޫބު ޝުޖާއު ވިދާޅުވީ، ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ މުވައްޒަފުންގެ ސަބަބުން އޭވިއޭޝަން އިންޑަސްޓްރީއަށް ޝައުގުވެރިވެ ދާއިރާއަށް ނުކުންނަ ޒުވާނުން މަދު ނޫން ކަމާއި ޚިދުމަތުން އިންސްޕަޔަރ ވާ ކިތަންމެ ދަރިންނެއް މި މުޖުތަމައުގައި ތިބޭނެ ކަމަށެވެ. އަދި މިއީ ހަމައެކަނި އެމް.އޭ.ސީ.އެލްއަށް ކޮށްދެއްވާ ޚިދުމަތެއް ނޫން ކަމަށާއި ގައުމުގެ ޒުވާން ޖީލު ރަނގަޅު މަގަށް ގެންދިޔުމަށް ވެދޭ އެހީތެރިކަމެއް ކަމަށް ވެސް މަހްޖޫބު ވިދާޅުވި އެވެ.

މީގެ އިތުރުން ކުރިޔަށް އޮތް ދުވަސްތަކަކީ އެއަރޕޯޓަށާއި ޚިދުމަތުގެ ރެކޯޑަށްވެސް އުފާވެރި ދުވަސްތަކެއް ފާހަގަކޮށް، އެއަރޕޯޓުގެ ޖާގަ އިތުރުވެ، ޚިދުމަތްތައް ފުޅާވެގެންދާއިރު، އެ މަސައްކަތުގައި ތަޖުރިބާއާއި ވިސްނުން ވަރަށް މުހިއްމު ވާނެ ކަން ވެސް މަހްޖޫބު ފާހަގަ ކުރެއްވި އެވެ.

އެއަރ ޓްރެވަލް ފަދަ ހަލަބޮލި އިންޑަސްޓްރީއެއްގައި ޚިދުމަތް ކުރުމުގައި ވިހި ތިރީހަކަށް އަހަރު ހޭދަ ކުރުމަކީ ވަރަށް ބޮޑު ކާމިޔާބެއް ކަމަށާއި ވަޒީފާ ދޭ ފަރާތެއްގެ ހައިސިއްޔަތުން އެމް.އޭ.ސީ.އެލްގެ ލެގަސީ އަކީ ރާއްޖޭގައި މަސައްކަތް ކުރަން އެންމެ ރަނގަޅު އެއް ކުންފުނިކަމުގައި ވުން ކަމަށް މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ. އަދި މުވައްޒަފުން ކުންފުނީގައި ދިގު މުއްދަތަކަށް މަސައްކަތް ކުރުމުގެ އެއް ސިއްރަކީ މުވައްޒަފުންނާއި މެދު ބަހައްޓާ ފަރުވާތެރިކަމާއި ގާތްކަން ކަމަށް ވެސް މަހްޖޫބު ވިދާޅުވި އެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކުންފުންޏަކީ ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި އެންމެ ގިނަ ވަޒިފާދޭ އެއް ކުންފުންޏެވެ. 3500 އަށް ވުރެ ގިނަ މުވައްޒަފުން ކުންފުނީގެ އެކި ދާއިރާތަކުގައި ހީވާގިކަމާއި އެކު މަސައްކަތްކުރަމުން ދާއިރު، މުވައްޒަފުންގެ ލަބާއާއި މަންފާއަށް ކުންފުނިން އަބަދުވެސް އިސްކަންދޭއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޓޫރިޒަމް ސީޒަނާ ދިމާކޮށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާން ފަށައިފި
01 Nov 2026 ހަބަރު

ޓޫރިޒަމް ސީޒަނާ ދިމާކޮށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާން ފަށައިފި

މި އަހަރުގެ އޮކްޓޫބަރު މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ ވޭތުވެދިޔަ އަހަރުގެ އޮކްޓޫބަރު މަހާ އަޅާބަލާއިރު ކުރިއެރުމެއް ހޯދާފައެވެ. އެގޮތުން ނިމިދިޔަ އޮކްޓޫބަރު މަހު ރާއްޖެއަށް 194،039 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

ބައިނަލްއަޤުވާމީ އިތުރު 10 އެއާލައިނެއްގެ ޚިދުމަތް ޓާމިނަލް 2 އަށް ބަދަލުކުރަނީ
21 Oct 2026 ވިޔަފާރި

ބައިނަލްއަޤުވާމީ އިތުރު 10 އެއާލައިނެއްގެ ޚިދުމަތް ޓާމިނަލް 2 އަށް ބަދަލުކުރަނީ

ފިނިމޫސުމާ ދިމާކޮށް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ލަފާކުރެވޭތީ، ބައިނަލްއަޤުވާމީ 10 އެއާލައިނެއްގެ ޗެކްއިން ޚިދުމަތް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް )ވީއައިއޭ( ގެ ޓާމިނަލް 2 އަށް ބަދަލުކުރުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް )އެމްއޭސީއެލް( އިން ނިންމައިފިއެވެ.

ހަނިމާދޫ ބައިނަލްއަޤުވާމީ ވައިގެ ބަނދަރު: ކުޑަ އެއާސްޓްރިޕަކުން އުތުރުގެ އެންމެ ބޮޑު ވައިގެ ބަނދަރަށް
13 Oct 2026 ރިޕޯޓް

ހަނިމާދޫ ބައިނަލްއަޤުވާމީ ވައިގެ ބަނދަރު: ކުޑަ އެއާސްޓްރިޕަކުން އުތުރުގެ އެންމެ ބޮޑު ވައިގެ ބަނދަރަށް

ދިވެހިރާއްޖޭގެ އުތުރުގެ ރައްޔިތުން އެތައް ޒަމާނެއް ވަންދެން ދެކެމުން އައި ތަރައްޤީގެ ފޮނި ހުވަފެންތަކާ ގުޅިފައިވާ އެންމެ މުހިންމު ބިނާއަކީ ހދ. ހަނިމާދޫ ބައިނަލްއަޤުވާމީ ވައިގެ ބަނދަރެވެ. ޒަމާންތަކެއް ވަންދެން ކުޑަ ޑޮމެސްޓިކް އެއާސްޓްރިޕެއްގެ ގޮތުގައި އޮތް މި ވައިގެ ބަނދަރު، ޒަމާނީ ބައިނަލްއަޤުވާމީ ފެންވަރަށް ތަރައްޤީވެގެން ދިއުމަކީ މުޅި ސަރަޙައްދުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ މަންޒަރު ބަދަލުކޮށްލި އިންޤިލާބީ ފިޔަވަޅެކެވެ. މިއީ އެކަހެރިވެފައި އޮތް ސަރަޙައްދެއް، ޤައުމީ އަދި ބައިނަލްއަޤުވާމީ ފެންވަރުގެ އިޤްތިޞާދީ ހަބަކަށް ބަދަލުވެގެންދިޔަ ގޮތުގެ ފުރިހަމަ މިސާލެކެވެ.

އެމްއޭސީއެލްއިން މުވައްޒަފުން ތަމްރީނުކޮށް ވީއައިއޭގެ ހިދުމަތްތައް ފުޅާކޮށްފި
08 Oct 2026 ހަބަރު

އެމްއޭސީއެލްއިން މުވައްޒަފުން ތަމްރީނުކޮށް ވީއައިއޭގެ ހިދުމަތްތައް ފުޅާކޮށްފި

އެ ކުންފުނިން ދާދި ފަހުން މީސް މީޑިއާގައި އާންމުކުރި ފޮޓޯތަކާއި މެސެޖުތަކުން ފެންނަ ގޮތުގައި، ވީއައިއޭގެ ސްޕެޝަލް އެސިސްޓެންސް ޓީމުން ބަލިމީހުންނާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ ފަރާތްތަކަށް ހާއްސަ އެހީތެރިކަން ފޯރުކޮށްދެއެވެ. ސިއްހީ ކުއްލި ހާލަތްތަކުގައި ނުވަތަ އިތުރު ފަރުވާއަށް ރާއްޖެ އިން ބޭރަށް ފުރާ ބަލިމީހުންނާއި އެ މީހުންގެ އާއިލާތައް ތިބެނީ ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑު ބުރައެއްގައި ކަމަށް ވާއިރު، އެފަދަ ވަގުތުތަކުގައި އެއާޕޯޓުގެ މުވައްޒަފުންގެ ފަރާތުން ލިބޭ ޕްރޮފެޝަނަލް އަދި އޯގާތެރި އެހީތެރިކަމަކީ އާއިލާތަކަށް ލިބޭ ބޮޑު ހިތްހަމަޖެހުމެއް ކަމަށް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.

އެއާ ފްރާންސް ކޭއެލްއެމް އިން ރާއްޖެއަށް ބެލީ ކާގޯގެ ޚިދުމަތް ޑިސެމްބަރުގައި ފަށަނީ
07 Oct 2026 ހަބަރު

އެއާ ފްރާންސް ކޭއެލްއެމް އިން ރާއްޖެއަށް ބެލީ ކާގޯގެ ޚިދުމަތް ޑިސެމްބަރުގައި ފަށަނީ

އެއާ ފްރާންސް ކޭއެލްއެމް މާޓިނެއާ ކާގޯ )އޭއެފްކޭއެލްއެމްޕީ ކާގޯ( އިން އަންނަ ޑިސެމްބަރު މަހުން ފެށިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވައިޑް ބޮޑީ ބެލީ ކާގޯގެ ޚިދުމަތް ދިނުމަށް ނިންމައިފިއެވެ.

ހައި ސީޒަނާ ދިމާކޮށް ބައިނަލްއަޤުވާމީ އެއާލައިންތަކުން ރާއްޖެއަށް ދަތުރުތައް އިތުރު
03 Oct 2026 ހަބަރު

ހައި ސީޒަނާ ދިމާކޮށް ބައިނަލްއަޤުވާމީ އެއާލައިންތަކުން ރާއްޖެއަށް ދަތުރުތައް އިތުރު

ކުރިއަށް އޮތް ފިނިމޫސުމުގެ ހައި ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޔޫރަޕާއި މެދުއިރުމައްޗާއި އޭޝިއާ-ޕެސިފިކް ސަރަޙައްދުގެ ގިނަ އެއާލައިންތަކަކުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ފެށުމަށާއި ސީޒަނަލް ފްލައިޓްތައް އިތުރުކުރުމަށް ނިންމައިފިއެވެ.