މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެފި
ހއ.އަތޮޅުން ތ.އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ.
މޯލްޑިވްސް މީޓޮރޮލޮޖީ އިން ނެރެފައިވަ ހުދު ސަމާލުގައި ބުނެފައިވަނީ ބޯކޮށް ވާރޭވެހުމާއި އެކު ގުގުރާނެ ކަމަށް ލަފާކޮށްފައެވެ. ހުދު ސަމާލު ނެރެފައިވަނީ މިއަދުގެ 11:30 ން 17:30 އަށެވެ.
މިއަދުގެ ހެނދުނު 7:00 ން ފެށިގެން 11:00 އާއި ހަމައަށް ހއ.އަތޮޅުން އދ.އަތޮޅަށް ވެސް ވަނީ ހުދު ސަމާލު ނެރެފައެވެ. އެ ސަމާލުގައި ވެސް ލަފާކޮށްފައިވަނީ ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށެވެ.
މިދުވަސް ވަރަކީ ވިއްސާރަ ދުވަސް ކޮޅެއް ކަމުން މޫސުމާއި މެދުގައި ސަމާލުވުމަށް ކަމާއި ބެހޭ ފަރާތްތަކުން އަންނަނީ ސަމާލުވުމަށް އިލްތިމާސްކުރަމުންނެވެ.
މި ސެޕްޓެމްބަރ މަހު ކުރި ވިއްސާރައިގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 84 ގެއަކަށް ފެންބޮޑުވެގެން އެކިވަރުގެ ގެއްލުން ވެފައިވާ ކަމަށް ޑިސާސްޓަރ މެނޭޖްމަންޓުން ބުނެފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް