81 އަހަރުގެ މުސްކުޅިއެއް ބަނދެފައި ފޭރުނު މައްސަލާގައި މީހަކު ހައްޔަރުކޮށްފި!
އައްޑޫ ސިޓީ، މަރަދޫގައި އުމުރުން ދުވަސްވީ މީހަކު ދިރިއުޅޭ ގެއަކަށް މީހަކު ވަދެ އެގޭގައި ދިރިއުޅޭ މީހާ ބަނުމަށްފަހު ފޭރުނު މައްސަލާގައި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ 50 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށެވެ.
މީޑިއާ އޮފިޝަލް އިތުރަށް ވިދާޅުވީ މި މައްސަލާގައި އަނިޔާލިބުނު މީހާ، ޓީޝާޓެއް ބޭނުން ކޮށްގެން ބަނދެފައިވަނިކޮށް ސަލާމަތްވާން މަސައްކަތް ކުރުމުގެ ތެރޭގައި، އެމީހާގެ ހުންނަ ހަމުގެ ބައްޔެއްގެ ސަބަބުން، އަތުގެ މުލައްދަނޑިއަށް ބޮޑެތި އަނިޔާތަކެއް ވެފައިވާ ކަމަށެވެ. އަދި އަނިޔާ ލިބިފައިވަނީ އުމުރުން 81 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިއަދު ހެނދުނު 06:12 އެހައިކަންހާއިރު ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް