ހުޅުމާލޭ ދެވަނަ ފިޔަވާހީގައި އަލަށް ހުޅުވުނު ފިހާރަ
ހުޅުމާލޭ ދެވަނަ ފިޔަވާހީގައި އަލަށް ހުޅުވުނު ފިހާރަ
ވިޔަފާރި 26 Dec 2022 | 08:47

ހިޔާފެލްޓްގެ ޕްރިންޓިންގް ސްޓޫޑިއޯއިން ޕާސްޕޯޓު އަދި އައިޑީކާޑަށް ހުށަހެޅޭނެ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތައް ހުރި ސަރަހައްދުގައި ހުޅުވާފައިވާ، ޕްރިންޓިންގ އާއި ގުޅޭ ޚިދުމަތްތަކަށް ޚާއްސަ ސްޓޫޑިއޯއިން ޕާސްޕޯޓު އަދި އައިޑީކާޑަށް ހުށަހެޅޭނެ ކަމަށާއި އެތަނުން އައިޑީކާޑާއި، ޕާސްޕޯޓަށް ބޭނުންވާ ފޮޓޯ ނަގައިދޭނެ ކަމަށް އެ ސްޓޫޑިއޯއިން ބުނެފިއެވެ.

ސްކޫލް ޗުއްޓީއަކީ ޕާސްޕޯޓާއި، އައިޑީކާޑު ހެދުމަށް ޑިމާންޑު ބޮޑުވާ ދުވަސްވަރެކެވެ. މީގެ ސަބަބުން ސަރުކާރުން މި ހިދުމަތް ދޭ މުއައްސަސާތަކުގެ ގިނަ އިރު ހޭދަކުރަން ޖެހޭއިރު، މި ސްޓޫޑިއޯއިން ތައާރަފްކުރި ހިދުމަތާއެކު ހިޔާ ފްލެޓް ސަރަހައްދުގެ މީހުންނަށް ފަސޭހަކަމާއެކު މި ހިދުމަތްތަކަށް އެދުމުގެ ފުރުސަތު މިވަނީ ފަހިވެފައެވެ.

ހިޔާ ފްލެޓަކީ 30،000 މީހުންގެ އާބާދީއެއް އުޅޭނެކަމަށް ލަފާކުރެވިފައިވ

ހިޔާ ފްލެޓްތަކުގެ 7 ވަނަ ޓަވަރުގެ ތިރީގައި "ކްރާފްޓް ކްލައުޑް ސްޓޫޑިއޯ"ގެ ނަމުގައި ޕްރިންޓިން ސްޓޫޑިއޯއެއް ހުޅުވީ މިދިޔަ ބުދަ ދުވަހުއެވެ.

މި ފިހާރަ ރަސްމީކޮށް ހުޅުވައިދެއްވީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އާތިފެވެ.

މި ފިހާރައިން ޕްރިންޓިންގ ގެ ޚިދުމަތްތަކުގެ އިތުރުން، ޕާސްޕޯޓް އަދި އައިޑީ ކާޑަށް އެޕްލައި ކުރުމުގެ ޚިދުމަތާއި، ޕާސްޕޯޓް ފޮޓޯ ނެގުމާއި، ބައިންޑިންގ އާއި ލެމިނޭޓް ކުރުމުގެ ޚިދުމަތް ފޯރުކޮށްދެއެވެ.

މީގެ އިތުރުން، ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި އެންގްރޭވް ކުރުމާއި، ޓެގް އަދި ތަޅުދަނޑީގެ ޑުޕްލިކޭޓް ހެއްދުމާއި، ޓީޝާޓް ޕްރިންޓް ކުރުމުގެ ޚިދުމަތުގެ އިތުރުން ލާޖް ފޯމެޓް ޕްރިންޓިންގ ގެ ޚިދުމަތް ލިބެންހުންނާނެއެވެ.

ހިޔާ ފްލެޓްތަކުގެ ގްރައުންޑް ފްލޯތައް ހާއްސަކޮށްފައިވަނީ އަސާސީ ހިދުމަތްތައް ދޭ ތަންތަނަށް ކުއްޔަށް ދިނުމަށެވެ. އެގޮތުން ފާމަސީ، ސެލޫން، ފިހާރަ ފަދަ ތަންތަން ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު އެޗްޑީސީން ވަނީ ހުޅުވާލާފަ އެވެ. އެކަމަކު އޭގެ އެއްވެސް ހިދުމަތެއް އަދި ފެށިފައެއް ނުވެ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ހުޅުމާލޭ ކެފޭއެއްގައި ގޭސްފުޅިއެއް ގޮވައި އަލިފާނުގެ ހާދިސާއެއް؛ 5 މީހަކަށް އަނިޔާވި
01 Nov 2026 ހަބަރު

ހުޅުމާލޭ ކެފޭއެއްގައި ގޭސްފުޅިއެއް ގޮވައި އަލިފާނުގެ ހާދިސާއެއް؛ 5 މީހަކަށް އަނިޔާވި

ހުޅުމާލެ ރުއްގަނޑު 1 ކައިރީގައި ހުންނަ ކެފޭއެއްގައި ގޭސްފުޅިއެއް ގޮވައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.

ހުޅުމާލޭ ފިހާރައެއްގެ ބިލްބޯޑަކުން ބަރަހަނާ މަންޒަރު ދެއްކި މައްސަލައެއް ފުލުހުން ބަލަނީ
29 Oct 2026 ހަބަރު

ހުޅުމާލޭ ފިހާރައެއްގެ ބިލްބޯޑަކުން ބަރަހަނާ މަންޒަރު ދެއްކި މައްސަލައެއް ފުލުހުން ބަލަނީ

ރޭގެ ވަގުތެއްގައި ހުޅުމާލޭގެ ވިނަރެސް 3 ގައި ހުންނަ ފިހާރައެއްގެ ބިލްބޯޑަކުން ބަރަހަނާ މަންޒަރު ފެންނަ ފޮޓޯއެއް ވަނީ ދައްކާފައެވެ.

އެފްޑީސީ ފްލެޓްތަކުގެ ކުލި ދައްކައިގެން އެއް މަހުގެ ކުލި ހިލޭ
24 Oct 2026 ހަބަރު

އެފްޑީސީ ފްލެޓްތަކުގެ ކުލި ދައްކައިގެން އެއް މަހުގެ ކުލި ހިލޭ

ފަހި ދިރިއުޅުން ކޯޕަރޭޝަން )އެފްޑީސީ( ގެ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ހާއްސަކޮށްގެން، ދިރާގުޕޭ މެދުވެރިކޮށް ކުލި ދައްކައިގެން އެއް މަސްދުވަހުގެ ކުލި މުޅިން ހިލޭ ލިބޭ ހާއްސަ ޕްރޮމޯޝަނެއް ދިރާގު ފިންޓެކްއިން ތައާރަފުކޮށްފިއެވެ.

ވަޅުތަކަށް ފެން އަރާތީ، ހުޅުމާލޭގައި މައްޔިތުން ވަޅުލުން ވަގުތީ ގޮތުން މެދުކަނޑާލައި
24 Oct 2026 ހަބަރު

ވަޅުތަކަށް ފެން އަރާތީ، ހުޅުމާލޭގައި މައްޔިތުން ވަޅުލުން ވަގުތީ ގޮތުން މެދުކަނޑާލައި

މާލެ ސިޓީ ކައުންސިލުން މިއަދު އާންމުކުރި ޕޯސްޓެއްގައިވާގޮތުން ހުޅުމާލޭ ސަހަރާގައި ވަޅު ކޮނުމުން ގާތްގަނޑަކަށް 8 އިންޗިއާއި 9 އިންޗިއާ ދެމެދުގެ މިންވަރަކަށް ފެން ހަރުލާފައި ހުރެއެވެ. އެހެންކަމުން، މި ދަނޑިވަޅުގައި މައްޔިތުން ވަޅުލުމުގެ އެންމެހައި އިންތިޒާމުތައް ކުރިއަށް ގެންދާނީ މާލޭ އާސަހަރާގައެވެ

ހައުސިން ޔުނިޓްތަކުގެ އުޅޭމީހުންގެ ފަރާތުން 6،000 އަށްވުރެ ގިނަ މައްސަލަތައް މިހާތަނަށް ހުށަހަޅާފައިވޭ: އެފްޑީސީ
22 Oct 2026 ހަބަރު

ހައުސިން ޔުނިޓްތަކުގެ އުޅޭމީހުންގެ ފަރާތުން 6،000 އަށްވުރެ ގިނަ މައްސަލަތައް މިހާތަނަށް ހުށަހަޅާފައިވޭ: އެފްޑީސީ

އެފްޑީސީން މިކަން ހާމަކޮށްފައިވަނީ، އެ ކުންފުނިން މިއަދު ސޯޝަލް މީޑިއާގައި ނެރުނު ތަފާސްހިސާބުތަކުންނެވެ.

ހުޅުމާލޭ މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މަގުތަކުގައި ސްޕީޑް ބްރޭކަރުތައް ހަރުކުރަނީ
19 Oct 2026 ހަބަރު

ހުޅުމާލޭ މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މަގުތަކުގައި ސްޕީޑް ބްރޭކަރުތައް ހަރުކުރަނީ

އެޗްޑީސީން ބުނި ގޮތުގައި މި މަސައްކަތް ކުރިއަށް ގެންދަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަންނީ ލަފައާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އެގޮތުން، މި މަހުގެ 8 ވަނަ ދުވަހުން ފެށިގެން މި މަސައްކަތް ފަށާފައިވާއިރު، ބަންޕަރުތައް އަޅަމުންދަނީ ފުލުހުންގެ ދިރާސާތަކުން އެކްސިޑެންޓު ގިނައިން ހިނގާކަމަށް ފާހަގަކުރެވިފައިވާ ސަރަޙައްދުތަކުގައެވެ.