ރައީސް ޞާލިހާއި ނަޝީދު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: ވޮއިސް
ރައީސް ޞާލިހާއި ނަޝީދު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: ވޮއިސް
ހަބަރު 26 Oct 2023 | 05:23

އެމްޑީޕީގެ މެމްބަރުން ނަޝީދަށް އެއްވެސް އިރަކު އިތުބާރެއް ނުކުރައްވާ: ރައީސް ޞާލިހު

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީން) އެ ޕާޓީގެ ރައީސްގެ މަގާމުގައި ހުންނެވުމަށްފަހު ޕާޓީން ވަކިވެވަޑައިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެއްވެސް އިރަކު އިތުބާރު ނުކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ 46 މެމްބަރުންގެ ސޮޔާއެކު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވާއިރު، އެ މައްސަލައާއި ގުޅިގެން ނަޝީދު ޖަވާބުދާރީވުމަށް އާދިއްތަ ދުވަހަށް ވަނީ އެޖެންޑާ ވެސް ކުރެވިފައެވެ.

އެކަން އެހެން އޮތްއިރު އެމްޑީޕީން ވަނީ ނަޝީދު ރިޔާސަތުގައި ހުންނަވަނިކޮށް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ހުވާ ކުރެއްވި ނަމަވެސް، އެ ހުވާ ގަބޫލު ނުކުރާނެ ކަމަށާއި، އަދި އެމަނިކުފާނުގެ ކެބިނެޓަށް މަޖިލީހުން ރުހުން ވެސް ނުދޭނެކަމަށް ބުނެފައެވެ.

މަޖިލީހުގެ ރައީސް ނަޝީދަށް ގިނަ މެމްބަރުން އިތުބާރު ނުކުރައްވާ ކަމަށާއި، އިތުބާރު ނެތް ބޭފުޅެއްގެ ރިޔާސަތު އިންތިޚާބީ ރައީސް ހުވާކުރައްވައިގެން ނުވާނެކަމަށް އެމްޑީޕީގެ އިސްބޭފުޅުން ގެންދަވަނީ ވިދާޅުވަމުން ނެވެ.

ނަޝީދުގެ އިތުބާރު ނެތް މައްސަލައާއި ގުޅޭގޮތުންވާހަކަދއްކަވަމުން ރައީސް ޥާލިހު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ނަޝީދަށް ދޭން ނިންމީ ޕާލަމެންޓްރީ ގުރޫޕުގެ އިތުބާރު އެމަނިކުފާނުގެ މައްޗަށް އޮވެގެން ނޫން ކަމަށެވެ.

އެކަން ކުރެއްވީ އޭރުގެ ހާލަތަށް ވިސްނަވާ މަސްލަހަތު ނެގެހެއްޓުމަށް ކަމަށާއި، އެއްވެސް އިރަކު އެމްޑީޕީގެ މެމްބަރުން ނަޝީދަށް އިތުބާރު ނުކުރައްވާކަމަށް ރައީސް ޞާލިހު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އޭރު ބޭނުންނުވީ ރިޔާސީ އިންތިޚާބުގެ ތެރޭގައި ބޮޑު ހަލަބޮލިކަމެއްގެ ތެރެއަށް ދާން. އެގޮތަށް ބޭނުންނުވާތީ ވަގުތީގޮތުން ކުރި ކަމެއް. އޭރުވެސް އިތުބާރު އޮވެގެނެއް ނޫން. ކަންތައްތައް ކުރަމުން ގެންދެވި ގޮތް އޭރުގެ މަޖިލިސް މެމްބަރުންނަކަށް ކަމަކު ނުދޭ. މިކަން ކުރިއަށް ގެންދާގޮތަށް އޭރުވެސް ނިންމާފައި އޮތީ"

ރައީސް ޞާލިހު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެންމެ ފުރަތަމަ މަޖިލީހަށް ވެއްދީ އެމްޑީޕީގެ ދެ ރައީސުންގެ ދެމެދުގައި އޮފެދުނު ވާދަވެރިކަން ބޮޑުވެ، އުފެދުނު ނުތަވަސްކަމުގައި ނަޝީދު ޕާޓީ ދޫކުރައްވާފައި ވަޑައިގެން އޭނާގެ މޭސްތިރިކަމުގައި އުފެއްދި ދަ ޑިމޮކްރެޓްސް ޕާޓީއާއި ގުޅިވަޑައިގަތުމުން ނެވެ.

އޭރު އެ މައްސަލަ ކުރިއަށް ނުގެންދެވުނީ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެއްކޮށް މަޖިލީހަށް ހުށައަޅާފައި އޮތުމުންނެވެ.

އެ ފަހުން އެ ދެ މައްސަލަ ވެސް އަނބުރާ ގެންދިއުމަށް ފަހު ރިޔާސީ އިންތިޚާބު ނިމުމުން އަނެއްކާވެސް ވަނީ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފަ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ދިވެހިރާއްޖެއަށް ދީފައިވާ 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ އިންޑިއާއިން ރޯލްއޯވަރ ކޮށްދީފި
16 Oct 2026 ހަބަރު

ދިވެހިރާއްޖެއަށް ދީފައިވާ 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ އިންޑިއާއިން ރޯލްއޯވަރ ކޮށްދީފި

ދިވެހިރާއްޖެއަށް ދީފައިވާ 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވަޕް ފެސިލިޓީ ރޯލްއޯވަރ )މުއްދަތު އިތުރު( ކޮށްދީފިއެވެ. މިކަން ހާމަކޮށްފައިވަނީ ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައެވެ.

ކާރަކާއި ފުލުހުންގެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައި، ދެ ފުލުހަކަށް އަނިޔާވެއްޖެ
16 Oct 2026 ހަބަރު

ކާރަކާއި ފުލުހުންގެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައި، ދެ ފުލުހަކަށް އަނިޔާވެއްޖެ

ފުލުހުން ބުނީ، މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލޭ އަމީން އެވެނިއުއާ ދިމާލުން ދުއްވާފައި ދިޔަ ކާރަކާއި، އެ މަގަށް ނުކުތް ފުލުހުންގެ ސައިކަލެއް ޖެހިގެން ކަމަށެވެ.

ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
16 Oct 2026 ހަބަރު

ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި

ށ. އަތޮޅުން އައްޑުއާ ދެމެދަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް ހެނދުނު 8 އިން މެންދުރުފަހު 2 އަށް މެޓުން ހުދު ސަމާލެއް ނެރެފިއެވެ.

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އެންމެންގެ ޒިންމާއެއް: ރައީސް މުޢިއްޒު
16 Oct 2026 ހަބަރު

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އެންމެންގެ ޒިންމާއެއް: ރައީސް މުޢިއްޒު

ދިވެހިރާއްޖޭގެ ކާބޯތަކެތީގެ ނިޒާމުތައް ހަރުދަނާކޮށް، ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެއްބާރުލުން ދީގެން ހުރިހާ ދިވެހިންނަށް އަގުހެޔޮ، ފައިދާހުރި ކާބޯތަކެތި ލިބޭނެ މަގު ފަހިކޮށްދެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ވެމްކޯއަށް 2022 ވަނަ އަހަރު އެކަނިވެސް 127.9 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބުނު: އޮޑިޓް
15 Oct 2026 ހަބަރު

ވެމްކޯއަށް 2022 ވަނަ އަހަރު އެކަނިވެސް 127.9 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބުނު: އޮޑިޓް

އޮޑިޓަރ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ އެ ކުންފުނީގެ މާލީ ބަޔާންތަކުގެ އޮޑިޓް ރިޕޯޓަށް ބަލާއިރު، 2021 ވަނަ އަހަރުވެސް ވެމްކޯއަށް ވަނީ 82 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ގެއްލުން ވެފައެވެ.

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާ ލިބޭނެ ގޮތް ހަދަނީ
15 Oct 2026 ހަބަރު

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާ ލިބޭނެ ގޮތް ހަދަނީ

އެމަނިކުފާނު މިހެން ވިދާޅުވީ "ރައްޔިތުންގެ އަޑު" ސިލްސިލާގެ 10 ވަނަ ޕްރަގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ނަޝީދުގެ ކަންބޮޑުވުން: މިހާރު ސްކޫލްތަކުގައި ލަވަ މުބާރާތްތަކާއި އިތުރު ހަރަކާތްތަކެއް ނުބާއްވާ؛ މުޅި ޖީލު ހަލާކުވަނީ
15 Oct 2026 ހަބަރު

ރައީސް ނަޝީދުގެ ކަންބޮޑުވުން: މިހާރު ސްކޫލްތަކުގައި ލަވަ މުބާރާތްތަކާއި އިތުރު ހަރަކާތްތަކެއް ނުބާއްވާ؛ މުޅި ޖީލު ހަލާކުވަނީ

ރާއްޖޭގެ ސްކޫލްތަކުގައި ކުރިއަށްގެންދާ އިތުރު ހަރަކާތްތަކާއި ލަވަ މުބާރާތްތައް ހުއްޓި، ތަޢުލީމީ މުޅި ޖީލެއް ހަލާކުވަމުންދާ ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އެކްސިޑެންޓުތައް އިތުރުވާތީ ޓްރެފިކް ޕޮލިހުން މަޖިލީހަށް ހާޒިރުކުރަނީ
14 Oct 2026 ހަބަރު

އެކްސިޑެންޓުތައް އިތުރުވާތީ ޓްރެފިކް ޕޮލިހުން މަޖިލީހަށް ހާޒިރުކުރަނީ

މިއަދު ބޭއްވި ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ޓްރެފިކް ޕޮލިހުން ހާޒިރުކުރުމަށް ހުށަހެޅުއްވީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލެވެ.