ރައީސް ޞާލިޙް ކެމްޕޭނަށް އައްޑޫ ސިޓީއަށް
ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އައްޑޫ އަށް ވަޑައިގެންފިއެވެ.
އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން މިމަހުގެ 30 ވާ ހޮނިހިރު ދުވަހު އޮންނައިރު ދެވަނަ ބުރުގެ ކެމްޕޭނުގައި ރައީސް އަތޮޅުތަކަށް ވަޑައިގެންނެވި މިއީ ފުރަތަމަ ފަހަރެވެ.
އައްޑޫ ސިޓީ އަށް ވަޑައިގެން ރައީސް މިހާރު ދަނީ އައްޑޫ ސިޓީގައިހަރަކާތް ތެރިވާ އެމަނިކުފާނުގެ ކެމްޕޭނު ޓީމުތަކާއި ބައްދަލުކުރައްވަމުންނެވެ.

ރައީސް ޞާލިޙްގެ މިދަތުރުފުޅުގައި އައްޑޫ ސިޓީގެ އިތުރުން ގދ ތިނަދޫ އަދި ފުވައްމުލަކަށްވެސް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
އިންތިޚާބަށް 2 ދުވަހަށް ވެފައިވާއިރު އިންތިޚާބުގެ ފުރަތަމަ ބުރުގައި ރައީސް ޞާލިޙަށް ތާއީދު ކުރި އެމްޑީއޭއިން މިވަނީ އެޕާޓީއިން އެމަނިކުފާނަށް ކުރި ތާއީދު އަނބުރާ ގެންގޮސްފައެވެ.
މިހާރު އެމްޑީޕީ ކޯލިޝަންގައި އޮތީ އެމްޑީޕީ އާއި ޢަދާލަތު ޕާޓީ އެކަންޏެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް