ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އޯޕީޑީގެ މަސައްކަތް ނިމުމާއި ހަމައަށް
ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އޯޕީޑީ އިމާރާތުގެ މަޝްރޫޢުގެ މަސައްކަތުގެ 98 ޕަސެންޓް ނިންމާލައިފިއެވެ.
މި މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީން ބުނީ، އެ ހޮސްޕިޓަލުގެ އޯޕީޑީ އިމާރާތުގެ މަޝްރޫއުގެ، ސިވިލް މަަސައްކަތާއި، އެއަރ ކޮންޑިޝަން ހަރުކުރުމާއި، ފިނިޝިންގ މަސައްކަތްތަކާއި، ފަރުނީޗަރު މަސައްކަތްތައް ނިމިފައިވަ ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން ބަލިމީހުން ބަލާ 23 ކޮޓަރިއާއި، ޓްރީޓްމަންޓް ރޫމަކާއި ޕްރޮސީޖާ ރޫމަކާއި އީސީޖީ ރޫމެއްގެ އިތުރުން އީކޯ ރޫމެއް އިމާރާތް ކުރެވޭނެއެވެ. ޒަމާނީ ފެންވަރަށް ޑިޒައިންކޮށްފައިވާ އެތަނުގައި ރިސެޕްޝަން އޭރިއާއަކާއި ވެއިޓިން އޭރިއާއަކާއި ލެބޯޓަރީ ކަލެކްޝަނަކާއި އާންމު ފަސް ފާހާނާ ވެސް ހިމެނެ އެވެ. އަދި އެމްޓީސީސީގެ ސީއެސްއާރުގެ ތެރެއިން ވަނީ މުވައްޒަފުން ބޭނުންކުރުމަށް އިތުރު ފަސް ފާހާނާ ވެސް ހަދައިފަ އެވެ.
މި މަޝްރޫޢަކީ 20.2 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް