މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ބައެއް ސަރަހައްދު ތަކަށް ރީނދޫ ސަމާލު ނެރެފި
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބައެއް ސަރަހައްދު ތަކަށް ރީނދޫ ސަމާލު ނެރެފިއެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ނެރެފައިވާ ރީނދޫ ސަމާލު ނެރެފައިވަނީ ފ.އަތޮޅުން ފެށިގެން ތ.އަތޮޅަށެވެ.
މިއަދުގެ 15:30 މިރޭގެ 19:30 އަށް ނެރެފައިވާ އެ ސަމާލުގައި ބުނެފައިވަނީ އެވަގުތު ތަކުގައި ފ.އަތޮޅުން ފެށިގެން ތ.އަތޮޅުގެ ރަށްރަށަށް ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް ލަފާ ކުރާ ކަމަށެވެ.
މިއަދު ނ.އަތޮޅުން ވ.އަތޮޅަށްވެސް ރީނދޫ ސަމާލު ނެރެފައިވެއެވެ.
މިދުވަސް ވަރަކީ މޫސުން ގޯސް ދުވަސް ވަރެއް ކަމުން ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުމާއި، ދަތުރުފަތުރު ކުރުމުގައި މޫސުމަށް ސަމާލުކަން ދޭން ޖެހެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް