މިމަހު 18 ވަނަ ދުވަހު ގެއްލިގެން ހޯދަން ފެށި ނާޠިފް ފެނިއްޖެ: ފުލުހުން
މި ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު ގެއްލިގެން ހޯދަމުން ދިޔަ ނާޠިފް ޢަބްދުއްސަލާމް ފެނިއްޖެ ކަމަށް ދިވެހި ފުލުހުންގެ ޚިދްމަތުން ބުނެފިއެވެ.
ފުލުހުން މިއަދު ބުނެފައިވަނީ ނާޠިފް މާލެއިން ފެނިފައިވާ ކަމަށާއި އޭނާގެ ޙާލު ރަނގަޅުކަމަށެވެ.
ފުލުހުން އޭނާ ހޯދުމަށް އިޢުލާނު ކޮށްފައިވަނީ ސެޕްޓްމްބަރު 17 ގައި އޭނާގެ އާއިލާއިން އޭނާގެ ޚަބަރެއް ނުވެގެން ފުލުހުގައި ރިޕޯޓު ކުރުމާއި ގުޅިގެނެވެ.
ފުލުހުން ބުނެފައިވަނީ އޭނާ އުޅެނީ މާލޭގައި ކަމަށާއި އެންމެފަހުން ފެނިފައިވަނީ ސެޕްޓެމްބަރ 15 ވަނަ ދުވަހުކަމަށެވެ. އަދި އޭރުލައިގެންހުރީ ރުއްތަކެއް ޖަހާފައިހުރި ގަމީހަކާއި ސޯޓެއްކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވެއެވެ.
މިއަދު ފުލުހުން ބުނެފައިވާ އޭނާ މާލެ އިން ފެނިފައިވާ ކަމަށާއި އޭނާގެ ޙާލު ރަނގަޅުކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް