ސްޓެލްކޯގެ ނުވިކި ހުރި ފްލެޓްތަކުގެ ގުރުއަތުލުމުގެ ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ/ ސްޓެލްކޯ
ސްޓެލްކޯގެ ނުވިކި ހުރި ފްލެޓްތަކުގެ ގުރުއަތުލުމުގެ ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ/ ސްޓެލްކޯ
ވިޔަފާރި 28 Sep 2022 | 06:01

ސްޓެލްކޯގެ ނުވިކި ހުރި ފްލެޓްތަކުގެ ގުރުއަތުލުން ބާއްވައިފި

ސްޓެލްކޯގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ "ބްލޫ ރިޖް" ދެ ޓަވަރުން މިހާތަނަށް ނުވިކި ހުރި އެޕާޓްމަންޓްތަކުގެ ގުރުއަތުލުން ބާއްވައިފިއެވެ.

މި ފްލެޓްތަކުގެ ގުރުއަތުލުން ބާއްވާފައިވަނީ ރޭ އެކަމަށްޓަކައި ސްޓެލްކޯގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

ސްޓެލްކޯއިން ބުނީ މިހާތަނަށް ނުވިކި ހުރީ ދެ ކޮޓަރި އާއި މެއިޑް ރޫމް ހިމެނޭ އެޕާޓްމެންޓްގެ 16 ޔުނިޓާއި، 1 ބެޑްރޫމްގެ 16 ޔުނިޓް ކަމަށެވެ. އަދި މީގެ ކުރިން 1 ބެޑްރޫމްގެ ޔުނިޓެއް ލިބިފައިވާ ފަރާތަކުން އެ ޔުނިޓް ދޫކޮށްލުމާއި ގުޅިގެން، ރޭ ގުރުއަތު ނެގި އިރު 1 ބެޑްރޫމްގެ ޖުމްލަ 17 ޔުނިޓަށް ގުރުއަތު ނަގާފައިވާ ކަމަށެވެ.

މި ޔުނިޓްތަކަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން 1 ބެޑްރޫމްގެ ޔުނިޓްތަކަށް ޝަރުތުހަމަވާ 75 ސްޓާފުން ތިބި ކަމަށާއި، އަދި 1+2 ބެޑްރޫމްގެ ޔުނިޓްތަކަށް ޝަރުތުހަމަވާ 235 ސްޓާފުން ތިބި ކަމަށް ސްޓެލްކޯއިން ބުނެއެވެ.

ސްޓެލްކޯއިން ބުނީ ގުރުއަތުލުން ކުރިއަށްގެންގޮސްފައިވަނީ ޝަރުތުހަމަވާ ހުރިހާ މުވައްޒަފުންނަށް ދައުވަތު ދެވިގެން، އެ މުވައްޒަފަކު ނުވަތަ އެ މުވައްޒަފެއްގެ ބަދަލުގައި ކަނޑައެޅި ފަރާތަކުން ހާޒިރުވެ، އެމުވައްޒަފެއްގެ ނަން ޖަހާފައިވާ ކަރުދާސްކޮޅު އަމިއްލައަށް ފޮއްޓަށް އަޅައިގެން ކަމަށެވެ. އެކި ސަބަބުތަކާއިހުރެ ހާޒިރު ނުވެވުނު މުވައްޒަފުންގެ ނަންކޮޅުތައް ފޮއްޓަށްލާފައިވަނީ ގުރުއަތަށް ހާޒިރުވި، ހުރިހާ މުވައްޒަފުންގެ ކުރިމަތީގައި ހައުސިން ކޮމިޓީން ކަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުރުން ނުވިކިހުރި ޔުނިޓްތަކަށް ގުރުއަތު ނަގާފައިވާއިރު، ކޮންމެ ކެޓަގަރީއަކުންވެސް އިތުރު 15 ސްޓާފެއްގެ ނަން ވެއިޓިން ލިސްޓްގެ ގޮތުގައި ނަގާފައިވެއެވެ. މި ފަރާތްތަކަށް ފުރުސަތު ދެވިގެންދާނީ ގުރުއަތުން ހޮވުނު އެއްވެސް ފަރާތަކުން، އެއްވެސް ސަބަބަކާހުރެ، ލިބިފައިވާ ޔުނިޓް ދޫކޮށްލާކަމުގައިވާނަމަ، ވެއިޓިން ލިސްޓަށް ހޮވުނު ތަރުތީބުން ކަމަށް ސްޓެލްކޯއިން މައުލޫމާތުދެއެވެ.

"ބްލޫ ރިޖް"ގައި ދެ ޓަވަރުގައި ޖުމްލަ 360 އެޕާޓްމަންޓް ހިމެނެއެވެ. އެއީ އެއް ކޮޓަރީގެ 72 އެޕާޓްމަންޓާއި ދެ ކޮޓަރި އާއި މެއިޑް ރޫމް ހިމެނޭ 288 އެޕާޓްމަންޓްއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި
02 Nov 2026 ހަބަރު

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި

މަޝްރޫއުގެ ޖުމްލަ އަގަކީ 3،822،120.00 (ތިން މިލިއަން އަށް ލައްކަ ބާވީސް ހާސް އެއްސަތޭކަ ވިހި ރުފިޔާ) ދިވެހި ރުފިޔާއެވެ. އަދި މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ ސޮއިކުރާ ތާރީޚުން ފެށިގެން 60 ދުވަސް ތެރޭގައެވެ.

ރ. އަތޮޅުގެ ޔުޓިލިޓީ ހިދުމަތްތަކާ ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވެ، ހިދުމަތް ދޭން ފަށައިފި
31 Oct 2026 ހަބަރު

ރ. އަތޮޅުގެ ޔުޓިލިޓީ ހިދުމަތްތަކާ ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވެ، ހިދުމަތް ދޭން ފަށައިފި

މި ބަދަލާއެކު، ރ. އަތޮޅުގެ ރަށްތަކުގައި ކުރިން ފެނަކައިން ދެމުން އައި ޔުޓިލިޓީގެ އެކި ހިދުމަތްތައް ދެން ސީދާ ބަލަހައްޓަމުންދާނީ ސްޓެލްކޯއިންނެވެ.

ހދ. އަދި ށ. އަތޮޅުގެ ޔުޓިލިޓީ ހިދުމަތްތަކާއި ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވެއްޖެ
28 Oct 2026 ހަބަރު

ހދ. އަދި ށ. އަތޮޅުގެ ޔުޓިލިޓީ ހިދުމަތްތަކާއި ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވެއްޖެ

މި ބަދަލާ ގުޅިގެން، އެ ދެ އަތޮޅުގެ ރަށްތަކުގައި މިވަގުތު ދެމުންދާ އެކި ޚިދުމަތްތަކުގެ ފެންވަރު އެ ކުންފުނީގެ ޚާއްޞަ މިންގަނޑުތަކަށް ފެއްތުމުގެ މަސައްކަތްތައް ވަނީ ފަށާފައެވެ. ސްޓެލްކޯއިން މިކަން ހާމަކޮށްފައިވަނީ، އެ ކުންފުނިން މިއަދު އެކްސްގައި ހިއްސާކުރި ޕޯސްޓަކުންނެވެ.

މަހިބަދޫ ނަރުދަމާ ނިޒާމު އަޕްގްރޭޑްކުރަން ސްޓެލްކޯއާ ހަވާލުކޮށްފި
22 Oct 2026 ހަބަރު

މަހިބަދޫ ނަރުދަމާ ނިޒާމު އަޕްގްރޭޑްކުރަން ސްޓެލްކޯއާ ހަވާލުކޮށްފި

އދ. މަހިބަދޫގެ ނަރުދަމާ ނިޒާމު މަރާމާތުކޮށް ފެންވަރު ރަނގަޅުކުރުމުގެ މަޝްރޫޢު 21.5 މިލިއަން ރުފިޔާއަށް ސްޓެލްކޯއާ ހަވާލުކޮށް، 180 ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ.

ފުވައްމުލަކުގެ ކަރަންޓުގެ ހިދުމަތާ ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވެއްޖެ
19 Oct 2026 ހަބަރު

ފުވައްމުލަކުގެ ކަރަންޓުގެ ހިދުމަތާ ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވެއްޖެ

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑރ. އަޒުވަރު ވިދާޅުވީ، ފެނަކައިން ދެމުން އައި ހިދުމަތްތައް ސްޓެލްކޯއަށް ބަދަލުކުރުމަކީ ފުވައްމުލަކަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އެ ބަދަލު ގެނެވެނީ، ގައުމުގެ ޔުޓިލިޓީ ހިދުމަތްތައް އައު ހަރުފަތަކަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވުރުގެ ދަށުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސްޓެލްކޯގެ މަތީ މިންގަނޑަށް އައްޑޫގެ ކަރަންޓުގެ ޚިދުމަތް ގެނައުމަށް ހުރިހާ މުވައްޒަފުން މަސައްކަތްކުރުމަށް އެދިއްޖެ
01 Oct 2026 ހަބަރު

ސްޓެލްކޯގެ މަތީ މިންގަނޑަށް އައްޑޫގެ ކަރަންޓުގެ ޚިދުމަތް ގެނައުމަށް ހުރިހާ މުވައްޒަފުން މަސައްކަތްކުރުމަށް އެދިއްޖެ

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ޤަބޫލުކުރާ މަތީ މިންގަނޑަށް އައްޑޫ ސިޓީގެ ކަރަންޓުގެ ޚިދުމަތް ގެނައުމަށްޓަކައި އެންމެހައި މުވައްޒަފުން ކުންފުންޏާއެކު އެއްބައިވަންތަކަމާއެކު މަސައްކަތްކޮށް...